Roadha Mihaaru
ކެންސަރުން ސަލާމަތްކޮށްދޭން ކުޑަކުއްޖަކު އުފެއްދި ބްރާ

ކެންސަރުން ސަލާމަތްކޮށްދޭން ފުރާވަރު ކުއްޖަކު އުފެއްދި ބްރާ

11 މެއި 2017

ޖޫލިއަން ރޮއިސް ކަންޓޫގެ އުމުރުން 13 އަހަރުގައި އޭނާގެ މަންމަ އަށް ދެވަނަ ފަހަރަށް އުރަމަތީގެ ކެންސަރު ޖެހުނެވެ. އަދި އެ ބައްޔާ ހަނގުރާމަކުރާތާ އެތައް އަހަރެއް ފަހުން މަންމަގެ ދެ އުރަމަތި ނަގަން މަޖުބޫރުވި އެވެ. މަންމަ އަށް ކެންސަރު ޖެހިފައިވާކަން ދެނެގަނެވުނީ މާ ލަހުންނެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ޖޫލިއަން ރޮއިސް ކަންޓޫގެ އުމުރުން 13 އަހަރުގައި އޭނާގެ މަންމަ އަށް ދެވަނަ ފަހަރަށް އުރަމަތީގެ ކެންސަރު ޖެހުނެވެ. އަދި އެ ބައްޔާ ހަނގުރާމަކުރާތާ އެތައް އަހަރެއް ފަހުން މަންމަގެ ދެ އުރަމަތި ނަގަން މަޖުބޫރުވި އެވެ. މަންމަ އަށް ކެންސަރު ޖެހިފައިވާކަން ދެނެގަނެވުނީ މާ ލަހުންނެވެ.

މަންމަގެ އެ ތަޖުރިބާ އިން ހިތްވަރު ހޯދައިގެން ޖޫލިއަން ނިންމީ، އުރަމަތީގެ ކެންސަރުގެ އެންމެ ކުރީކޮޅު އެ ބަލި ދެނެގަންނާނެ ރަނގަޅު ގޮތެއް ދުނިޔެ އަށް ހޯދައިދޭށެވެ. އެ ބަލިން ރައްކާތެރިވުމަށްޓަކައި އަންހެނުން ގަވާއިދުން އުރަމަތި ޗެކްކުރަން ޖެހެ އެވެ. އެކަމަކު އަލާމާތްތަކުގެ ގޮތުގައި ހަށިގަނޑަށް އަންނަ ނުސީދާ ބަދަލުތައް ދެނެގަތުމަކީ އުނދަގޫ ކަމެކެވެ. މެކްސިކޯގެ ޒުވާނާ ޖޫލިއަން "އޮޓޯ އެކްސްޕްލޮރޭޝަން ބްރާ"އެއް އީޖާދުކުރި ސަބަބަކީ އެއީ އެވެ. އެތަކެއް މިލިއަން މީހުންގެ ފުރާނަ ސަލާމަތްކުރަން އެ ބްރާ ބޭނުންކުރެވިދާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

މިހާރު އުމުރުން 18 އަހަރު ވެފައިވާ ޖޫލިއަންގެ "އީވާ" ބްރާގައި 200 ސެންސަރު ހަރުކޮށްފައި ހުރެ އެވެ. އޭނާ ބުނާގޮތުގައި އެ ސެންސަރުތަކަށް އުރަމަތީ ކެންސަރުގެ ފުރަތަމަ ނިޝާންތައް ދެނެގަތުމުގެ ގާބިލްކަން ލިބިގެންވެ އެވެ.

ޖޫލިއަންގެ ކޮންސެޕްޓަކީ މި އެވެ؛ ބްރާ ބޭނުންކުރަން ޖެހޭނީ ހަފްތާއަކު އެއްގަޑިއިރެވެ. އެ ވަގުތުގެ ތެރޭގައި، ބޭރުފުށުން އުރަމަތި ހުންނަ ގޮތާއި ކުލަ އާއި ފިނިހޫނުމިނާއި ލޭ ދައުރުވާ ގޮތް ބްރާ އިން ދެނެގަންނާނެ އެވެ. އެ މައުލޫމާތުތައް ބްލޫޓޫތުން ކޮމްޕިއުޓަރަށް ނުވަތަ އެޕަކަށް ފޮނުވާލާނެ އެވެ. އޭރުން، ނޭދެވޭ އެއްވެސް ބަދަލެއް އުރަމައްޗަށް އައިސްފައިވޭތޯ ދެނެގަނެވޭނެ އެވެ.

ޖޫލިއަން

ޖޫލިއަން

މި ޚިޔާލާ އެކު ޖޫލިއަން ވަނީ އުމުރުން 17 އަހަރުގައި ތިން ރަހުމަތްތެރިންނާ އެކު އަމިއްލަ ކުންފުންޏެއް އުފައްދައިފަ އެވެ. ހިގިއާގެ އަމާޒަކީ އަންހެނުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދީ، އާ ޓެކްނޮލޮޖީގެ އެހީގައި އުރަމަތީގެ ކެންސަރުން މީހުން ސަލާމަތްކޮށްދިނުމެވެ. މި އުފެއްދުމާ އެކު އެ ކުންފުންޏަށް ދާދި ފަހުން ވަނީ ގްލޯބަލް ސްޓޫޑެންޓް އޮންޓަޕްރެނިއަޝިޕް އެވޯޑް ލިބިފަ އެވެ.

"އީވާ" ބްރާ އަދި އުޅެނީ އުފެއްދުމުގެ އެންމެ ފުރަތަމަ މަރުހަލާގަ އެވެ. އޭގެ ޓެސްޓުތައް މުޅިއަކުން ނުނިމެ އެވެ. މެޑިކަލް ޓްރަޔަލްތައް ވެސް ހަދަން ޖެހޭނެ އެވެ. ކެންސަރު ދެނެގަންނަ އާލާތެއްގެ ގޮތުގައި މި ބްރާ ބޭނުންކުރަން ސިއްހީ މާހިރުން ލަފާ ދޭތޯ ނޫންތޯ އެނގޭނީ އެއަށް ފަހު އެވެ.

އެވޯޑާ އެކު ލިބުނު 20،000 ޑޮލަރު ޖޫލިއަންގެ ކުންފުނިން ބޭނުންކުރާނީ އެ ޓެސްޓުތައް ހެދުމަށެވެ.

* އަސްލު ލިޔުން - "އިންސްޕަޔާމޯ"