އެމެރިކާއަށް ދަތުރުކުރުމަށް ދިވެހިން ވިސާ ނަގަން ނުޖެހޭ ގޮތަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަމަޖައްސަވައިފި ކަމަށް ބުނާ ޚަބަރެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ޚަބަރުގައި ބުނާ ގޮތުން ޓޫރިސްޓުންގެ ގޮތުގައި އަދި ވިޔަފާރީގެ ބޭނުމަށް އެމެރިކާއަށް ދާ ދިވެހިންނަށް 180 ދުވަހުގެ ހިލޭ ވިސާއެއް ލިބޭނެ އެވެ. އެކަމަކު އެއީ ދޮގު ޚަބަރެކެވެ.
13 މެއި 2017
އެމެރިކާއަށް ދަތުރުކުރުމަށް ދިވެހިން ވިސާ ނަގަން ނުޖެހޭ ގޮތަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަމަޖައްސަވައިފި ކަމަށް ބުނާ ޚަބަރެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ޚަބަރުގައި ބުނާ ގޮތުން ޓޫރިސްޓުންގެ ގޮތުގައި އަދި ވިޔަފާރީގެ ބޭނުމަށް އެމެރިކާއަށް ދާ ދިވެހިންނަށް 180 ދުވަހުގެ ހިލޭ ވިސާއެއް ލިބޭނެ އެވެ. އެކަމަކު އެއީ ދޮގު ޚަބަރެކެވެ.
ފޭކް ލިޔުންތައް ލިޔާ، ޔޫއެސްއޭ-ޓެލެވިޒަން ކިޔާ ވެބްސައިޓުން ފަތުރާފައިވާ މި ޚަބަރުގައިވާ ގޮތުން ޑުއެލް ސިޓިޒެންޝިޕް ނުވަތަ އެހެން ގައުމެއްގެ ރަށްވެހިކަން އޮންނަ ދިވެއްސަކަށް މިގޮތަށް ވިސާއެއް ނުލިބޭނެ އެވެ. ވިޔަފާރި އާއި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ޓްރަމްޕް މިގޮތަށް ނިންމެވީ އެމެރިކާގައި ތިއްބަވާ ރާއްޖޭގެ ޑިޕްލޮމޭޓުންނަށް މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށް ބުނެ ލިޔެފައިވާ އެ ޚަބަރު ފަދަ އެހެން ޚަބަރުތައް ވެސް ކުރިން ފަތުރާފައިވެ އެވެ.
މި ޚަބަރު ފެތުރި ވެބްސައިޓުން، ދޭތެރެ ދޭތެރެއިން އަންނަނީ، ގައުމުގެ ނަން ބަދަލުކޮށްލުމަށް ފަހު ހަމަ މި ޚަބަރު މިގޮތަށް ފަތުރަމުންނެވެ. އެގޮތުން ސައުތު އެފްރިކާ، ޕާކިސްތާން، މޮޒެމްބީކް، ކެންޔާ، ޓެންޒޭނިއާ، ސިއެރަލިއޯން އަދި އެންގޯލާ މީހުންނަށް ވެސް ވިސާއާ ނުލައި އެމެރިކާއަށް ދެވޭ ގޮތް ހެދި ކަމަށް ބުނެފައިވެ އެވެ. އެއިން ކޮންމެ ޚަބަރެއްގައި ވެސް ބުނަނީ ހަމަ ރާއްޖެއާ ބެހޭ ގޮތުން ވެސް ހުރި ވާހަކަތަކެވެ. އެއީ 180 ދުވަހުގެ ހިލޭ ވިސާއެއް ކަމަށާއި ވިޔަފާރި އާއި ޓޫރިޒަމްގެ ބޭނުމަށް ނޫނީ އެގޮތަށް ވިސާ ނުދޭނެ ކަމަށް ބުނެ އެވެ.
ހަގީގަތަކީ، މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކުގެ މީހުން އެމެރިކާއަށް އެތެރެވުމަށް ޓްރަމްޕުގެ ސަރުކާރުން ބޮޑެތި ހުރަސްތައް ކުރިމަތިކޮށްފައިވާ ކަމެވެ.
ވިސާ ނުނަގާ އެމެރިކާއަށް ދަތުރުކުރެވޭނެ ގައުމުތަކުގެ ލިސްޓެއް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ވެބްސައިޓުގައި އަބަދުވެސް އާންމުކޮށްފައިވެ އެވެ. މި ލިސްޓު ތިރީގައިވާ ލިންކުން ފެންނާނެ އެވެ.
ޓްރަމްޕް ނެރުއްވި އަމުރު ކޯޓުން ހުއްޓުވައިފި
އެމެރިކާ ޑަބްލިޔުއެޗްއޯއިން ވަކިވެ ބޮޑެތި ނިންމުންތަކެއް
ބަލައިގަންނާނީ 'ދެ ޖިންސު' އެކަނި: ޓްރަމްޕް
ޓްރަމްޕް އެނބުރި ވެރިކަމަށް
ޓްރަމްޕުގެ ވައުދާއެކު އެމެރިކާއަށް ޓިކްޓޮކް އަލުން ދީފި
މަހުޖަނުންގެ ނުފޫޒުން ގައުމު ސަލާމަތްކުރާތި: ބައިޑެން
ޓްރަމްޕް: އަލިފާން ނިއްވާނުލެވޭ، މިއީ ކޮން ބައެއް؟
ޓްރަމްޕަށް ސާބިތުވި ކުށަށް އަދަބު ނުދޭން ހުކުމްކޮށްފި
ޓްރަމްޕަށް އަދަބު ދިނުން ހުއްޓުވަން ސުޕްރީމް ކޯޓަށް
ޓްރަމްޕުގެ އިންޒާރެއް: ޕެނަމާ ކެނަލް އަތުލަންޖެހިދާނެ