14 މެއި 2017
ލޯކަލް ކައުންސިލް އިންތިހާބުގައި ފިރިހެނުންނާ ވާދަކޮށްގެން އަންހެނުން ކުރި ހޯދީ ހަމައެކަނި ހއ. ކެލާ ކައުންސިލަކުން އެކަންޏަކުން ނޫނެވެ. އެ އަތޮޅު ތަކަންދު އާއި ޅ. ކުރެންދޫ އަދި އއ. ތޮއްޑޫ ކައުންސިލްގެ ވެސް މެޖޯރިޓީ ވެސް އަންހެން ކައުންސިލަރުން ވަނީ ނަގައިފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ފިރިހެނުންނާ ވާދަކޮށްގެން އަންހެނުން ކުރި ހޯދީ ހަމައެކަނި ހއ. ކެލާ ކައުންސިލަކުން އެކަންޏަކުން ނޫނެވެ. އެ އަތޮޅު ތަކަންދު އާއި ޅ. ކުރެންދޫ އަދި އއ. ތޮއްޑޫ ކައުންސިލްގެ ވެސް މެޖޯރިޓީ ވެސް އަންހެން ކައުންސިލަރުން ވަނީ ނަގައިފަ އެވެ.
ކުޑަ އާބާދީއެއް އޮންނަ ހއ. ތަކަންދު އަކީ އަބަދުވެސް އަންހެނުން ލީޑަޝިޕްނަގާ ރަށެކެވެ. ލާމަރުކަޒީ ނިޒާމުގެ ދަށުން ބޭއްވި އިންތިހާބުގައި މީގެ ކުރިން ވެސް އެ ރަށުގެ ދެ އަންހެނަކު ވަނީ ރަށު ކައުންސިލުން ޖާގަ ހޯދާފަ އެވެ.
ތަކަންދޫ ކައުސިލްގެ ރައީސް، އިބްރާހިމް ޝަހީދު ވިދާޅުވީ އެ ރަށުގެ އިޖްތިމާއީ ކަންކަމުގައި އެންމެ ބޮޑަށް އިސްނަގައި އުޅެނީ އަންހެނުން ކަމަށެވެ.
ކުރެންދޫ ކައުންސިލްގެ ނަތީޖާ: މެޖޯރިޓީ ހޯދީ ޕީޕީއެމުން
"ރަށުގެ ކަމަކަށް ކޮންމެ އިރަކު ގޮވާލި ނަމަވެސް ފިރިހެނުންނަށް ވުރެ ގިނައިން އަންހެނުން ނިކުންނާނެ. ރަށުގެ ގިނަ ކަންކަމުގައި ލީޑު ކުރާނީ އަންހެނުން،" ޝަހީދު ވިދާޅުވި އެވެ.
"މި ރަށުގެ މީހުން ގަބޫލުކުރޭ ފިރިހެނުންނަށް ވަންޏާ، އަންހެނުންނަށް ވެސް ވާނެކަން."
ތަކަންދޫ ކައުންސިލަށް މި ފަހަރު ހޮވުނީ އެމްޑީޕީގެ ފާތުމަތު ފަޒީހާ އާއި އައިޝަތު އާސިފާ އެވެ.
ޝަހީދު ވިދާޅުުވި ގޮތުގައި އަންހެނުންނަށް އެ ގޮނޑިތައް ކާމިޔާބު ވުމުގައި ޕާޓީގެ ފިކުރު ވެސް ބޮޑު ރޯލެއް ކުޅުނެވެ.
އަންހެނުން އިސްނެގުމުގައި ޅ. ކުރެންދު އަކީ ވެސް އާ ރަށެއް ނޫނެވެ. އެ ރަށުގެ ކައުންސިލްގައި މިހާރު ވެސް ދެ އަންހެން މެމްބަރުން ތިއްބަވަ އެވެ. އެކަމަކު ގިނަ ފިރިހެންނުންތަކަކާ ވާދަކުރައްވައިގެން، އެ ދެ މެމްބަރުން އަނެއްކާވެސް މިއޮތީ ކުރި ހޯއްދަވައިފަ އެވެ.
ކުރެންދޫ ކައުންސިލަށް ހޮވުނީ މިހާރު ވެސް އެ މަގާމުތަކުގައި ތިއްބެވި ޕީޕީއެމަށް ނިސްބަތްވާ އައިޝަތު ވިޝާމާ އާއި އެމްޑީޕީ މެމްބަރު، ފަރަހްނާޒް މުހައްމަދެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އެ ބޭފުޅުންގެ މަސައްކަތް ރައްޔިތުން ބަލައިގަތީ ކަމުގައި. ޕާޓީ ފިކުރު ވެސް އެބަ ހިމެނޭ. އެކަމަކު ދެ ވަނަ ފަހަރަށް އެ މަގާމަށް އިންތިހާބު ކުރާނީ އެ ބޭފުޅުންނަށް ރައްޔިތުން ހިތްހަމަޖެހޭ ވަރަށް މަސައްކަތް ކުރެވުނީމާ،" ކައުންސިލްގެ ރައީސްް އިސްމާއީލް މަދީހު ވިދާޅުވި އެވެ.
ތަކަންދޫ ކައުންސިލުގެ ނަތީޖާ.
އޭނާ ވިދާޅުވީ ރަށުގެ ކަންކަން ބަލަހައްޓަން ކުރިން ތިން ފިރިހެނުން ތިބި ނަމަވެސް، އެ މީހުންގެ މަސައްކަތާ އަންހެނުން ހަވާލުވުމުން ގޮންޖެހުންތަކެއް ވެސް ކުރިމަތިވާނެ ކަމަށެވެ. ހާއްސަކޮށް، ރަށުގައި ހުންނަ ބޮޑެތި އިމާރާތްތައް މޮނިޓަކޮށް، އެކަންކަން ކުރުމަކީ އަންހެނުންނަށް އުނދަގޫވެދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
ތޮއްޑޫ ކައުންސިލްގައި މީގެ ކުރިން ތިބީ ހުސް ފިރިހެނުންނެވެ. އެކަމަކު މިފަހަރުގެ އިންތިހާބުގައި ދެ ގޮނޑި އެމްޑީޕީގެ ދެ މެމްބަރުން ކަމަށްވާ އައިޝަތު އާދަމް އާއި ހަދީޖާ ނިއުޝާ ކާމިޔާބުކުރެއްވި އެވެ.
މި ނޫނަސް އިތުރު ރަށްރަށުގައި އަންހެން ކައުންސިލަރުންގެ މެޖޯރިޓީ ހޯދުން އެކަށީގެންވެ އެވެ. އެކަން ކަށަވަރުވާނީ އިލެކްޝަންސް ކޮމިޝަނުން ވަގުތީ ނަތީޖާ އިއުލާންކޮށް ނިމުމުންނެވެ.
ކަމަދޫ ކައުންސިލްގެ ނައިބު ރައީސް އިސްތިއުފާ ދީފި
އާ ކައުންސިލަރުން ހުވާކުރަން ފަށައިފި
ފުވައްމުލަކު ސިޓީ ކައުންސިލްގެ ބާރުތައް ވެސް ހަނިކޮށްފި
ކުރިނބީ ވޯޓުފޮށި އަލުން ގުނުމުން ކާމިޔާބުކުރީ އެމްޑީޕީ
ހިންނަވަރުގެ ބަދަލު މުޅި ރާއްޖެ އިން ފެންނާނެ: ނާޒިމް
ނަތީޖާ ބަދަލުވާ ވަރުގެ އެއްވެސް ޝަކުވާއެއް ނެތް: އީސީ
"ވޯޓުލުން ދިޔައީ އޮމާންކޮށް، މާބޮޑު ޝަކުވާއެއް ނެތް"
ޝަކުވާތަކާ އެކު ދެފަރާތް ވެސް ކާމިޔާބީގެ އުއްމީދުގައި
ހުކުމަކާއެކު ވިލުފުށީ ކައުންސިލަރެއް މަގާމުން ވަކިވެއްޖެ
ލޯކަލް އިންތިހާބުގެ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި