16 މެއި 2017
ސަރުކާރާ ދެކޮޅަަށް މަސައްކަތް ކުރައްވާ ލީޑަރުންގެ ތެރޭގައި ތިއްބެވީ ވެރިކަމުގެ "ތަހުތު" މާބޮޑަށް ފެންނަ ބައެއް ކަމަށް ބާރަށު ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރާ ދެކޮޅަަށް މަސައްކަތް ކުރައްވާ ލީޑަރުންގެ ތެރޭގައި ތިއްބެވީ ވެރިކަމުގެ "ތަހުތު" މާބޮޑަށް ފެންނަ ބައެއް ކަމަށް ބާރަށު ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ކޯލިޝަނުން އެމްޑީއޭ ޖަގަހައިގައި ބޭއްވި ޖަލްސާގައި ޝުޖާއު ވިދާޅުވީ އިދިކޮޅު ލީޑަރުން ކޯލިޝަން ހައްދަވައިގެން "އެކަކު އަނެކަކުގެ ކޮނޑަށް އަތްލައިގެން" ތިއްބެވިއިރު، "ކޭކުގެ ފަޅި އަޅާއިރު، އެއް ފަޅި ކާން" ހަތް ބޭފުޅުން ތިއްބެވި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ބޭފުޅުންގެ ތެރެއިން، ރައީސް ޔާމީނާ ވާދަކުރެއްވޭނެ ބޭފުޅެއް އަދިއެއް ނެތެވެ.
ޝުޖާއު ވިދާޅުވީ ރާއްޖޭގައި ފައްޅި އަޅަން ބޭނުން ނުވާނަމަ، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނަށް ވޯޓު ދޭން ވާޖިބު ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ބޮޑު ތިލަދުންމަތީގެ މެޖޯރިޓީ ނަގާނެކަން ފާހަގަ ކުރައްވަމުން ޝުޖާއު ވިދާޅުވީ ޕީޕީއެމުން އިންތިޚާބުތައް ކާމިޔާބު ކުރުމުގައި ހުރި ގޮންޖެހުންތައް ނޯޓުކޮށްގެން ތިބި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ކަންކަން ރަނގަޅު ކުރާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި ސަރުކާރުގެ ކޯލިޝަންގައި ތިއްބެވީ، ދޮގު ހަދައިގެން ރައްޔިތުންގެ ވޯޓު ހޯދަން ދުވަހަކު ވެސް މަސައްކަތް ކުރާނެ ބައެއް ނޫނެވެ. ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ދައުލަތުގެ މާލިއްޔަތުގައި އެއްވެސް ފައިސާ ފޮއްޗެއް ނެތް ކަމަށާއި ކުރީގެ ސަރުކާރުތަކުން ސަބްސިޑީ ބަހާފައި އޮތީ ނެތް ތާއީދެއް ހޯދުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު ރައްޔިތުންނަށް އެ ވެވުނީ ވަރަށް ބޮޑަށް ހަރާންކޯރު. ކަރަންޓާއި ކާޑުގެ އަގު ބޮޑު ކުރަން ޖެހުނީ އެކަން ކުރަން ބޭނުން ވެގެނެއް ނޫން. އެއީ އަޅުގަނޑުމެންނަށް މަޖުބޫރުވެގެން ކުރަން ޖެހުނު ކަމެއް. އެއީ ނުލިބޭ އާމްދަނީއެއްގެ މައްޗަށް ހިލޭ ފައިސާ ބަހަން ޖެހުމުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންނަށް އެކަންކަން ކުރަން ޖެހުނީ،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވިސްނުންފުޅު ހުރީ، ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް ސަބްސިޑީ ދިން ގޮތަށް އެކަން ކުރާކަށް ނޫން ކަމަށެވެ. ރާއްޖޭން ބޭރުން ލޯނު ދޭ ފަރާތްތަކުން ބުނަމުން އަންނަނީ ސަބްސިޑީ އޭގެ ހައްގުވެރިންނަށް ދިނުމަށް ކަން ވެސް ޝުޖާއު ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ މިހާރުގެ އަމާޒަކީ ރައްޔިތުންގެ ޖީބުތައް ތަނަވަސް ކުރުމެވެ. އެކަން ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކާމިޔާބުވާނެ ކަމަށް ވިދާޅުވި އެވެ.
"އިޚުލާސްތެރިކަމާއި ތެދުވެރިކަމާ އެކު ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ޓީމުން ބޭނުން ވަނީ. އެއީ އަޅުގަނޑުމެން އިންތިޚާބުގައި ވިއްކަމުން ދިޔަ ކަމަކީ. އެއީ އެންމެ ފުރަތަމަ ގައުމު. މި ލަފްޒު އަޅުގަނޑުމެންނަށް މާނަ ކުރެވޭ ގޮތަކީ،" ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ޝުޖާއު ވިދާޅުވި އެވެ.
ރައީސްގެ ހޫނު ހަމަލާތަކެއް ނަޝީދާއި އިލްމުވެރިންނަށް
އަސްލު ސައިޒް ފެންނަން އަދި ގާތް ވެސް ނުވޭ!
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
އިބޫ އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވާނެ: ރިޔާޒް
ދެ ހުށަހެޅުމުގައި ރައީސްގެ އަރިސް މެމްބަރުންތަކެއް!
އިބޫއަކީ ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން ހުރި މީހެއް
ޕީޕީއެމް، "އަސްލު" ބޭފުޅުންނާ ހަވާލުކުރާނަން: އިބޫ
"މައުމޫން ބާޣީއަކަށް ހެދުމަކީ ނަޝީދުގެ ހުވަފެނެއް"
ނަޝީދަކީ "ސަރަހައްދީ މުސީބާތަކަށް" ވެއްޖެ: ސައީދު