Roadha Mihaaru
އިސްލާމީ އުސޫލްތަކާ ބެހޭ ތަގުރީރެއް ޓްރަމްޕް ދެއްވަނީ

އިސްލާމީ އުސޫލުތަކާ ބެހޭ ގޮތުން ޓްރަމްޕް ތަގުރީރެއް ދެއްވަނީ

17 މެއި 2017

ވޮޝިންޓަން (މެއި 17) - އަންނަ ހުކުރު ދުވަހު ސައުދީ އަރަބިއާ އަށް ފައްޓަވާ ދަތުރުފުޅުގައި އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާ ބެހޭ ގޮތުން އެ ގައުމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ތަގްރީރެއް ދެއްވާނެ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މެއި 17) - އަންނަ ހުކުރު ދުވަހު ސައުދީ އަރަބިއާ އަށް ފައްޓަވާ ދަތުރުފުޅުގައި އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާ ބެހޭ ގޮތުން އެ ގައުމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ތަގްރީރެއް ދެއްވާނެ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

ޓްރަމްޕުގެ ސައުދީ ދަތުރުފުޅުގައި 50 އަށް ވުރެ ގިނަ މުސްލިމް ގައުމުގެ ލީޑަރުންނާ އެކު ބައްދަލުވުމެއް ބާއްވާނެ އެވެ. ވައިޓް ހައުސް އިން ބުނީ އިސްލީ ގައުމުތަކުގެ ވެރިންނާ މުޚާތަބް ކުރައްވާ ހަރުކަށި ވިސްނުމާ ދެކޮޅަށް ކަންތައް ކުރާނެ ގޮތާބެހޭ ގޮތުން ޓްރަމްޕް ވާހަކަ ދައްކަވާނެ އެވެ. އަދި އިސްލާމް ދީނުގައި އޮންނަ ސުލްހަވެރި ގޮތާ މެދުު ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތް ބަޔާން ކޮށްދެއްވާނެ އެވެ.

މިއީ ރައީސްކަން ލިބިވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ޓްރަމްޕް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޓްރަމްޕާ އެކު ކުރިއަށް ގެންދާ އަރަބި-އިސްލާމިކް-އެމެރިކަން ސަމިޓް ރިޔާޒުގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހު 20-21 ގައި ކަމަށް ސައުދީ އޮފިޝަލުން ބުނެ އެވެ. ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ވެރިންނާ އެކު ޓްރަމްޕް ވަކި ބައްދަލުވުންތައް ބާއްވާނެ ކަމަށް ވެސް ސައުދީގެ އޮފިޝަލުން ބުނެ އެވެ. އަދި ސައުދީ ރަސްގެފާން ސަލްމާން ދައުވަތު ދެއްވި މުސްލިމް ލީޑަރުންގެ ތެރޭގައި ޖޯޑުންގެ އަބްދުﷲ ރަސްގެފާނާއި އަލްޖީރިއާގެ ރައީސް އަބްދުލް އަޒީޒް ބޫތަފްލިކާ، ނައިޖަރުގެ ރައީސް މުހައްމަދު އިސޫފޫ، ޔަމަނުގެ ރައީސް އަބްދުއްރައްބޫ މަންސޫރު ހާދީ، މޮރޮކޯގެ ރަސްގެފާން މުހައްމަދު ހިމެނެ އެވެ. މީގެ އިތުރުން ތުރުކީ، ޕާކިސްތާން، އިރާގު އަދި ޓިއުނީޝިއާގެ ވެރިންނަށް ވެސް ސަލްމާން ދައުވަތު ދެއްވާފައިވާ ކަމަށް ސައުދީ ނީސްތަކުން ބުންޏެވެ.

"ޓްރަމްޕުގެ ދަތުރުފުޅަކީ އެމެރިކާ އާއި އަރަބި އަދި އިސްލާމީ ގައުމުތަކާ އެކު ގުޅުން ރަނގަޅު ކުރުމަށް ދިން މެސެޖެއް،" ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވިދާޅުވި އެވެ.