Roadha Mihaaru
ރައީސްގެ ވަފުދެއް އައްޑުއަށް ފޮނުވަނީ

ރައީސްގެ ވަފުދެއް އައްޑުއަށް ފޮނުވަނީ

18 މެއި 2017

އައްޑު އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހިތަދު އަށް ރޭ ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވުމާ ގުޅިގެން، އެ ސިޓީގެ ހާލަތު ބަލަން ރައީސް އަބްދުﷲ ޔާމީންގެ ވަަފުދެއް އައްޑޫއަށް ފޮނުވަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑު އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހިތަދު އަށް ރޭ ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވުމާ ގުޅިގެން، އެ ސިޓީގެ ހާލަތު ބަލަން ރައީސް އަބްދުﷲ ޔާމީންގެ ވަަފުދެއް އައްޑޫއަށް ފޮނުވަން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ކަމަށެވެ.

އައްޑޫގެ ހާލަތު ބެއްލެއްވުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ވަނީ އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް ގުޅުއްވައި، ނަަގޫރޯޅީގައި ލިބުނު ގެއްލުންތަކުގެ މައުލޫމާތު ވެސް ރޭ ހޯއްދަވައިފަ އެވެ.

ފުލުހުން ބުނީ ހިތަދޫ ދެކުނު ސަރަހައްދަށް އެރި ނަގޫރޯޅީގައި 12 ގެއެއްގެ ފުރާޅު އެއްލާލައި، އެ ގެތަކުގައި ދިރިނޫޅެވޭ ވަރަށް ގެއްލުން ވެފައިވާ ކަމަށެވެ. އަދި ކަމާ ބެހޭ މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.