ލޭގައި ހަކުރު ހުރި މިންވަރު ދެނެގަނެވޭ ފެންވަރުގެ އާލާތެއް، އެޕަލް އިން އުފައްދައި، އަޖުމަބަލަން ފަށައިފި ކަމަށް ބުނެވެ އެވެ. މިއީ ހަކުރުބަލި ހުންނަ މީހުންނަށް ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށް ބެލެވެ އެވެ.
22 މެއި 2017
ލޭގައި ހަކުރު ހުރި މިންވަރު ދެނެގަނެވޭ ފެންވަރުގެ އާލާތެއް، އެޕަލް އިން އުފައްދައި، އަޖުމަބަލަން ފަށައިފި ކަމަށް ބުނެވެ އެވެ. މިއީ ހަކުރުބަލި ހުންނަ މީހުންނަށް ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށް ބެލެވެ އެވެ.
ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ބެލުމަށް މިހާރު ބޭނުންކުރާ ގޮތް ނޫން ގޮތެއް ހޯދަން ޒަމާން ލާޒިމުކުރެ އެވެ. ދިރިއުޅުމަށް ޓެކްނޮލޮޖީ ގެނެސްފައި ހުރި ފަސޭހަތަކަށް ބަލާއިރު، ލޭގައި ހަކުރު ހުރި މިންވަރު ބެލުމަށް އުފުލަން ޖެހެނީ ބޮޑު ތަކުލީފެކެވެ. މަސްގަނޑަށް ކައްޓެއް ހަރައި، ލޭ ދަމައިގަންނަން ޖެހެނީ، އެ ނޫން ގޮތެއް ނެތިގެންނެވެ. ނަމަވެސް، ބުނެވޭ ގޮތުގައި، އެޕަލް އިން ވަނީ މި ކަމަށް ހައްލެއް ހޯދާފަ އެވެ. އަދި އެއީ "އެޕަލް ވޮޗް"އާ ގުޅުވާލެވޭ އާލާތެއް ކަމަށް ވެސް ބުނެވެ އެވެ.
އެޕަލް އިން ބަޔޯމެކޭނިކަލް އިންޖިނޭރުންތަކެއް ހޯދަން މަސަައްކަތްކުރި ކަމަށް ބުނެވޭ ރިޕޯޓްތަކެއް ވެސް އިންޓަނެޓުގައި ފެތުރުނެވެ. އެއީ ކީއްކުރަން ހޯދި ބައެއްކަން އެޕަލް އިން ނުބުނި ނަމަވެސް، ވާހަކަތައް މިހާރު ހުރި ގޮތުން ބެލެވެނީ، އެއީ މި އާލާތް ތަރައްގީކުރަން ހޯދި ބައެއް ކަމެވެ.
އެޕަލް އިން އުފައްދާ އާލާތާ މެދު ބުނެވެނީ، ލޭގައި ހަކުރު ހުރި މިންވަރު ދެނެގަތުމަށްޓަކައި، މަސްގަނޑަށް ކައްޓެއް ހަރަން ނުޖެހޭނެ ކަމަށެވެ. އެއާ ބެހޭ ޓެކްނިކަލް ތަފުސީލު އަދި އާންމެއް ނުކުރެ އެވެ. ކުރާނެ ކަމަކަށް ވެސް ނުބެލެވެ އެވެ. އެހެން ނަމަވެސް އެއީ ބޭސްވެރިކަމަށް ވަރަށް ބޮޑު ބަދަލެއް، ކުރިއެރުމެއް ގެނުވާނެ އާލާތަކަށް ވާނެ ކަމަށް ބުނެވެ އެވެ.
ސީއެންބީސީ އިން ދާދި މިދާކަށް ދުވަހު ބުނި ގޮތުގައި، ޓިމް ކުކް އުޅުއްވަނީ އެ ކަހަލަ އާލާތެއް އަޅުއްވައިގެންނެވެ. ގްލާސްގޯ ޔުނިވާސިޓީގެ ދަރިވަރުންނާ އެކު އޮތް ބައްދަލުވުމެއްގައި ވެސް އެ ވާހަކަ ޓިމް ކުކް ވިދާޅުވި ކަމަށް ވެ އެވެ. ހަކުރު ޓެސްޓްކުރުމަށްޓަކައި ކަށިހެރުން ނޫން ގޮތެއް ހޯދަން ޖެހިއްޖެ ކަމަށާއި، އެ ކަހަލަ އާލާތެއް ގައިގައި އަޅުއްވައިގެން ޓެސްޓްކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އައިފޯނު އެޕްލިކޭޝަންތަކަށް އައިސްފައި ހުރި ބަދަލުތަކަށް ބަލާއިރު ވެސް، އެޕަލުން ސިއްހީ ދާއިރާ އަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭކަން ކަށަވަރުވެ އެވެ. އެޕަލުން ތައްރައްގީކުރަމުން އަންން އާލާތް ފުރާފުރިހަވުމުން، އެ އާލާތް ކޮންޓްރޯލްކުރުމުގެ ބާރު، އައިފޯނަށް ދޭނެ ކަމަށް ބެލެވެ އެވެ.
އެޕަލް ގަޑިތައް ހެދީ އަގު ހެޔޮކުރެވޭނެ ގޮތަށް
އެޕަލްގެ ގަޑިތަކުން ލޭގެ އޮކްސިޖަން ބެލޭ ގޮތް ހަދަނީ
އެޕަލް ގަޑިތަކާ އެކު އެޑަޕްޓަރެއް ނުލިބޭނެ
އެޕަލްގެ ގަޑިތައް ވާދަވެރިންނަށް ވުރެ ކުރީގައި
އެޕަލް ވޮޗް 5: ފަސް ވަނަ ޖީލުގެ ގަޑިތައް
ގެލަކްސީ ވޮޗް އެކްޓިވް 2: ހީވަނީ އެޕަލް ގަޑިއެއްހެން
އެޕަލް ވޮޗް: ޖުމުލަ 15 މިލިއަން ގަޑި ވިއްކާނެ
ޓީ-މޮބައިލް ނެޓްވޯކުގައި އައިފޯނަށް ސްޓާލިންކް ހިދުމަތް
އައިފޯނު 16 ޕްރީއޯޑަރު ކުރި ކަސްޓަމަރުންނަށް ފޯނު ދީފި
އައިފޯން 16 ބެސްޓްބައި މޯބައިލްގެ ޑިސްޕްލޭއަށް