Roadha Mihaaru
އެޕަލް ވޮޗް: ޖުމުލަ 15 މިލިއަން ގަޑި ވިއްކާނެ

އެޕަލް ވޮޗް: އަހަރު ނިމޭއިރު 15 މިލިއަން ގަޑި ވިއްކާނެ

22 އޯގަސްޓް 2017

ސްމާޓްވޮޗް ވިޔަފާރީގައި އެޕަލް އަށް އޮތް ވަރުގެ ފުރުސަތެއް އަދި އެހެން ކުންފުންޏަކަށް ނެތެވެ. މަސްރަހުގައި ވާހަކަތައް ހުރި ގޮތަށް ބަލާއިރު، ސްމާޓްވޮޗް ސިނާއަތުގައި އެޕަލް ބާރުގަދަކުރާނެ އެވެ. އެ މަންޒަރު މިހާރު ވެސް ފެންނަން ފަށައިފި އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސްމާޓްވޮޗް ވިޔަފާރީގައި އެޕަލް އަށް އޮތް ވަރުގެ ފުރުސަތެއް އަދި އެހެން ކުންފުންޏަކަށް ނެތެވެ. މަސްރަހުގައި ވާހަކަތައް ހުރި ގޮތަށް ބަލާއިރު، ސްމާޓްވޮޗް ސިނާއަތުގައި އެޕަލް ބާރުގަދަކުރާނެ އެވެ. އެ މަންޒަރު މިހާރު ވެސް ފެންނަން ފަށައިފި އެވެ.

އެޕަލް އިން 2015 ގައި، އެޕަލް ވޮޗް ތައާރުފުކުރި ފަހުން 10 މިލިނިއަނެއްހާ ގަޑި ވިއްކައިފި އެވެ. މިއީ ވިޔަފާރި ރިޕޯޓްތަކުން އެނގޭ ވަރެވެ. މި އަށް ވުރެ، އަސްލު އަދަދު މަތިވާނެ ކަމަށް ބެލެވެ އެވެ. މި އަހަރު އެޕަލް އިން "އެލްޓީއީ" އެޕަލް ގަޑިއެއް ތައާރުފުކުރާނެ ކަމަށް ބެލެވެ އެވެ. އެއީ ސްމާޓްވޮޗް ވިޔަފާރި އެޕަލް އަށް ބުރަވާނެ ސަބަބެކެވެ. އައިފޯނަށް ބޭނުންނުޖެހި، ގަޑިން ފޯން ކޯލްކުރެވޭ ގޮތް ވުމަކީ ހުސް ފައިދާ އެވެ.

އެޕަލް އިން އުންމީދުކުރަނީ މިއަހަރު ނިމޭއިރު ޖުމުލަ 15 މިލިއަން ގަޑި ވިއްކުމަށެވެ. އެއީ ކުރިން ވިއްކި ގަޑިތައް ވެސް ލައިގެންނެވެ. މި ވަރުން ވެސް އެޕަލް ޖަހާލާފައި އަރައިގަނެވޭނެ ކުންފުންޏެއް، މި މާކެޓުގައި ނެތެވެ. ސްމާޓްވޮޗް އަކީ މުހިންމު ވިޔަފާރިއެއް ކަމަށް ގިނަ ބަޔަކު ނުދެކެ އެވެ.

މާކެޓް ދިރާސާކުރާ މީހުން ދެކޭ ގޮތުގައި، އެޕަލް އިން ވައުދުވެފައިވާ ގޮތަށް އަދި އެ ފެންވަރުގެ އެލްޓީއީ ގަޑިއެއް މާކެޓަށް ނެރެފި ނަމަ، ކާމިޔާބު އަހަރަކަށް 2018 ވާނެ އެވެ. ސްމާޓްވޮޗް ބޭނުންކުރާ މީހުން ގިނަވެ، އެޕަލް އަށް އިތުރު ފުރުސަތު ލިބޭނެ އެވެ. ބެލެވޭ ގޮރުގައި 18 މިލިއަން އެޕަލް ވޮޗް ވިކުމަކީ ވެސް އޮތް ފުރުސަތެކެވެ.

އެޕަލް އިން އެލްޓީއީ ގަޑިއެއް ތައާރުފުކުރަން އުޅޭ ވާހަކަތަކާ ގުޅިގެން، އެއީ އެންޑްރޮއިޑް ސަޕޯޓްކުރާނެ ގަޑިއެއް ކަމަށް ކުރިން ބުނެވުނު ނަމަވެސް، އެ ކަމަށްޓަކައި ކުރަން ހުރި މަސައްކަތްތަކާ ހެދި، އެންޑްރޮއިޑް ސަޕޯޓް އުނިކުރަންޖެހިދާނެ ކަމަށް ވެސް ބުނެވެ އެވެ. އެޕަލް ގަޑީގައި އެންޑްރޮއިޑް ސަޕޯޓް ހިމެނުން ވާނީ، ސެމްސަންގް އަދި ގޫގުލް އަށް ވެސް ގެއްލުން ބޮޑު ކަމަކަށެވެ.