Roadha Mihaaru
އެޕަލް ގަޑިތައް ހެދީ އަގު ހެޔޮކުރެވޭނެ ގޮތަށް

އެޕަލް ގަޑިތައް މިފަހަރު ހެދީ އަގު ހެޔޮކުރެވޭނެ ގޮތަށް ބަލައިގެން

20 ސެޕްޓެމްބަރ 2020

އެޕަލް އިން ސްމާޓް ގަޑިއެއް ނުއުފައްދައިގެން އުޅެނިކޮށް ސެޕްޓެމްބަރު 2014 އިން ފެށިގެން ކޮންމެ އަހަރަކު އާ ގަޑިއެއް ނެރެމުން އައިސް މިދިޔަ ހަފުތާގައި މި ނެރުނީ ސީރީޒް 6 އެވެ. މިހާ ހިސާބަށް އައި އިރު މިއީ އެއްވަނަ ސްމާޓް ގަޑި އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެޕަލް އިން ސްމާޓް ގަޑިއެއް ނުއުފައްދައިގެން އުޅެނިކޮށް ސެޕްޓެމްބަރު 2014 އިން ފެށިގެން ކޮންމެ އަހަރަކު އާ ގަޑިއެއް ނެރެމުން އައިސް މިދިޔަ ހަފުތާގައި މި ނެރުނީ ސީރީޒް 6 އެވެ. މިހާ ހިސާބަށް އައި އިރު މިއީ އެއްވަނަ ސްމާޓް ގަޑި އެވެ.

ސީރީޒް 6ގެ ގަޑިތަކަށް ޚާއްސަކުރި ކޭސްތަކާ މެދު ބުނަނީ އޭގައި ބޭނުންކުރި މާއްދާތައް އިހްތިޔާރުކޮށްފައިވަނީ އަގު ހެޔޮވާނެ ގޮތަށް ބަލައިގެން ކަމަށެވެ. ސީރީޒް 6 ގައި ސެރަމިކް ކޭސްއެއް ނެތީ އަގުބޮޑުވެދާނެތީ ކަމަށެވެ. އެޕަލް ގަޑިތަކަށް މީގެ ކުރިން ރަނާއި ރިހިން ވެސް ކަވަރު ހަދާފައިވެ އެވެ.

އެޕަލް ގަޑިތަކުގައި ސެރަމިކް ތޮށި ލުމަކީ ބައެއް ފަހަރު ކުރާ ކަމެކެވެ. ބައެއް ފަހަރު ނުކޮށް ވެސް ދޫކޮށްލަ އެވެ. ސީރީޒް 6ގެ ގަޑިތަކަށް ޚާއްސަކޮށްފައި ވަނީ އެލުމިނިއަމް، ސްޓެއިންލެސް ސްޓީލް އަދި ޓައިޓޭނިއަމް އެވެ.

އެޕަލް ގަޑިތަކަށް މި އަހަރު ޚާއްސަ ސަމާލުކަމެއް ވަނީ ދެވިފަ އެވެ. މުޅި ދުނިޔެ ބަލިމަޑުކަމެއްގައި އޮތްއިރު، ސްމާޓް ގަޑިތަކަށް އެޕަލް އިން ހަދާނެ ގޮތެއް ހަދަން ދޫކޮށްލައިގެން ތިބެވެން ނެތުމުންނެވެ. މި ވަގުތު މަސްލަހަތު އޮތީ ޚަރަދުކުޑަކުރުމަށް ކަމަށް ވާތީ އެވެ.

އެޕަލް އިން ގަޑިތަކަށް ކިޔާނެ އަގެއް ކިޔަންވީ އެވެ. ދަރަނިވެރިވެގެން ނަމަވެސް ގަންނާނެ މީހުން ވާނެ އެވެ. ނަމަވެސް، ކޮރޯނާވައިރަހާ ހެދި، ދުނިޔެ އޮތް ހާލު އެޕަލް ވަނީ ވަރަށް ރަނގަޅަށް ދެނެގަނެފަ އެވެ. ސީރީޒް 6ގެ ގަޑިތައް އުފެއްދުމުގައި، ޚަރަދު ކުޑަކުރެވެން ހުރި ހުރިހައި ގޮތަކަށް ވަނީ ބަލައިގަ އެވެ.