Roadha Mihaaru

އެމްއެންޔޫގެ ލެކްޗަރާއެއް ދަރިވަރަކާ ބެހެން އުޅުނު މައްސަލައެއް ބަލަނީ

މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގެ ފިރިހެން ލެކްޗަރާއެއް، އަންހެން ދަރިވަރަކާ ގަދަކަމުން ބެހުނުކަމުގެ ތުހުމަތުގައި މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެމްއެންޔޫ ދަރިވަރަކާ ބެހެން އުޅުނު މައްސަލަ ފުލުހަށް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

22 މެއި 2017

މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގެ ފިރިހެން ލެކްޗަރާއެއް، އަންހެން ދަރިވަރަކާ ގަދަކަމުން ބެހުނުކަމުގެ ތުހުމަތުގައި މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މަައްސަލައިގެ އެއްވެސް ތަފްސީލެއް މިވަގުތު ދެއްވެން ނެތް ކަމަށެވެ.

އެނގިފައިވާ ގޮތުގައި 18 އަހަރުން ދަށުގެ އެ ކުއްޖާއާ ގަދަކަމުން ބެހުނު ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފެންމަތިވީ މިދިޔަ ހަފުތާގަ އެވެ. އަދި ޖެންޑާ މިނިސްޓްރީއަށް ވެސް އެ މައްސަލަ ހުށަހަޅާފައިވާކަން ވަނީ އެނގިފަ އެވެ.

އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ޖެންޑާ މިނިސްޓްރީން ބުނީ އެތަނަށް މައްސަލައެއް ހުށަހަޅައިފި ނަމަ ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ކުއްޖަކަށް ވިއްޔާ އެކަން ކޮށްދޭނެ ކަމަށެވެ. ނަމަވެސް ވަކިވަކި މައްސަލަތަކާ ގުޅޭ މައުލޫމާތު މީޑިއާއާ ހިއްސާނުކުރާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.