22 މެއި 2017
އަންހެން ދަރިވަރަކާ ގަދަކަމުން ބެހުނު ކަމަށް ތުހުމަތު ކުރެވޭ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފިރިހެން ލެކްޗަރާ މަގާމުން ވަކިކޮށްފި އެވެ.
އަންހެން ދަރިވަރަކާ ގަދަކަމުން ބެހުނު ކަމަށް ތުހުމަތު ކުރެވޭ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފިރިހެން ލެކްޗަރާ މަގާމުން ވަކިކޮށްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެމްއެންޔޫގެ ދާއިމީ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރި އެ މުވައްޒަފު މަގާމުން ވަކިކުރީ މިދިޔަ ހަފުތާގަ އެވެ. މި ހާދިސާ ހިނގީ ވެސް މިދިޔަ ހަފުތާގެ ތެރޭގަ އެވެ.
މި މައްސަލަ ފެންމަތިވުމާއެކު އެ މުވައްޒަފުގެ އަޚުލާގީ މައްސަލައެއް އެމްއެންޔޫން ބެލި އެވެ. އަދި އޭނާ މަގާމުން ވަކިކުރީ އެ މައްސަލަ ބެލުމަށް ފަހު އެވެ.
އެ ދަރިވަރަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ. އަދި އުމުރުން 18 އަހަރުން ދަށުގެ އެ ކުއްޖާއާ ގަދަކަމުން ބެހެން އުޅުނު ކަމަށް ބުނާ މައްސަލަ ޖެންޑާ މިނިސްޓްރީ އަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ޖެންޑާ މިނިސްޓްރީން ބުނީ އެތަނަށް މައްސަލައެއް ހުށަހަޅައިފި ނަމަ ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ކުއްޖެއް ނަމަ އެކަން ކޮށްދޭނެ ކަމަށެވެ. ނަމަވެސް ވަކިވަކި މައްސަލަތަކާ ގުޅޭ މައުލޫމާތު މީޑިއާއާ ހިއްސާ ނުކުރާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ކުޑަކުއްޖަކު ބަލިވެއިން މައްސަލާގައި މީހަކު ހައްޔަރަށް
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައެއް
ޖިންސީގޯނާގެ ތުހުމަތުކުރެވޭ މީހަކު ދޫކޮށްލައިފި
ކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ޖިންސީ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފި
3އަހަރުގެ ކުއްޖަކާ ބެހުނު 76އަހަރުގެ މީހަކު ހައްޔަރު
އަނިޔާ ލިބުނު ކުއްޖާ ދެ އަހަރު "ބަންދުގައި"!
ނުރައްކާ އޮތް އާއިލާތަައް މޮނިޓާކުރަން އަންގަނީ
ޓެސްޓުތަކަށް ފަހު ކުޑަ ކުއްޖާ ދޫކޮށްލައިފި
"ގައިގައި އަތެއް ނުލައެއްނު! އެވަރުގެ ކަމެއްތަ"؟