21 މެއި 2017
ސައުދީ އަރަބިއްޔާގެ ރިޔާޒުގައި ބޭއްވި "އަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންފި އެވެ.
ސައުދީ އަރަބިއްޔާގެ ރިޔާޒުގައި ބޭއްވި "އަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ މި ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް ސައުދީއަށް ކުރައްވާ ދަތުރުފުޅަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ސަމިޓްގައި މިރޭ ރައީސް ޔާމީން ތަގުރީރު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ކުރިން ބުނެފައިވީ ނަމަވެސް، ސަމިޓް ނިންމާލިކަން ސައޫދީގެ ރަސްގެފާނު ސަލްމާން އިއުލާން ކުރެއްވިއިރު ވެސް ރައީސް ޔާމީން ވާހަކަފުޅެއް ނުދައްކަވަ އެވެ.
ސަމިޓްގައި ސައުދީ ރަސްގެފާނުގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް އާއި ޖޯޑަންގެ ރަސްގެފާނު އަބްދުﷲ އާއި ކުވައިތުގެ އަމީރު ޝެއިހް ސަބާހު އަލް އަހުމަދާއި މިސްރުގެ ރައީސް އަބްދުލް ފައްތާހު އައްސީސީ އާއި އިންޑޮނޭޝިއާގެ ރައީސް ޖޮކޮ ވިދޯދޯ އަދި މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގު ތަގުރީރު ކުރެއްްވި އެވެ.
އަރަބި އިސްލާމީ އުއްމަތާއި އެމެރިކާއާ ގުޅިގެން، ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ މައްސަލައާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެލަޔަންސެއް އުފެއްދުމަށް ބޭއްވި ސަމިޓުގައި އަރަބި އިސްލާމީ ލީޑަރުންނާއެކު އެމެރިކާގެ ރައީސް ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި އެވެ.
ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރުމުން މަރުހަބާ ކިޔައިފި
ސައޫދީ ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރައްވައިފި
ސައުދީން ރާއްޖެ އަށް 150 މިލިއަން ޑޮލަރު ދެނީ
ރާއްޖެ-ސައޫދީގެ ރަސްމީ ވާހަކަތައް ބާއްވައިފި
ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި
"ރައީސާ ގުޅޭ އެއްވެސް ވާހަކައެއް ސައުދީން ނުދައްކާ"
އިބޫއަށް ރަސްގެފާނު ގުޅުއްވައި، މަރުހަބާ ވިދާޅުވެއްޖެ
ރައީސް، ސައޫދީގެ އިންޓީރިއާ މިނިސްޓަރާ ބައްދަލުކޮށްފި
ސައުުދީގެ ވެރިރަށަށް ދިން ހަމަލާ ރާއްޖޭން ކުށްވެރިކޮށްފި
ސައޫދީގެ އާ ވަލީ އަހްދަށް ރައީސް ތަހުނިޔާ ފޮނުއްވައިފި