ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް މިއަދު ގުޅުއްވައި، މަރުހަބާ ވިދާޅުވެއްޖެ އެވެ.
30 ސެޕްޓެމްބަރ 2018
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް މިއަދު ގުޅުއްވައި، މަރުހަބާ ވިދާޅުވެއްޖެ އެވެ.
ސައުދީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ ރިޔާސީ އިންތިޚާބުގައި އިބޫ ހޯއްދެވި ކާމިޔާބީއާ ގުޅިގެން އިބޫއަށް ގުޅުއްވައި، ރަސްގެފާނު ސަލްމާން މަރުހަބާ ދެންނެވީ މިއަދު ކަމަށެވެ. އެ ފޯން ކޯލްގައި، ސައުދީ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭގޮތުން ރަސްގެފާނު ސަލްމާން ވާހަކަ ދެއްކެވި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ރަސްގެފާނު ސަލްމާނަށް އިބޫ ޝުކުރު އަދާ ކުރައްވައި، އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ބޭނުންފުޅުވާ ކަމަށް އިބޫ ވިދާޅުވި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ރަސްގެފާނު ސަލްމާންގެ އިތުރުން ސައުދީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން ވެސް ވަނީ އިބޫއަށް ގުޅުއްވައި، މަރުހަބާ ދަންނަވައިފަ އެވެ.
ރަސްގެފާނު ސަލްމާން މަންދޫބެއް ވެސް މިދިޔަ ހަފުތާގައި ވަނީ އިބޫއާ ބައްދަލު ކުރައްވައިފަ އެވެ.
ސައުދީއަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ވެސް ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. ސަލްމާން ރަސްކަމާ ހަވާލުވެ ވަޑައިގަތް ފަހުން ސައުދީން ރާއްޖެއަށް ދޭ އެހީތައް އިތުރުކޮށް، ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ.
މިދިޔަ ހަފުތާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ވާދަ ކުރައްވައި، ބޮޑު އަޣުލަބިއްޔަތަކުން އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވުމުން ދުނިޔޭގެ ބޮޑެތި ގައުމުތަކުން އަންނަނީ އިބޫއަށް މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި އެމެރިކާ އާއި ޗައިނާ އާއި ރަޝިއާގެ އިތުރުން އިންޑިއާ ވެސް ހިމެނެ އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ އިބޫއަށް ގުޅުއްވައި، އިންޑިއާއަށް ވަޑައިގަތުމަށް ވެސް ދައުވަތު އަރުވައިފަ އެވެ.
ގަތަރުގެ މައްސަލައިން ރާއްޖެއަށް ވެސް ފިލާވަޅެއް
ސައުދީން ރާއްޖެ އަށް އާ ސަފީރެއް
ސައޫދީގެ ސަފީރު ކަމަށް ސަރީރު އައްޔަން ކުރަނީ
ރާއްޖެ- ގަތަރުން އަލުން ގުޅުން ގާއިމުކުރަން ނިންމައިފި
ސައުދީ ރަސްގެފާނަށް ރައީސްގެ ތައުޒިޔާ
"ރައީސާ ގުޅޭ އެއްވެސް ވާހަކައެއް ސައުދީން ނުދައްކާ"
ރާއްޖެއަށް އިތުރު ކުރިއެރުން ލިބޭނެ: ސައުދީ
"ހާރިޖީ ބާރުތައް އޮތީ ޗައިނާ-ސައުދީއަށް ދޫކޮށްލާފައި"
ސައޫދީގެ އާ ވަލީ އަހްދަށް ރައީސް ތަހުނިޔާ ފޮނުއްވައިފި
އަޅުގަނޑަށް ނުވިސްނުނު ކަމެއް!