ރައީސް އޮފީހުން އެއްވެސް ނޫސްވެރިޔަކާ ދެކޮޅަށް ނުވަތަ މީޑިއާއަކާ ދެކޮޅަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް މައްސަލައެއް ހުށަހަޅާފައި ނުވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
22 މެއި 2017
ރައީސް އޮފީހުން އެއްވެސް ނޫސްވެރިޔަކާ ދެކޮޅަށް ނުވަތަ މީޑިއާއަކާ ދެކޮޅަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް މައްސަލައެއް ހުށަހަޅާފައި ނުވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމާ ބެހޭގޮތުން ބައެއް މީޑިއާތަކުން ޝާއިއުކޮށްފައިވާ އާޓިކަލްތަކަކާ ގުޅިގެން އެމްއެމްސީ އަށް ރައީސް އޮފީހުން މައްސަލަ ފޮނުވި ކަމަށް ބުނެ، އެ މައްސަލަތަކަށް ޖަވާބުދާރީވާން އެ މީޑިއާތަކަށް ކައުންސިލުން ވަނީ އަންގައިފަ އެވެ. މީޑިއާ ކައުންސިލަށް ޖަވާބުދާރީވާން އަންގާފައި ވަނީ "މިހާރު" ނޫހާއި ރާއްޖެ އެމްވީ އާއި ވީއެފްޕީ އަދި މޯލްޑިވްސް އިންޑިޕެންޑެންޓަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އޮފީހުން އެއްވެސް މީޑިއާއަކާ ދެކޮޅަށް އަދި ނޫސްވެރިޔަކާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައި ނުވާނެ ކަމަށާއި އެކަން މީޑިއާ ކައުންސިލަށް ވެސް އަންގާފައިވާ ކަމަށެވެ.
"Raees ofeehuge namugai noosverin / media akaa dhekolhah evves muassaa akah massala hushahalhaafa eh nuvey. Mikan @mmc_mv ah vany engifa"-im
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) May 22, 2017
މުއާޒް ކުރެއްވި ޓްވީޓް
މުއާޒް ކުރެއްވި އެހެން ޓްވީޓްތަކެއްގައި ވިދާޅުވީ ނޫސްވެރިންނަށާއި މީޑިއާތަކަށް މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް ރައީސްގެ އަނބިކަނބަލުން ގަބޫލުފުޅު ކުރައްވާ ކަމަށާއި އެހެންވެ މީޑިއާތަކާ ގުޅޭ މައްސަލައެއް ހުށަނާޅުއްވާ ކަމަށެވެ. އަދި އެކަމަނާ ކުރައްވާ މަސައްކަތަކާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ މައްސަލައެއް އޮތް ނަމަ އެކަމަކާ ގުޅޭ މުއައްސަސާއަކަށް ހުށަހެޅުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް މުއާޒް ވިދާޅުވެފައިވެ އެވެ.
މީޑިއާ ކައުންސިލުން މީޑިއާތަކަށް ފޮނުވާފައިވާ ނޯޓިސްގައި ވަނީ މައްސަލަ ހުށަހެޅީ ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު ކަމަށެވެ. އެ މައްސަލާގައި އެ މީޑިއާތަކާއި ލިޔުންތައް ލިޔުނު ނޫސްވެރިން ވެސް ޖަވާބުދާރީވާން އަންގާފައިވެ އެވެ.
އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގައި، އަބުރު ގެއްލޭ ފަދަ ވާހަކަތައް ޝާއިއުކުރާ އަދި ބްރޯޑްކާސްޓްކުރާ މީޑިއާތައް ޖޫރިމަނާކުރެވޭ ގޮތަށް ހަދާފައި ވާއިރު މިހާތަނަށް ދެ މައްސަލައެއްގައި ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރާއްޖެ ޓީވީ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފަ އެވެ.
މީޑިއާ ކައުންސިލުން ބަލަނީ ނޫސް މަޖައްލާތަކާއި އޮންލައިން ނޫސްތަކުގެ މައްސަލަތަކެވެ. ބްރޯޑްކާސްޓަރުންގެ މައްސަލަތައް ބެލޭނީ ބްރޯޑްކާސްޓިން ކޮމިޝަނަށެވެ.
މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ހުށަނާޅަން: އަލީ
ސިޓީތައް ބާތިލް ކުރަން މީޑިއާ ކައުންސިލުން ނިންމައިފި
އަބުރުގެ ގާނޫނު ނަހަމަގޮތުގައި ބޭނުން ނުކުރެވޭނެ
ސަރުކާރުން "މިހާރު" އާ ދެކޮޅަށް 14 މައްސަލައެއް
"ރެގިއުލޭޓްކުރުމަކީ ބްލޮކްކޮށް، ހުރަސްއެޅުމެއް ނޫން"
ނޫސްވެރިކަން ރެގިއުލޭޓް ކުރާކަށް ނޫޅެން: ސަރުކާރު
މީޑިއާ ކައުންސިލްގެ ރައީސަކަށް ސަގީފް އިންތިހާބުކޮށްފި
ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން:އޭޖީ