ބާލިން، ޖަރުމަން (މެއި 28) - ފާއިތުވި ތިން އަހަރު ޖަރުމަން ކަޕުގެ ފައިނަލުން ބަލިވެފައިވާ ބޮރޫޝިއާ ޑޯޓްމަންޑް ރޭ އެއިންޓްރަކްޓް ފްރޭންކްފާޓް އަތުން 2-1 އިން މޮޅުވެ ޖަރުމަނު ކަޕް އުފުލާލައިފި އެވެ.
28 މެއި 2017
ބާލިން، ޖަރުމަން (މެއި 28) - ފާއިތުވި ތިން އަހަރު ޖަރުމަން ކަޕުގެ ފައިނަލުން ބަލިވެފައިވާ ބޮރޫޝިއާ ޑޯޓްމަންޑް ރޭ އެއިންޓްރަކްޓް ފްރޭންކްފާޓް އަތުން 2-1 އިން މޮޅުވެ ޖަރުމަނު ކަޕް އުފުލާލައިފި އެވެ.
ރޭގެ ފައިނަލުގެ ކުރިން ޑޯޓްމަންޑް އެންމެ ފަހުން ކުޅުނު ތިން ފައިނަލުގެ ތެރެއިން ދެ މެޗުން ބަލިވީ ބަޔާން މިއުނިކް އަތުންނެވެ. ދެން ބަލިވީ ވުލްފްސްބާގް އަތުންނެވެ. ރޭގެ މެޗަށް ނުކުތްއިރު ވެސް ޑޯޓްމަންޑްގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ފައިނަލުން ބަލިވުމުގެ ސިލްސިލާ އަށް ނިމުން ގެންނާނެ ކަމަށެވެ.
"ފައިނަލުން ބަލިވުން އާދައަކަށް ވެއްޖެނަމަ ކުރިއަށްދާން ވަރަށް އުނދަގޫވާނެ. ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް މިއީ. ހަމަނޭވައެއް ލެވިއްޖެ. ފައިނަލުގެ ސިލްސިލާ އަށް ނިމުމެއް ގެނެވިއްޖެ. މިއީ ކުރިއަށް އެޅުނު ފިޔަވަޅެއް،" ޓުޗެލް ބުންޏެވެ.
ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި ފައިނަލުގެ އަށް ވަނަ މިނިޓްގައި ޑޯޓްމަންޑަށް ލީޑުނަގައިދިނީ ޒުވާން މިޑްފީލްޑަރު އޮސްމާން ޑެމްބެލޭ އެވެ. އޭގެ ފަހުން ވެސް ލީޑުފުޅާކުރަން ޑޯޓްމަންޑަށް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ.
ޑޯޓްމަންޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ނުހިފުމުގެ ނަތީޖާ އަކަށްވީ މެޗުގެ 29 ވަނަ މިނިޓްގައި އަންޓޭ ރަބިޗް ފްރޭންކްފާޓަށް އެއްވަރުކޮށްދިނުމެވެ. ޑޯޓްމަންޑް މޮޅުވީ މެޗުގެ ދެ ވަނަ ހާފުގައި ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަންގް ކާމިޔާބުކުރި ޕެނަލްޓީންނެވެ.
މި ޕެނަލްޓީ އަކީ ފްރޭންކްފާޓްގެ އޭރިއާ ތެރެއިން އެމެރިކާގެ މިޑްފީލްޑަރު ކްރިސްޓިއަން ޕުލިސިޗަށް ފައުލުކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް އޮބާމަޔަންގް ވަނީ ސީޒަނުގައި 40 ލަނޑު ހަމަކޮށްފަ އެވެ.
ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމު ހޯދި އޮބާމަޔަންގް މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލަން ވަނީ ނިންމައިފަ އެވެ. އުމުރުން 27 އަހަރުގެ އޮބާމަޔަންގް ހޯދަން މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޑޯޓްމަންޑް ކަޓުވާލައި ލެވަކޫސަން ޖަރުމަންކަޕް ކުއާޓާއަށް
ބޮރޫޝިއާ ޑޯޓްމަންޑް ވެސް ޖަރުމަން ކަޕުން ކަޓައިފި
ޖަރުމަން ކަޕްގެ ޗެމްޕިއަންކަން ޑޯޓްމަންޑް ހޯދައިފި
ޑޯޓްމަންޑުގެ ވެރިއަކަށް އޮބާމަޔަންގެ ރައްދެއް!
އޯބަމަޔަން އާސެނަލަށް ބަދަލުވެއްޖެ
ބަޔާން ބަލިކޮށް ޑޯޓްމަންޑް ރެކޯޑް ފައިނަލަކަށް
އޮބާމަޔަންގްގެ ހެޓްރިކުން ޑޯޓްމަންޑް ކުއާޓާ އަށް
ޑޯޓްމަންޑް ދޫކޮށްލަފާނަން، އެކަމަކު ބަޔާނަށް ނުދާނަން
އޮބާމަޔަންގަށް އާސެނަލުން 80 މިލިއަން ހުށަހެޅި
ފޯޑަން އަސްލު ފޯމަށް އެނބުރިއައުމުން ގާޑިއޯލާ އުފަލުން