ޑޯޓްމަންޑް (ޖެނުއަރީ 20) – މި ސީޒަން ނިމުމުން ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށްލަފާނެ ކަމަށާއި އެކަމަކު ވާދަވެރި ބަޔާން މިއުނިކަށް ބަދަލުނުވާނެ ކަމަށް ޑޯޓްމަންޑުގެ ގެބޯން ފޯވާޑް ޕިއެރޭ-އެމެރިކް އޯބަމަޔަން ބުނެފި އެވެ.
21 ޖެނުއަރީ 2017
ޑޯޓްމަންޑް (ޖެނުއަރީ 20) – މި ސީޒަން ނިމުމުން ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށްލަފާނެ ކަމަށާއި އެކަމަކު ވާދަވެރި ބަޔާން މިއުނިކަށް ބަދަލުނުވާނެ ކަމަށް ޑޯޓްމަންޑުގެ ގެބޯން ފޯވާޑް ޕިއެރޭ-އެމެރިކް އޯބަމަޔަން ބުނެފި އެވެ.
ޔޫރަޕުގައި މިވަގުތު ކުޅޭ އެންމެ މޮޅު އެއް ފޯވާޑް ގެންދިއުމަށް ސްޕެއިނުގެ ރެއާލް މެޑްރިޑާއި އިންގްލެންޑުގެ މެންޗެސްޓާ ސިޓީން ބޭނުންވެ އެވެ. އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ ވެސް ހުރީ ޔޫރަޕުގެ އެންމެ މަތީ ފަންތީގައި ކުޅެން ކެތް މަދުވެފަ އެވެ.
"ޔަގީންވާ ހަމައެކަނި ކަމަކީ އަހަރެން މިވަގުތު މިހުރީ ޑޯޓްމަންޑުގައި ކަމާއި މި ކްލަބް ދެކެ އަހަރެން ލޯބިވާކަން. އެކަމަކު އަހަންނަށް ނުބުނެވޭނެ ކުރިއަށް އޮތް ދެ އަހަރު ނުވަތަ ފަސް އަހަރު ނޫނީ 10 އަހަރު މި ކްލަބުގައި ހުންނާނެޔެކޭ. ޖޫން މަހު (އަހަރެން ގަންނަން) ކްލަބަކުން ޑޯޓްމަންޑާ އެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އެބައޮތް،" އޯބަމަޔަން ބުންޏެވެ.
އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކުޅެން މިވަގުތު ގެބޮން ގައުމީ ޓީމާ އެކު ހުރި އޯބަމަޔަން ވަނީ އެ މުބާރާތުގައި މިހާތަނަށް ދެ މެޗުން ދެ ގޯލް ޖަހައިފަ އެވެ. ޑޯޓްމަންޑަށް މި ސީޒަނުގައި 22 މެޗުން 20 ގޯލް ޖަހާފައިވާއިރު އޭނާ ވަނީ ޑޯޓްމަންޑަށް 2013 ވަނަ އަހަރުން ފެށިގެން 165 މެޗުން 100 ގޯލް ޖަހައިދީފަ އެވެ.
ޑޯޓްމަންޑުން ފާހަގަވި މިފަދަ ބައެއް ކުޅުންތެރިން ވަނީ ބަޔާން މިއުނިކަށް ބަދަލުވެފަ އެވެ. އޭގެ ތެރޭގައި މާރިއޯ ގޮޓްޒާ އާއި ރޮބަޓް ލެވޮންޑޮސްކީ އަދި މެޓްސް ހަމެލްސް ހިމެނެ އެވެ.
"އަހަރެން ބަޔާނަށް ބަދަލުވެދާނެތަ؟ ތިއީ ސުވާލެއް ވެސް ނޫން. އަހަރެން ދުވަހަކު ވެސް ބަޔާން މިއުނިކަށް ބަދަލެއް ނުވާނަން،" އޯބަމަޔަން ބުންޏެވެ.
އޭސީ މިލާނުގެ ޔޫތު ޓީމުން ތަމްރީންވި ކުޅުންތެރިޔާ އަށް މިލާނުގެ ސީނިއާ ޓީމުގައި ފެންވަރު ދެއްކޭ ގޮތް ނުވުމުން 2008 އިން 2011 އަށް ކުޅުނީ ލޯން އުސޫލުން ފްރާންސުގެ ކްލަބްތަކަށެވެ. ނަސީބު އަތުގައި ހިފީ 2011 ވަނަ އަހަރު ސެއިން-އެޓިއެން އަށް ކުޅުނު ސީޒަނުގަ އެވެ. އެ ފަހަރު ދެއްކި މޮޅު ކުޅުމާ އެކު އެ ކްލަބުން އޭނާ 2 މިލިއަން ޔޫރޯ އަށް ގަތެވެ. ޖެހިގެން އައި ދެ ސީޒަނުގައި ދެއްކި ކުޅުމާ އެކު 2013 ވަނަ އަހަރު ޑޯޓްމަންޑުން އޭނާ ގެންދިޔަ އެވެ.
ޑޯޓްމަންޑުގެ ވެރިއަކަށް އޮބާމަޔަންގެ ރައްދެއް!
އޯބަމަޔަން އާސެނަލަށް ބަދަލުވެއްޖެ
ތިން އަހަރަށް ފަހު ޑޯޓްމަންޑަށް ހިތްހަމަޖެހުމެއް
އޮބާމަޔަންގްގެ ހެޓްރިކުން ޑޯޓްމަންޑް ކުއާޓާ އަށް
އޮބާމަޔަންގަށް އާސެނަލުން 80 މިލިއަން ހުށަހެޅި
ޑޯޓްމަންޑް ކަޓުވާލައި ލެވަކޫސަން ޖަރުމަންކަޕް ކުއާޓާއަށް
ފޯޑަން އަސްލު ފޯމަށް އެނބުރިއައުމުން ގާޑިއޯލާ އުފަލުން
ހެރީ ކޭން ކްލަބް ކެރިއަރުގައި 400 ގޯލު ހަމަކޮށްފި
ބެލިންހަމްގެ މައިންބަފައިންނަށް ޑޯޓްމެންޑުން އަދަބު ދީފި
ޔުވެންޓަސް އާއި ޑޯޓްމަންޑް ޕޮއިންޓަކުން ފުއްދާލައިފި