ބާލިން (14 މެއި) - ރެޑްބުލް ލައިޕްޒިގްގެ އަތުން 4-1 އިން މޮޅުވެ، ޖަރުމަން ކަޕްގެ ޗެމްޕިއަންކަން ބްރޫޝިއާ ޑޯޓްމަންޑުން ހޯދައިފި އެވެ.
14 މެއި 2021
ބާލިން (14 މެއި) - ރެޑްބުލް ލައިޕްޒިގްގެ އަތުން 4-1 އިން މޮޅުވެ، ޖަރުމަން ކަޕްގެ ޗެމްޕިއަންކަން ބްރޫޝިއާ ޑޯޓްމަންޑުން ހޯދައިފި އެވެ.
ޑޯޓްމަންޑް މޮޅުކޮށް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ، އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރި ފޯވަޑް އާލިންގް ހާލާންޑް އަދި ޖޯޑަން ސަންޗޯ އެވެ. އެ ދެ ކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ. ލައިޕްޒިގްގެ ލަނޑު ކާމިޔާބު ކުރީ ޑެނިއެލް އޮލްމޯ އެވެ.
މިދިޔަ ހަފުތާގައި، ބުންޑަސް ލީގާގެ ޗެމްޕިއަންކަން ބަޔާނަށް ކަށަވަރުވީ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުން ލައިޕްޒިގް އަށް މޮޅު ނުވެވުމުންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޑޯޓްމަންޑްގެ ކެޕްޓަން މާކޯ ރޮއިސް ބުނީ، ރޭ ގެ މެޗުގައި އަދި މިދިޔަ ހަފުތާތަކުގައި ކުޅުނު މެޗުތަކުގައި ޑޯޓްމަންޑް ކުޅުނު ގޮތުން ޓީމު އަސްލު ފޯމު އެނބުރި އައިސްފައިވާކަން ފެނިގެންދިޔަ ކަމަށެވެ. ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.
މިއީ ޖަރުމަންގެ ކަޕްގެ ޗެމްޕިއަކަން ޑޯޓްމަންޑް ހޯދި ފަސް ވަނަ ފަހަރެވެ. އަދި މިއި ޗެލްސީގެ މިހާރުގެ ކޯޗް ތޯމަސް ޓުޗެލްގެ ކޯޗް ކަމުގެ ދަށުން 2017 ގެ ފަހުން އެ މުބާރާތް ކާމިޔާބު ކުރި ފަހުން ޑޯޓްމަންޑުން ތަށި އުފުލާލި ފުރަތަމަ ފަހަރެވެ.
ޑޯޓްމަންޑް ކަޓުވާލައި ލެވަކޫސަން ޖަރުމަންކަޕް ކުއާޓާއަށް
ބޮރޫޝިއާ ޑޯޓްމަންޑް ވެސް ޖަރުމަން ކަޕުން ކަޓައިފި
ތިން އަހަރަށް ފަހު ޑޯޓްމަންޑަށް ހިތްހަމަޖެހުމެއް
ބަޔާން ބަލިކޮށް ޑޯޓްމަންޑް ރެކޯޑް ފައިނަލަކަށް
ފޯޑަން އަސްލު ފޯމަށް އެނބުރިއައުމުން ގާޑިއޯލާ އުފަލުން
ހެރީ ކޭން ކްލަބް ކެރިއަރުގައި 400 ގޯލު ހަމަކޮށްފި
ބެލިންހަމްގެ މައިންބަފައިންނަށް ޑޯޓްމެންޑުން އަދަބު ދީފި
ޔުވެންޓަސް އާއި ޑޯޓްމަންޑް ޕޮއިންޓަކުން ފުއްދާލައިފި
ކްލަބް ވޯލްޑް ކަޕްގެ ކުއާޓާގައި ރެއާލާއި ޑޯޓްމަންޑް
އިންޓަ އާއި ޑޯޓްމަންޑް ވޯލްޑް ކަޕުގެ ދެ ވަނަ ބުރަށް