ލަންޑަން (އޮކްޓޫބަރު 4) - ޑޯޓްމަންޑްގެ ޗީފް އެގްޒެކްޓިވް ހަންސް ޔަކީމް ވަޓްޒްކޭ، އެ ޓީމަށް ކުރިން ކުޅުނު އާސެނަލްގެ ފޯވާޑް ޕިއޭ އެމެރިކް އޮބާޔަމަންއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް އޭނާ ހޫނު ރައްދެއް ދީފި އެވެ.
04 އޮކްޓޯބަރ 2019
ލަންޑަން (އޮކްޓޫބަރު 4) - ޑޯޓްމަންޑްގެ ޗީފް އެގްޒެކްޓިވް ހަންސް ޔަކީމް ވަޓްޒްކޭ، އެ ޓީމަށް ކުރިން ކުޅުނު އާސެނަލްގެ ފޯވާޑް ޕިއޭ އެމެރިކް އޮބާޔަމަންއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް އޭނާ ހޫނު ރައްދެއް ދީފި އެވެ.
ޖަރުމަނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވަޓްޒްކޭ ވިދާޅުވީ އޮބާމަޔަން އަށް އޭނާގެ ބޭންކުގައި ހުރި ފައިސާތައް ފެނުމުން ވަރަށް ހިތްހަމަޖެހޭނެ ކަމަށާއި ބުދަ ދުވަަސްތަކުގައި އޭނާ ޓީވީ ހުޅުވާ ޗެމްޕިއަންސް ލީގު ބަލަން އިންނައިރު ވަރަށް ހިތްދަތިވާނެ ކަމަށެވެ.
ވަޒްޓްކޭ މި ގޮތަށް ވާހަކަ ދެއްކެވީ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ ވިންގް ޖޭޑަން ސަންޗޯ ބޮޑު އަގުގައި ބޮޑު މުސާރަ އަކަށް އިންގްލެންޑްގެ ކްލަބަކަށް ބަދަލުވާން އުޅޭ ވާހަަކަތަކާ ގުޅިގެންނެވެ. ވަޓްޒްކޭގެ އެ ވާހަކަތަކުގައި ސާބިތުކޮށްދޭން ބޭނުންވީ އޮބާމަޔަން ވެސް ޑޯޓްމަންޑްގައި ހުރެފައި ކްލަބް ބަދަލުކުރީ ފައިސާ އަށް ކަމަށާއި އެކަމަކު އޭގެން ކުރި ފައިދާއެއް ނެތް ކަމެވެ. އެއީ ޑޯޓްމަންޑް ޗެމްޕިއަންސް ލީގުގައި ކުޅޭއިރު އާސެނަލް ވާދަކުރަމުން އަންނަނީ ޔޫރޮޕާ ލީގުގައި ކަމަށްވާތީވެ އެވެ.
އޮބާމަޔަން އާސެނަލަށް ބަދަލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު 56 މިލިއަން ޕައުންޑަށެވެ. ވަޓްޒްކޭ އަށް ޓްވީޓަކުން ރައްދުދޭން އޮބާމަޔަން ބޭނުންކުރީ ޑޯޓްމަންޑުން 2017 ވަނަ އަހަރު އޮސްމާން ޑެމްބެލޭ 135 މިލިއަން ޕައުންޑަށް ބާސެލޯނާ އަށް ވިއްކާލިއިރުގެ ވާހަކަތަކެވެ.
"އެންމެ ރަނގަޅު ގޮތަކީ އަހަރެން ޑޯޓްމަންޑް ދޫކޮށްލި ވާހަކަތައް ނުދެއްކުން. އަހަރެން ގާތުގައި ވަޓްޒްކޭ ބުނީ ޑެމްބެލޭ ނުވިއްކާނެ ކަމަށް. އެކަމަކު 100 މިލިއަން އަށް ވުރެން މަތިން ބިޑެއް އައީމަ ހުރިހާ ކަމެއް ބަދަލުވީ. އެ ފުރަތަމަ ނަގަން ނިންމީ ވެސް ވަޒްޓްކޭ. އެހެންވިމަ ފައިސާގެ ވާހަކަ ނުދައްކާ،" އޮބާމަޔަން ކުރި ޓްވީޓްގައިވެ އެވެ.
ޑޯޓްމަންޑް ދޫކޮށް އެހެން ކްލަބްތަކަށް ބަދަލުވާ ގިނަ ކުޅުންތެރިންނަށް ވަޓްޒްކޭ ވަނީ މީގެ ކުރިން ވެސް ފާޑުކިޔައިފަ އެވެ. އެކަމަކު މިހާތަނަށް އޭނަ ދެއްކި ވާހަކަތަކަށް ރައްދުދިނީ މަދު ކުޅުންތެރިންނެވެ. އޭގެ ތެރޭގައި އޮބާމަޔަން އާއި ޑެމްބެލޭގެ އިތުރުން ހެންރިކް މިކިތާރްޔަން ހިމެނެ އެވެ.
އޯބަމަޔަން އާސެނަލަށް ބަދަލުވެއްޖެ
ޔުވެންޓަސް އާއި ޑޯޓްމަންޑް ޕޮއިންޓަކުން ފުއްދާލައިފި
ފަހު ވަގުތު ހިލޭ ޓްރާންސްފާގައި އޮބަމަޔަން ބާސާ އަށް
އޮބާމަޔަން އަތުން ކެޕްޓަން ބޭންޑް އަތުލީ މަޖުބޫރުވެގެން
އޮބާމަޔަން އާސެނަލްގެ ކޮންޓްރެކްޓް އާކޮށްފި
އޮބާމަޔަން ބޭނުންވާ މުސާރަ ދޭން އާސެނަލުން ތައްޔާރު
އާސެނަލްގައި މަޑުކުރުމާ މެދު އޮބާމަޔަންގެ ހިޔާލު ތަފާތު
އޯބަމަޔަން މަޑުކުރުވަން އާޓެޓާ ވަރަށް ބޮޑަށް ބޭނުންވޭ
އިންޓަ އާއި ބާސެލޯނާ އިން އޮބާމަޔަން އަށް ފާރަލަނީ
ލުކާކޫގެ ބަދަލުގައި ޔުނައިޓެޑުން އޮބާމަޔަން ގެންނަނީ