Roadha Mihaaru
ބޮޑުދައިތަގެ ހާލު ސީރިއަސް، ފާރިސްގެ ޕާސްޕޯޓް ދޫނުކުރި

ފާރިސްގެ ބޮޑުދައިތަގެ ހާލު ސީރިއަސް، އާދޭސް ދެންނެވުމުން ވެސް ޕާސްޕޯޓެއް ނުދިން

30 މެއި 2017

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ސިޔާސީ އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަހުމަދު ފާރިސް މައުމޫންގެ ޕާސްޕޯޓް ދޫކޮށްދިނުމަށް އެދިވަޑައިގެން ފުލުހުންގެ އިދާރާގައި ތަކުރާރުކޮށް އެދިވަޑައިގަތުމުން ވެސް އޭނާގެ ޕާސްޕޯޓް ދުލެއް ނުކުރި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ސިޔާސީ އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަހުމަދު ފާރިސް މައުމޫންގެ ޕާސްޕޯޓް ދޫކޮށްދިނުމަށް އެދިވަޑައިގެން ފުލުހުންގެ އިދާރާގައި ތަކުރާރުކޮށް އެދިވަޑައިގަތުމުން ވެސް އޭނާގެ ޕާސްޕޯޓް ދުލެއް ނުކުރި އެވެ.

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސްގެ ޕާސްޕޯޓް ދެވަނަ ފަހަރަށް ހިފަހައްޓާފައި އޮތްކަން އެނގިވަޑައިގަތީ އޭނާގެ ބޮޑު ދައިތަގެހާލު ސީރިއަސްވުމާ ގުޅިގެން މި މަހުގެ 14 ގައި އިންޑިއާގެ ބެންގަލޫރަށް ވަޑައިގަތުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުންނެވެ. ޕާސްޕޯޓް ހިފަހައްޓާފައި އޮތްކަން ފާރިސް އަށް އެނގިވަޑައިގަތީ އެ ދުވަހު ޗެކިން ވެސް ނިންމެވުމަށް ފަހު، އިމިގްރޭޝަން ކައުންޓަރަށް ވަޑައިގަތުމުންނެވެ. އަދި އެ ދުވަހު އިމިގްރޭޝަނުން ވަނީ އޭނާގެ ޕާސްޕޯޓް އަތުލާފައި ކަމަށް ފާރިސް ވިދާޅުވެފައިވެ އެވެ.

ފާރިސްގެ ބޮޑުދައިތަ ކުރިން ބެންގަލޫގައި ފަރުވާ ހޯއްދެވި ނަމަވެސް ހާލު ސީރިއަސް ވުމުން ފަހުން ވަނީ ސިންގަޕޫރަށް ގެންދަވައިފަ އެވެ.

ފާރިސްގެ ބޮޑުދައިތަގެ ހާލު އިތުރަށް ސީރިއަސް ވުމުން އޭނާގެ ހާލު ދެކެވަޑައިގަތުމަށްޓަކައި ސިންގަޕޫރަށް ވަޑައިގަތުމަށްޓަކައި ޕާސްޕޯޓް ދޫކޮށްދިނުމަށް ފާރިސް ވަނީ ފަހުން ތިން ފަހަރެއްގެ މަތިން ފުލުސް އޮފީހުގައި އެދިވަޑައިގެންފަ އެވެ. އެއީ މި މަހުގެ 17، 22 އަދި 28 ވަނަ ދުވަހު އެވެ. އެކަމަކު ފުލުހުން ފާރިސް އަށް ޖަވާބު ދީފައި އޮތީ 17 ވަނަ ދުވަހު ފޮނުއްވި ސިޓީ އަށް އެކަންޏެވެ.

ފާރިސް އެ ދުވަހު ފުލުސް އޮފީހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި އޮތީ އެއް ހަފުތާ އަށް ސިންގަޕޫރަށް ވަޑައިގަތުމުގެ ހުއްދަ ދެއްވުމަށެވެ. އެކަމަކު އޭގެ ޖަވާބުގައި ފުލުހުން އޭނާ އަށް ފޮނުވި ސިޓީގައި ބުނީ، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގު ނުނިމޭތީ، ފާރިސް އެދިވަޑައިގެންނެވި ގޮތަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ.

އެ ޖަވާބާ ގުޅިގެން ފާރިސް ވަނީ ޕާސްޕޯޓް ދޫކޮށް ދިނުމަށް އެދިވަޑައިގެން ކްރިމިނަލް ކޯޓަށް ވެސް މި މަހުގެ 21 ގައި ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ސިޓީގައި އޭނާ އެދިވަޑައިގެންފައި ވަނީ، އެއް ހަފުތާ އަށް ސިންގަޕޫރަށް ވަޑައިގެންނެވުމުގެ ހުއްދަ ޝަރުތުތަކާ އެކު ނުވަތަ ކަފާލާތުގެ ދަށުން ނަމަވެސް ދެއްވުމަށެވެ. އެގޮތުން ކޯޓުން ކަނޑައަޅާ ދުވަހެއްގައި މާލޭގައި ހުންނެވުމަށް ޝަރުތު ކޮށްފައި ނަމަވެސް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ކްރިމިނަކް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފަށް ފޮނުއްވި ސިޓީގައި ފާރިސް އެދިވަޑައިގެންފައިވެ އެވެ. އޭގެ ޖަވާބުގައި ކޯޓުން ބުނެފައި ވަނީ، ފާރިސްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރުނީ ފުލުހުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ވާތީ، ޕާސްޕޯޓް ދޫކުރުމުގެ ކަންތަކުގައި ފުލުހުންނަށް ހުށަހެޅުން ރަނގަޅު ވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ޖަވާބާ ގުޅިގެން ވެސް، ޕާސްޕޯޓް ދޫކޮށްދިނުމަށް އެދިވަޑައިގެން ފާރިސް މި މަހުގެ 22 ގައި ފުލުސް އޮފީހަށް ސިޓީއެއް ފޮނުއްވި އެވެ. އެކަމަކު އެ ސިޓީ އަށް މިހާތަނަށް ޖަވާބެއް ނުދެ އެވެ.

އެ ސިޓީގައި ފާރިސް ވިދާޅުވެފައި ވަނީ ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް އެދިވަޑައިގަތީ، އޭނާގެ ބޮޑުދައިތަ އަރިހަށް ޒިޔާރަތް ކުރެއްވުމަށް ކަމަށާއި މިއީ ސީރިއަސް ހާލަތެއް ކަމަށެވެ.

ކުރީ ފަހަރުތަކާ ހިލާފަށް ފުލުހުންނަށް އެންމެ ފަހުން ފާރިސް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި ވަނީ ޓްރެވެލް ޑޮކިއުމެންޓެއްގެ ދަށުން ނަމަވެސް އޭނާ އަށް ދަތުރު ކުރެއްވުމުގެ ހުއްދަ ދެއްވުމާ މެދު އިއުތިރާޒެއް ނެތް ކަމަށެވެ. އަދި އަރިހުގައި ފުލުހަކު ފޮނުވާ ގޮތަށް ހަމަޖައްސާ ނަމަ އެ މީހެއްގެ ދަތުރުގެ ޚަރަދަށް ވެސް ޒިންމާވާނެ ކަމަށް މިދިޔަ އާދީއްތަދުވަހު ފުލުސް އޮފީހަށް ފާރިސް ފޮނުއްވި ސިޓީގައިވެ އެވެ.

އެކަމަކު މި ސިޓީ އަށް ފުލުހުން އަދި ޖަވާބެއް ނުދެ އެވެ.

ފާރިސް ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓުން ކުރިން ނެރުނު އަމުރު ވަނީ މިދިޔަ އޭޕްރީލް 28 އަށް ހަމަވެފަ އެވެ. އެއީ އެއް މަސް ދުވަހަށެވެ. އެކަމަކު ފަހުގެ ކޯޓު އަމުރުގެ ދަށުން ޕާސްޕޯޓް ހިފެހެއްޓި މައްސަލާގައި މިހާތަނަށް ފުލުހުން ސުވާލު ނުކުރާ ކަމަށްވެ އެވެ.

ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ފާރިސްގެ ބޮޑުދައިތަގެ ހާލު ދެކެވަޑައިގަތުމަށް ޓަކައި، ފާރިސް ފިޔަވައި އެ އާއިލާގެ ހުރިހާ ބޭފުޅުން ވެސް ވަނީ ސިންގަޕޫރަށް ވަޑައިގެންފަ އެވެ.

ކުރީ ފަހަރުތަކާ ހިލާފަށް ފުލުހުންނަށް އެންމެ ފަހުން ފާރިސް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި ވަނީ ޓްރެވެލް ޑޮކިއުމެންޓެއްގެ ދަށުން ނަމަވެސް އޭނާ އަށް ދަތުރު ކުރެއްވުމުގެ ހުއްދަ ދެއްވުމާ މެދު އިއުތިރާޒެއް ނެތް ކަމަށެވެ. އަދި އަރިހުގައި ފުލުހަކު ފޮނުވާ ގޮތަށް ހަމަޖައްސާ ނަމަ އެ މީހެއްގެ ދަތުރުގެ ޚަރަދަށް ވެސް ޒިންމާވާނެ ކަމަށް މިދިޔަ އާދީއްތަދުވަހު ފުލުސް އޮފީހަށް ފާރިސް ފޮނުއްވި ސިޓީގައިވެ އެވެ.

ދައުލަތުން ކޮށްފައިވާ ޚަރަދެއް އަނބުރާ ނުދައްކާ ކަމަށް ބުނެ، ފާރިސްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ކުރިން ފޮނުވާފައިވެ އެވެ. އެކަމަކު ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމަށް ގާނޫނުލް އުގޫބާތުގައި ދީފައިވާ މުއްދަތު ފާއިތުވެފައިވާތީ، އެ މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް މިދިޔަ އޭޕްރީލްމަހު ނިންމައި، ޕީޖީން ވަނީ މައްސަލަ އަނބުރާ ފޮނުވާލައިފި އެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް އިތުބާރު ނެތް ކަމަށް މިދިޔަ މާޗް 27 ގައި ނެގި ވޯޓާ ގުޅުވައިގެން މެމްބަރުންނަށް ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގެ ތުހުމަތުކޮށް، މިދިޔަ އޭޕްރީލް 24 ގައ ފާރިސް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.