ޑާކާ (މެއި 31) - ތޫފާން މޯރާ ބަންގްލަދޭޝްގެ އިރު ދެކުނުގެ ހިސާބުތަކަށް އަރާ މަދުވެގެން ހަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
31 މެއި 2017
ޑާކާ (މެއި 31) - ތޫފާން މޯރާ ބަންގްލަދޭޝްގެ އިރު ދެކުނުގެ ހިސާބުތަކަށް އަރާ މަދުވެގެން ހަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ގިނަ މީހުން މަރުވެފައި ވަނީ ކޮކްސް ބާޒާރާއި ރަންގަމަތީގެ އަވަށްތަކުން ވެއްޓުނު ގަސްތަކުގެ ދަށުވެފަ އެވެ. އެތައް ހާސް ގެއެއް ވަނީ ހަލާކުވެފަ އެވެ. އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ މިއަންމާ އިން ހިޖުރަކުރި ރޮހިންޖާ މުސްލިމުން ދިރިއުޅޭ ރެފިއުޖީ ކޭމްޕްތަކަށެވެ.
ކޮކްސް ބާޒާރުގެ ދަނޑުވެރިއެއް ކަމަށްވާ ރާޝިދު މިއާ ބުނީ ތޫފާނުގައި އޭނާގެ ހުރިހާ އެއްޗެއް ހަލާކުވެ ދިޔަ ކަމަށެވެ.
"ގެ ހަލާކުވެއްޖެ. ހުރިހާ ފަރުނީޗަރެއް ނެތި ހިނގައްޖެ. ތޫފާނުގައި ދަނޑު ހަލާކުވެއްޖެ. މި ޖިފުޓި ގަނޑަށް ވަނީ ހަމައެކަނި ބޯހިޔާވަހި ކަމެއް ހޯދަން،" މިއާ ބުންޏެވެ.
ކޮމިއުނިޓީ ލީޑަރެއް ކަމަށްވާ އަބްދުއްސަލާމް ބުނީ ރޮހިންޖާ ރެފިއުޖީ ކޭމްޕްތަކުން 20،0000 ޖިފުޓި ހަލާކުވި ކަމަށެވެ. ކޮކްސް ބާޒާރުގައި ވަނީ ރޮހިންޖާ ރެފިއުޖީންނަށް ބޮޑެތި ކޭމްޕްތައް ހަދައިފަ އެވެ.
ތޯފާން މޯރާގެ ސަބަބުން ހާލުގައި ޖެހުނު މީހުން ވަނީ ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތަކަށް ބަދަލުކޮށްފަ އެވެ. ތޫފާން އެރި ސަރަހައްދުތަކުގެ ފްލައިޓް ދަތުރުތައް ވެސް ވަނީ ހުއްޓާލައިފަ އެވެ.
ތޫފާން މޯރާގެ އަސަރު މިހާރު ވަނީ އިންޑިއާ އަށް ކުރަން ފަށައިފަ އެވެ. މިއަންމާގެ ހުޅަނގުގެ ހިސާބުތަކަށް ވެސް ވަނީ ތޫފާން މޯރާގައި ގެއްލުންތަކެއް ލިބިފަ އެވެ.
ތޫފާން ރޯނު މިދިޔަ އަހަރު ބަންގްލަދޭޝް އަށް އަރާ 24 މީހުން ވަނީ މަރުވެފަ އެވެ. ހުޅަނގު މޫސުމުގައި ބޭ އޮފް ބެންގާލްގައި އާއްމުކޮށް ތޫފާނުތައް އުފެދެނީ އަހަރުގެ މެދުތެރެ އާއި ފަހުކޮޅާ ދެމެދު އެވެ.
ތޫފާން ޑާނާ: މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް
މިފަހަރު ތޫފާން "އޮކްޝީ" ދެން އަންނާނީ "ސާގަރް"
ތޫފާން މޯރާ ބަންގްލަދޭޝް އަށް އަރައިފި
ތޫފާން ރޯނުން ބަންގާޅުގެ ގިނަ ބަޔަކު ސަލާމަތަށް
ބަންގްލާދޭޝްގައި ފެންބޮޑުވެ 300000 މީހުން ހާލުގައި
ބަންގްލަދޭޝަށް ތޫފާނެއް، މިލިއަނެއްހާ މީހުން ސަލާމަތަށް
ބަންގްލަދޭޝްގައި ހޫނު މަޑުވުމުން ސްކޫލްތައް އަލުން ހުޅުވައިފި
ގަދަ ހޫނާ ހެދި ބަންގްލާދޭޝްގެ ސްކޫލްތައް ބަންދުކޮށްފި
މިހާތަނަށް އެންމެ ހޫނު އަހަރު: 2023
ބާރަ ދުވަސް، 10 ސަރަހައްދެއްގައި ފެން ބޮޑުވެއްޖެ