ބަންގްލާދޭޝްގެ ބިންގަނޑު ތިރި ހިސާބުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ތިން ލައްކައެއްހާ މީހުން ވަގުތީ ހިޔާތަކަށް ގެންދަންޖެހިއްޖެ އެވެ.
ބަންގްލާދޭޝްގެ ބިންގަނޑު ތިރި ހިސާބުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ތިން ލައްކައެއްހާ މީހުން ވަގުތީ ހިޔާތަކަށް ގެންދަންޖެހިއްޖެ އެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ، ބަންގްލަދޭޝްގެ އިތުރުން އިންޑިއާގެ ބައެއް ހިސާބުތަކުގައި ވެސް ފެން ބޮޑުވެފައި ވާއިރު މި ދެ ގައުމުން މިހަފްތާގައި މަރުވި މީހުންގެ އަދަދު 42 އަށް ވަނީ އަރައިފި އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މަރުވީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގަ އެވެ.
އާބާދީ 170 މިލިއަނަށް އަރާ ބަންގްލާދޭޝަކީ އެތައް ސަތޭކަ ކޯރުތަކަކުން ބައި ބަޔަށް ބެހިފައިވާ ގައުމަކަށް ވާއިރު، ފެން ބޮޑުވުމުގެ ހާދިސާތައް މި ފަހުން ވަނީ އިތުރުވެފަ އެވެ.
މޫސުމީ ވިއްސާރައިގެ ސަބަބުން ކޮންމެ އަހަރަކު ވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިފަދަ ގެއްލުން ބޮޑު މޫސުމީ ހާދިސާތައް ވެސް ދަނީ އިތުރުވަމުންނެވެ.
ބަންގްލާދޭޝްގައި ފެންބޮޑުވެފައިވާ ސަރަަހައްދެއްގައި ބަޔަކު މުދާތައް ސަލާމަތްކުރުމަށް މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ
ވެރިރަށް ޑާކާ އާއި ޕޯޓް ސިޓީ ޗިޓަގޮންގްއާ ދެމެދު ހައިވޭތަކާއި ރޭލް ލައިންތައް ފެން ބޮޑުވުމުގެ ސަބަބުން ހަލާކުވެ ވިޔަފާރީގެ ހަރަކާތްތަކަށް ވަނީ ބުރޫ އަރައިފަ އެވެ. އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކުގެ ތެރޭގައި މިޔަންމާގެ މިލިއަނެއްހާ ރޮހިންޖާ ރެފިއުޖީން ދިރިއުޅޭ ޑިސްޓްރިކްޓެއް ކަމަށްވާ ކޮކްސް ބާޒާރު ހިމެނެ އެވެ.
ޓްރިޕޫރާ ސްޓޭޓް ޑިޒާސްޓާ އެޖެންސީގެ އޮފިޝަލް ސަރަތު ކުމާދު ދާސް އޭއެފްޕީއަށް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހުން ފެށިގެން ބޯޑަރުގެ އިންޑިއާ ސަރަހައްދުން 24 މީހުން މަރުވެފައި ވާއިރު ބަންގްލާދޭޝް ފަޅިން 18 މީހަކު ވަނީ މަރުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަގުތީ ހިޔާތަކުގައި 285،000 މީހަކު އުޅެމުން ދާއިރު 4.5 މިލިއަން މީހުންނަށް ވަނީ އެކި ގޮތްގޮތުން ގެއްލުންވެ ދަތިކަމާ ކުރިމަތިވެފަ އެވެ.
ބަންގްލަދޭޝްގައި ފެންބޮޑުވެފައި މިވަނީ ދަރިވަރުން އިސްވެ ތިބެ ގެނައި އިންގިލާބަކުން ބަންގްލަދޭޝްގެ ސަރުކާރު ވައްޓާލުމުން ވަގުތީ ސަރުކާރަކުން ގައުމު ހިންގަމުންދާ ވަގުތެއްގަ އެވެ.
އިންޑިއާ އާއި ބަންގާޅުގައި ފެންބޮޑުވެ ބަޔަކު މަރުވެއްޖެ
11،000 ލީޓަރު ފެން ހިންދޭ ޕަމްޕް ބޭނުންކުރަނީ
ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
މާލޭގެ މައި 4 ހޮސްޕިޓަލްގެ ސްޕެޝަލިސްޓް އޯޕީޑީ ބަންދު
ގަދަ ވިއްސާރަޔާ ހެދި މިއަދު ސަރުކާރު ބަންދު
ފެން ހިނދެންދެން ބަރު އުޅަނދުތައް ނުދުއްވަން އެދިއްޖެ
މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް އޮރެންޖު އެލާޓް!
މާލޭގައި 3،500އަށް ވުރެ ގިނަ ވެލި ބަސްތާ ޖަހައިފި
ސިޓީކައުންސިލުގެ މަސައްކަތުން ހައްލު ނުލިބޭނެ:މުއްތަލިބް
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި