ބަންގްލަދޭޝްގައި ހޫނު މަޑުވުމުން މިދިޔަ ހަފްތާއިން ބަންދުކޮށްފައިވާ ސްކޫލްތައް އަލުން ހުޅުވައި ކިޔެވުން އިއްޔެ ފަށައިފި އެވެ.
ބަންގްލަދޭޝްގައި ހޫނު މަޑުވުމުން މިދިޔަ ހަފްތާއިން ބަންދުކޮށްފައިވާ ސްކޫލްތައް އަލުން ހުޅުވައި ކިޔެވުން އިއްޔެ ފަށައިފި އެވެ.
ބަންގްލާދޭޝްގެ ވެރިރަށް ޑާކާގައި މިދިޔަ ހަފްތާގައި ވަނީ މިދިޔަ 30 އަހަރާ އަޅާބަލާއިރު އެވްރެޖް ހޫނުމިން 4-5 ޑިގްރީ ސެލްސިއަސް އަށް މަތިވެފަ އެވެ.
އެއާ އެކު މިދިޔަ ހަފްތާގައި ސްކޫލްތައް ބަންދުކުރީ އެގޮތަށް ހައި ކޯޓުން އަމުރުކުރުމުންނެވެ.
ސަރުކާރުން މިދިޔަ ހަފްތާގައި ބުނެފައިވާ ގޮތުގައި މި މަހު ވަނީ ގަދަ ހޫނުގެ ސަބަބުން ހަތް މީހަކު މަރުވެފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހާ ހަމަޔަށް ހޫނުމިން 43 ޑިގްރީ ސެލްސިއަށް ވުރެ ވަނީ މަތިވެފަ އެވެ.
އެކަމަކު އިމްތިހާނާ ދިމާކޮށް 33 މިލިއަނެއްހާ ދަރިވަރުން ކިޔަވަމުންދާ ސްކޫލްތައް ބަންދުކުރުމުން ގިނަ ބެލެނިވެރިން ވަނީ ކަންބޮޑުވުންފާޅުކޮށްފައި އެވެ.
ބަންގްލާދޭޝްގެ މީޓިއޮރޮލޮޖިސްޓެއް ކަމަށްވާ މުހައްމަދު އަބްދުލްކަލާމް މާލިކް އޭއެފްޕީ އަށް ވިދާޅުވީ ބަންގްލާދޭޝް އަށް މިހާ ހޫނު ދުވަސްވަރެއް ދުވަހަކު 1948 ވަނަ އަހަރު ހިސާބުތައް ބަލަހައްޓަން ފެށި ފަހުން ތަޖުރިބާކުރަން ޖެހިފައި ނުވާ ކަމަށެވެ. -- އޭއެފްޕީ
ތޫފާން ޑާނާ: މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް
ބަންގްލާދޭޝްގައި ފެންބޮޑުވެ 300000 މީހުން ހާލުގައި
ބަންގްލަދޭޝަށް ތޫފާނެއް، މިލިއަނެއްހާ މީހުން ސަލާމަތަށް
ގަދަ ހޫނާ ހެދި ބަންގްލާދޭޝްގެ ސްކޫލްތައް ބަންދުކޮށްފި
ބަންގްލަދޭޝްގައި ޑެންގޫ ފެތުރި 176 އަށްވުރެގިނަ މަރު
އިންޑިއާ އާއި ބަންގާޅުގައި ފެންބޮޑުވެ ބަޔަކު މަރުވެއްޖެ
ބަންގާޅު ކަނޑުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް
މިފަހަރު ތޫފާން "އޮކްޝީ" ދެން އަންނާނީ "ސާގަރް"
ތޫފާން މޯރާގައި ބަންގްލަދޭޝް އިން ހަ މީހުން މަރު
ތޫފާން މޯރާ ބަންގްލަދޭޝް އަށް އަރައިފި