Roadha Mihaaru

ލަންކާގައި ފެންބޮޑުވެ ހާލުގައި ޖެހުނު މީހުންނަށް ރާއްޖޭން އެހީ ދީފި

ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެ ގައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ރާއްޖެއިން ދޭ ފައިސާގެ އެހީ ލަންކާގެ ފޮރިން މިނިސްޓަރު ރަވީ ކަރުނަޔަކައާ މިއަދު ހަވާލުކޮށްފި އެވެ.

ލަންކާގައި ހާލުގައިޖެހުނު މީހުންނަށް ރާއްޖޭން އެހީ ދީފި

ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެ ގައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ރާއްޖެއިން ދޭ ފައިސާގެ އެހީ ލަންކާގެ ފޮރިން މިނިސްޓަރު ރަވީ ކަރުނަޔަކައާ މިއަދު ހަވާލުކޮށްފި އެވެ.

ރާއްޖޭގެ އެހީ ލަންކާއާ ހަވާލުކުރެއްވީ ‎ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން ލަންކާއަށް ވަޑައިގެންނެވި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އެވެ. އެހީގެ ގޮތުގައި ދިނީ ކިހާ ފައިސާއެއް ކަމެއް ރައީސް އޮފީހުން ނުބުނެ އެވެ.

ރައީސް އޮފީހުން ބުނީ ވިއްސާރައިގެ ސަބަބުން ލަންކާއަށް ލިބުނު ގެއްލުންތަކާ ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން މިނިސްޓަރު އާސިމް ތައުޒިޔާ ވިދާޅުވި ކަމަށެވެ.

‎އެ ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރު ޑރ. އާސިމްގެ އިތުރުން، ލަންކާއަށް ކަނޑައަޅުއްވާފައިވާ ރާއްޖޭގެ ސަފީރު ޒާހިޔާ ޒަރީރު ބައިވެރިވެވަޑައިގެންނެވި އެވެ.

ވިއްސާރާގައި ކުރިމަތިވި އެކި ހާދިސާތަކުގައި ލަންކާއިން 200 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.