ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ދެމުން އަންނަ ކަލާސް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
01 ޖޫން 2017
ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ދެމުން އަންނަ ކަލާސް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ ކުޅިވަރުތަކުގައި މިދިޔަ އަހަރު ބައިވެރިވި ދަރިވަރުންނަށް މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.
އެވޯޑު ދިނުމުގެ ހަފުލާ ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ސެޕްޓެމްބަރުމަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
ކަލާސް އެވޯޑު މި އަހަރު ދެނީ މައިގަނޑު 13 ކުޅިވަރަކުން ހަތަރު ކެޓަގަރީިންނެވެ. އެއީ ފުޓްބޯޅަ، ވޮލީބޯޅަ، އެތްލެޓިކްސް، ބެޑްމިންްޓަން، ފެތުން، ބާސްކެޓް ބޯޅަ، ކްރިކެޓް، ނެޓްބޯޅަ، ޓެނިސް، ޓޭބަލް ޓެނިސް، ހޭންޑް ބޯލް، ކެރަމް އަދި ޗެސް އިންނެވެ. އެވޯޑު ދެނީ އުމުރުން 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަދި 18 އަހަރުން ދަށުގެ ދަރިވަރުންނަށެވެ.
މިނިސްޓްރީން ބުނިގޮތުގައި ކަލާސް އެވޯޑު ދޭނީ ސްކޫލު ފެންވަރާއި ގައުމީ ފެންވަރު އަދި ބައިނަލްއަގުވާމީ ފެންވަރުގައި ހޯދާ ކާމިޔާބީތަކަށެވެ.
މިއީ މި އެވޯޑު ދޭ ހަތަރު ވަނަ އަހަރެވެ.
ކުރިއަރުވަންވީ ދަރިވަރުންގެ ތަބީއީ ގާބިލްކަން:މިނިސްޓަރު
އެންމެ ގިނަ މެޑަލް ހޯދީ މި ހަތަރު އަހަރު: މިނިސްޓަރު
މައިލޯ ކަލާސް އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި
އާ އުސޫލުގައި ގްރޭޑް 9އިން ފެށިގެން ތުނބުޅި ބެހެއްޓޭ
ޔުނިފޯމު 2027ގައި ބަދަލުވާ ގޮތުގެ ނަމޫނާ ފޮނުވައިފި
ވޮކޭޝަނަލް ތަމްރީނަށް ހާއްސަ ސްކޫލު ހުޅުވައިފި
ދިރާސީ ކަލަންޑަރު ޑިޖިޓަލައިޒްކޮށްފި
15 އަހަރަށް ފަހު ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް
އޭއައިއިން ކިޔަވައިދޭން ޓީޗަރުން ތަމްރީނުކުރަނީ
ވޮކޭޝަނަލް ތަމްރީނަށް މަތީ ސާނަވީ ސްކޫލެއް ހުޅުވަނީ