Roadha Mihaaru
ކުރިއަރުވަންވީ ދަރިވަރުންގެ ތަބީއީ ގާބިލްކަން:މިނިސްޓަރު

މަސައްކަތް ކުރަންވީ ދަރިވަރުންގެ ތަބީއީ ގާބިލްކަން ކުރިއަރުވަން: މިނިސްޓަރު

19 ނޮވެމްބަރ 2019

ޓީޗަރުން މަސައްކަތްކުރަންވީ ދަރިވަރުންގެ ކިބައިގައި ހުންނަ ޡަބީއީ ގާބިލްކަން ފާހަގަކޮށް އެކަން ކުރިއަރުވަން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓީޗަރުން މަސައްކަތްކުރަންވީ ދަރިވަރުންގެ ކިބައިގައި ހުންނަ ޡަބީއީ ގާބިލްކަން ފާހަގަކޮށް އެކަން ކުރިއަރުވަން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.

ކުޅިވަރުގައި ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ ކަލާސް އެވޯޑު ހަފުލާގައި މިނިސްޓަރު ވިދާޅުވީ ނަރުގިސް ގަހެއްގައި ކަރަންކާ މަލެއް ފޮޅުވަން އުޅެފިނަމަ އެ ޓީޗަރަކު ކުރަނީ ބޭކާރު ކަމެއް ކަމަށެވެ.

މަސައްކަތް ކުރަންވީ ކޮންމެ ގަހެއްގައި ވެސް އޭގެ ޡަބީއީ ގާބިލްކަން ފާހަގަކޮށް އެ ގާބިލްކަން ކުރިއަރުވައި ފުރިހަމަކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުޅިވަރު ކުޅުމުގެ މުހިއްމުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކުޅިވަރާއި ކަސްރަތުކުރުމަކީ ދިރިއުޅުމުގެ އާދައަކަށް ހަދަންޖެހޭ ކަމަށެވެ. ކުޅިވަރު ކުޅެ ކަސްރަތުކޮށް ނޫޅޭނަމަ ތަފާތު ބަލިތައް ޖެހުން އަވަސްވެގެންދާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އުފެއްދުންތެރިކަން ދަށްވެގެންދާ ކަމަށް ވިދާޅުވި އެވެ.

ފާއިތުވި 40 އަހަރުގެެ ތެރޭގައި ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

ކަލާސް އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުން.- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ކަލާސް އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުން.- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ރާއްޖޭގައި ފަލަ މީހުންގެ ނިސްބަތް މަތިވެ، ހަށިގަނޑު މާ ބޮޑަށް ފަލަވުމަކީ ކަންނެތް ކަން ބޮޑުވެ ކިޑްނީ ބަލިތައް ގިނަވާ ކަމެއްކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ކެންސަރު ޖެހުމާއި ކަށިތައް ބަލިވުން އިތުރުވާ ކަމަށް ވިދާޅުވި އެވެ.

"މި ދެންނެވީ ކިޔެވުމަށް ދޭ ސަމާލުކަން ކުޑަކުރާށެކޭ ނޫން. ކޮންމެ ކުއްޖަކު ވެސް ސްކޫލު ނިޒާމު ފުރިހަމަ ކުރަންޖެހޭނެ. ނަމަވެސް ކިޔެވުމުގެ އިތުރަށް މުޅި އުމުރުގައި ކަސްރަތާއި ކުޅިވަރު ކުޅެންޖެހޭނެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރަންވާނެ. ހާއްސަކޮށް މަދަރުސާ ދައުރުގައި ހީވާގިކޮށް ހަރަކާތްތެރިވެ އުޅުމުގެ އާދަކާދަ ލިބިގަންނަންވާނެ،" ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުޅިވަރުން ގިނަ ކަންތައްތަކެއް ދަސްވެގެންދާ ކަމަށެވެ. އޭގެ ތެރޭގައި އެހެން މީހުންނާ މުއާމަލާތްކުރަންވީ ގޮތާއި މައްސަލަތައް ހައްލުކުރުމާއި ނާކާމިޔާބީގައި ކެތްތެރިވުން ދަސްވާނެ ކަމަށް ވިދާޅުވި އެވެ.

އެއާއެކު، ތަފާތު އެކި މިޒާޖުގެ މީހުންނާއެކީ އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރަން ދަސްވުމާއި ނުބައި އާދަތަކުގެ ތެރޭގައި ހިމެނޭ ޑްރަގްގެ ވަބާއިން ސަލާމަތްވާނެ ކަމަށް ވިދާޅުވި އެވެ.