ފ. ނިލަންދު އަށް މިއަދު މެންދުރު ނަގޫރޯޅިއެއް އަރައި، 10 ގެއެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
01 ޖޫން 2017
ފ. ނިލަންދު އަށް މިއަދު މެންދުރު ނަގޫރޯޅިއެއް އަރައި، 10 ގެއެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ނިލަންދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހަލީލް ވިދާޅުވީ، ބޯކޮށް ވާރޭ ވެހެނިކޮށް އެރި ނަގޫރޯޅީގައި، ރަށުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތެއްގެ އިތުރުން ނުވަ ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ ގެއަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ވެފަ އެވެ.
އެގޮތުން އެ ދެ ގޭގެ ފުރާޅާއި ސީލިންގް އެއްކޮށް ހަލާކުވެފައިވާއިރު، ގޭތެރެއަށް ވަނީ ފެން ވަދެފަ އެވެ. އަދި ގޭގައި ހުރި ކަރަންޓު ސާމާނާއި ބައެއް ފަރުނީޗަރު ވެސް ވަނީ ހަލާކުވެފަ އެވެ.
ނިލަންދޫގެ ގެއެއްގެ ފުރާޅަށް ގެއްލުން ލިބިފައި.
"އެގެތަކުގެ މީހުން މިހާރު ވަނީ އެ މީހުންގެ އާއިލާގެ ގެތަކަށް ބަދަލުކޮށްފައި." ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ވެސް ބޯކޮށް ވާރޭ ވެހެމުންދިޔަ ނަމަވެސް ގޭތެރެއިން ބައެއް އެއްޗެހި ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހަލީލް ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް އަދި މުޅިން ސާފު ނުވާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ގެއްލުން ލިބުނު ގޭގޭގެ ހާލަތު އިތުރަށް ގޯސްވެފައި ހުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ނިލަންދޫގައި ގެއްލުން ލިބިފައިވަނީ ނަގޫރޯޅި އެރި ސަރަހައްދުގައި ހުރި ގެތަކާއި ރުއްގަސްތަކަށެވެ. އެ ރަށު ކައުންސިލުން ބުނިގޮތުގައި ނަގޫރޯޅީގައި ގިނަ ރުއްގަސްތައް ވެސް ވެއްޓި ބޮޑެތި ގެއްލުންތައް ވަނީ ވެފަ އެވެ.
ނިލަންދޫގެ އިތުރުން ލ. މާވަށަށް ވެސް އިއްޔެ ނަގޫރޯޅިއެއް އަރައި ގެއްލުންތައް ވެފައިވާއިރު، ރޭ ގދ. ތިނަދުއަށް އެރި ކޮޅިގަނޑެއްގައި ވެސް އެ ރަށުގެ 14 ގެއަކަށް ވަނީ ގެއްލުން ލިބިފަ އެވެ.
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގިނަ ރަށްތަކަކަށް ގެއްލުން ލިބިގެން އަންނަނީ ރިޕޯޓު ކުރަމުންނެވެ.
ނިލަންދޫގެ ދެގެއަކަށް އަދިވެސް މީހުން ބަދަލެއް ނުކުރެވޭ
ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
ނިލަންދޫގައި ފެންނުވަންނަ ގެއެއް މަދު, ގެއްލުން ބޮޑު
އެންމެ ބޮޑު ގެއްލުމެއް ނިލަންދު އާއި ހިންމަފުއްޓަށް
މާލެއިން ބޮޑަށް ގެއްލުންވި ގެތަކުން މީހުން ބަދަލުކުރަނީ
ގެއްލުންވި 57 ގެއެއްގެ ޑެމޭޖް އެސެސްމަންޓު ހަދައިފި
މާލެއަށްކުރި ވިއްސާރަ: ގެއްލުން މިލިއަނަކަށް ވުރެ މަތި
ސިއްކިމްގައި ފެންބޮޑުވެ 100 މީހުން ގެއްލިއްޖެ
ޗައިނާއަށް ކުރާ ވިއްސާރައިގައި 20 މީހަކު މަރުވެއްޖެ
ފެންބޮޑުވެ އަފްޣާނާއި ޕާކިސްތާނުން 45 މަރު