21 ޖޫން 2016
ޓޫރިޒަމާ ބެހޭ ކަންކަމަށް ފަޅު ރަށްތައް ދޫކޮށްގެން ހަ މަސް ތެރޭގައި ދައުލަތަށް 40 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމާ ބެހޭ ކަންކަމަށް ފަޅު ރަށްތައް ދޫކޮށްގެން ހަ މަސް ތެރޭގައި ދައުލަތަށް 40 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހަށް މަޖިލީހުގައި ބަހުސް ކުރައްވަމުން ނިހާނު ވިދާޅުވީ ރަށްރަށް ދޫކޮށްގެން ގިނަ އަދަދެއްގެ ޑޮލަރު ލިބުނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ މަސައްކަތްތަކަށް ގެންނެވި ބަދަލުތަކުގެ ސަބަބުންނާއި ސަރުކާރުގެ ސިޔާސަތު ހަރުދަނާވެގެން ކަމަށެވެ.
"ގާތްގަނޑަކަށް މަދު ރަށްތަކެއް، އިނގިލިން ގުނާލެވޭ ރަށްތަކެއް ހަ މަސް ތެރޭގައި ދިވެހި ދައުލަތުގެ ފައިސާ ޖަމާކުރެވޭ މީރާ އަށް 40 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ވަނީ ޖަމާވެފައި،" ނިހާނު ވިދާޅުވި އެވެ.
ނިހާނު ވިދާޅުވި ގޮތުގައި މިއީ އެގޮތަށް ރަށްތައް ދޫކޮށްގެން މިހާ ގިނަ އަދަދެއްގެ ފައިސާ ލިބުނު ފުރަތަމަ ފަހަރެވެ. އަދި އެހާ ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް އެހާ ގިނަ ފައިސާ ލިބުމާ ގުޅިގެން ނިހާނު ވަނީ ސަރުކާރަށް ޝުކުރު ދަންނަވައިފަ އެވެ.
ޓޫރިޒަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން އަދި ފަޅުތައް، އިއުލާން ކުރުމަކާ ނުލައި ކުއްޔަށް ދޫކުރުމަކީ ކުރިން ވެސް ކުރަމުން އަންނަ ކަމެއް ކަމަށް ނިހާނު ވިދާޅުވި އެވެ. އަދި މަޖިލީހުން މިހާރު މަސައްކަތް ކުރަނީ އެކަން "ގާނޫނުގެ އިންފާރު"ގެ ތެރެއަށް ޖެއްސުމަށް ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އިސްލާހުގެ ސަބަބުން ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ.
ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލުގެ މަސައްކަތް އަވަސް ކުރުމަށް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. ރިޔާސަތުން މިއަދު ހުށަހެޅި އެ ހުށަހެޅުން ފާސް ކުރުމާއެކު އެ އިސްލާހުގެ ބަހުސް މިހާރު ވަނީ މަޖިލީހުގައި ފަށައިފަ އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި މި އިސްލާހުގައިވާ ގޮތުން އާންމުކޮށް އިއުލާނުކޮށްގެންނާއި ނުކޮށް ވެސް ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް، ޓޫރިޒަމްގެ ސިނާއަތަށް ކުއްޔަށް ދޫކުރެވިދާނެ އެވެ. އާންމުކޮށް އިއުލާނު ނުކޮށް ކުއްޔަށް ދޫކުރެވޭނީ ރަށުގައި، ނުވަތަ ބިމުގައި ނުވަތަ ފަޅުގައި ހިންގުމަށް ބޭނުންވާ މަޝްރޫއުގެ ތަފްސީލާއެކު ޓޫރިޒަމް މިނިސްޓްރީ އަށް ޕްރޮޕޯސަލް ހުށަހެޅުމުންނެވެ.
ޓޫރިޒަމް ގާނޫނުގައި މިހާރު އޮންނަ ގޮތުން ޓޫރިސްޓު ރިސޯޓު ހެދުމަށް ރަށްރަށާއި ބިން ކުއްޔަށް ދޫކުރަންވާނީ ޓޫރިޒަމް މިނިސްޓްރީން އާންމުކޮށް އިއުލާންކޮށްގެން ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށެވެ.
ރަށްތައް ދޫކުރުމާ ގުޅޭ އިސްލާހު ކޮމިޓީން ފާސްކޮށްފި
އިއުލާނު ނުކޮށް ރަށްތައް ދޫކުރެވޭ ގޮތް ހަދަނީ
ދަރަނީގެ ތަސައްވުރު ވަނީ ރަނގަޅުވެފައި: ޒަމީރު
ޓޫރިޒަމް އިޝްތިހާރު ކުރަން މުއްސަނދިންގެ ނެޓްވޯކެއް
އެމްޑީޕީ މެމްބަރަކު ވޯޓު ދެއްވި މައްސަލަ ބަލަނީ
"އިއުލާން ނުކޮށް ރަށް ދީގެން އަގު ނުކުރެވޭ ގެއްލުން"
ސަރުކާރު އުޅެނީ ގާނޫނުން ވައްކަން ކުރުމުގެ ހުއްދަ ދޭން
ޓޫރިޒަމް ޓެކްސް ބޮޑުކުރަން މުޅި މަޖިލީހުން ފާސްކޮށްފި
މުސާރަ ކުޑަކުރާއިރު ޕްރޮފެޝަނަލް ސްޓާފުން އިސްތިސްނާވާނެ
ދުރު އަތޮޅުތަކުގައި ޓޫރިޒަމް ފުޅާކުރަން ލުއި ދެނީ