Roadha Mihaaru
ތައިލެންޑަށް ކަނޑައަޅާ ސަފީރަކަށް ނަޝީދު އައްޔަންކުރަނީ

ތައިލެންޑަށް ކަނޑައަޅާ ސަފީރު ކަމަށް ކާނަލް ނަޝީދު އައްޔަން ކުރަން މަޖިލީހަށް ފޮނުއްވައިފި

03 ޖޫން 2017

ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ނަޝީދުގެ ނަން ރައީސް ޔާމީން މަޖިލީހަށް ފޮނުއްވުމުން އެކަން މަޖިލީހުގެެ ކަމާބެހޭ ކޮމެޓީއަށް ފޮނުވުމުގެ މައްސަލަ އަންނަ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ. ޗުއްޓީއަށް ފަހު މަޖިލިސް ހުޅުވޭނީ ހޯމަ ދުވަހު އެވެ.

ކުރިން އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު ނަޝީދު ޑީއާރުޕީއާ ގުޅިވަޑައިގަތްތަނާ އެ ޕާޓީގެ ލީޑަޝިޕް ހުރިހާ ބޭފުޅުން ޕާޓީން ވަކިވެ ވަޑައިގެން، އެމްޑީޕީއާ ގުޅިވަޑައިގަތުމުން ޑީއާރުޕީގެ ރައީސް ކަމާ ހަވާލުވެ ވަޑައިގަތީ ނަޝީދެވެ. ނިމިދިޔަ ލޯކަލް ކައުންސިލްގެ އިންތިޚާބަށް ޑީއާރުޕީން ނިކުތީ ސަރުކާރު ކޯލިޝަނާ ގުޅިގެންނެވެ.

ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލުން ސަރުކާރު ކޯލިޝަނަށް ލިބުނު ހަމައެކަނި ގޮނޑި ކާމިޔާބުކުރީ ޑީއާރުޕީގެ ކެންޑިޑޭޓެކެވެ.