މާލޭގެ ބައެއް ސަރަހައްދުތަކުގައި ބިރުދައްކައި، ފޭރެމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކަންކަމުގެ ހަގީގަތް އޮޅޭ ގޮތަށް ބައެއްކަން ފަތުރާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުގައި ބިރުދައްކައި، ފޭރެމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކަންކަމުގެ ހަގީގަތް އޮޅޭ ގޮތަށް ބައެއްކަން ފަތުރާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުގައި ބިރުދައްކައި، ފޭރެމުންދާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރި ވާހަކަތަކާ ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހަގީގަތް އެކުލެވޭ ގޮތަށް ހިނގާފައިވާ ކަމެއްގެ ގޮތުގައި އެ މައްސަލާގައި ފާހަގަކުރެވެނީ ފޭރުމަކާއި ޓެކްސީ ޑްރައިވަރަކާ ގުޅޭ ގޮތުން ލިބިފައިވާ ޝަކުވާއެެއް ކަމަށެވެ.
"މި ކަންކަމުގެ ތެރެއިން ފޭރުމުގެ މައްސަލަ ތަހުގީގު ކުރަމުންދާއިރު ޓެކްސީ ޑްރައިވަރާ ގުޅޭ ގޮތުން ކޮށްފައިވާ ޝަކުވާ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.
ނަމަވެސް އެ ޝަކުވާގެ ތަފުސީލެއް ފުލުހުންނެއް ނުދެ އެވެ.
ފުލުހުން ބުނިގޮތުގައި މާލެތެރެ ބެލެހެއްޓުމަކީ ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. އަދި މި ރޯދަމަހާ ދިމާކޮށް މާލޭގެ މަގުތައް ބެލެހެއްޓުމާއި މާލެތެރޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ މާލެތެރޭގައި ހިންގާ ބައެއް ކަންކަމުގެ މައުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކުރާއިރު،ގެ އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ރައްޔިތުންމެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް، ހަގީގަތާ ހިލާފު ވާހަކަތައް ވެސް ފެތުރެމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
"އެހެން ކަމުން މިފަދަ މައުލޫމާތު ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރާ ފަރާތްތަކުން ޒިންމާދާރުވެ ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ހިއްސާ ނުކުރުމަށް މި ފުރުސަތުގައި އިލްތިމާސް ކުރަމެވެ،" ފުލުހުން ބުންޏެވެ.
ބްލެކްމެއިލް ކުރުމުގައި އުޅޭ ދެ މީހަކު ހައްޔަރުކޮށްފި
ލައްކައެއްހާ ރުފިޔާ ވަގަށް ނެގި މީހަކު އަތުލައިގެންފި
"ސޮރީ ބޯއީސް" ފަޅާލައިފި، ވަގަށްނެގި ތަކެތި ފެނިއްޖެ
1.4 މިލިއަން "ފޭރުނުމީހާ" ގެ ބަންދަށް 15 ދުވަސް
ގެއަކުން ފައިވާންތަކެއް ވަގަށް ނެގި ބަޔަކު ހޯދަނީ
ޕޮލިސް އިންޓެލިޖެންްސުން ކަމަށް ބުނެ ތަނަކުން ފޭރިއްޖެ
ފޭރެން އުޅުނު މީހުންގެ ވަނަވަރު އާއްމުކޮށްފި
ޔޫރޯ އޮފީހުގެ ތިޖޫރީ ފަޅާލައި، ފައިސާތަކެއް ނަގައިފި
ޕީޕީއީ ލައިގެން ވައްކަންކުރަން އުޅުނު މައްސަލައެއް!
އުމުރުން ދުވަސްވީ މީހެއްގެ އަތުން 4000ރ. ފޭރިއްޖެ