Roadha Mihaaru
އީދާ ގުޅިގެން މި މަހުގެ 29،28 ބަންދުކޮށްފި

އީދާ ގުޅިގެން މި މަހުގެ 29،28 ބަންދުކޮށްފި

06 ޖޫން 2017

މި އަހަރުގެ ފިތުރު އީދާ ގުޅިގެން މި މަހުގެ 29،28 އަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިއަދު ހަމަޖައްސަވައިފި އެވެ.

މި އަހަރުގެ ފިތުރު އީދާ ގުޅިގެން މި މަހުގެ 29،28 އަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިއަދު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ބުނެފައިވާ ގޮތުން އީދު ބަންދަށް ފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ.

ކަލަންޑަރުގައި ކުރިން ކަނޑައަޅާފައިވާ ގޮތުން ނަމަ މި މަހުގެ 29،28 އަކީ ސަރުކާރު ބަންދު ދުވަހެއް ނޫނެވެ. އެހެންވެ، އީދާ ގުޅިގެން ރަސްމީކޮށް ބަންދުކުރާ ތިން ދުވަހާއެކު، ހުކުރާއި ހޮނިހިރުދުވަސް ހިމަނައިގެން ޖުމްލަ ފަސް ދުވަސް ބަންދު ދުވަހުގެ ގޮތުގައި ކުރިން ލިބެ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، މި މަހުގެ 25 ވަނަ ދުވަހަކީ ރޯދަމަހުގެ 30 ވަނަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި ނަމަ، އެ ދުވަސް ސަރުކާރުގެ ބަންދު ދުވަހުގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ. ނަމަވެސް އީދު ބަންދު ތިން ދުވަސް (28،27،26) އާ އެކު 29 ވަނަ ދުވަސް ވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެގޮތަށް ހަމަޖެހުމުން އީދު ބަންދަށް ހަ ދުވަސް ލިބޭނެ އެވެ. އެއީ ހަފުތާ ބަންދު ދެ ދުވަސް (ހުކުރު، ހޮނިހިރު) ހިމަނައިގެންނެވެ.

"މި ގޮތަށް މި ހަމަޖެއްސެވީ، ފިތުރު އީދާ ގުޅިގެން ޗުއްޓީގައްޔާއި އަދި އެ ނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ލިބޭ ގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ދެންނެވުމުގައިވެ އެވެ.