21 ޖޫން 2016
މާލެ އަށް ދިމާވެފައިވާ ކުނީގެ މައްސަލައިގައި ހައުސިން މިނިސްޓަރާއި އެންވަޔަރްމަންޓް މިނިސްޓަރު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހާޒިރު ކުރަން އެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
މާލެ އަށް ދިމާވެފައިވާ ކުނީގެ މައްސަލައިގައި ހައުސިން މިނިސްޓަރާއި އެންވަޔަރްމަންޓް މިނިސްޓަރު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހާޒިރު ކުރަން އެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ކޮމެޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ މާލޭގެ މަގުތަކަށް ކުނި އެޅުމުގެ މައްސަލަ އާއި ކުނި އުކާލުމަށް ބޮޑު ފީއެއް ނަގަމުންދާ މައްސަލައިގައި ކަމާ ބެހޭ ބޭފުޅުން ޖަވާބުދާރީ ކުރުވާނެ ކަމަށެވެ. އަދި ކޮމެޓީން މަސައްކަތް ކުރާނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ހާޒިރު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަންނަ ހޯމަ ދުވަހު ކޮމެޓީ ޖަލްސާ ބާއްވަން މަސައްކަތް މި ކުރަނީ. ކަމާ ބެހޭ މީހުން ގެނައުމަށް މަސައްކަތް ކުރާނީ. މިނިސްޓަރުން ގެނައުމަށް މަސައްކަތް ކުރާނަން،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި ކޮމެޓީގައި ބައިވެރިވި މެމްބަރުންގެ ތެރެއިން ހަ މެމްބަރުން ވަނީ ދެ މިނިސްޓްރީގެ އިސް ބޭފުޅުން ކޮމެޓީ އަށް ހާޒިރު ކުރަން ފެންނަ ކަމަށް ވޯޓު ދެއްވައިފަ އެވެ.
މާލެ އަށް ދިމާވެފައިވާ ކުނީގެ މައްސަލައިގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އިސް ބޭފުޅުން މީގެ ކުރިން ވަނީ ކޮމެޓީ އަށް ހާޒިރުކޮށްފަ އެވެ.
މީގެ އިތުރުން ރިޔާޒް ވިދާޅުވީ ކަރަންޓުގެ އަގުތަކުގެ މައްސަލައިގައި އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމަށް ވަޑައިގެންނެވޭނެ ދުވަހެއް ބެލުމަށް މިއަދު ސިޓީއެއް ފޮނުއްވާނެ ކަމަށެވެ. އަދި މިނިސްޓަރަށް ވަޑައިގެންނެވޭނެ ދުވަހަކަށް ކޮމިޓީ ޖަލްސާ ތާވަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ ކުރި އަށް ދިޔަ އިރު ރިޔާޒާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އާ ދެމެދު ހޫނު ޒުވާބުތަކެއް ކުރެއްވި ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ. ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ދެ މެމްބަރުންގެ މެދުގައި ހޫނު ޒުވާބެއް ހިނގީ ރިޔާޒް މުގައްރިރަކަށް އިންނަވައިގެން ގާނޫނާ ހިލާފަށް ކަންކަން ކުރަމުންދާ ކަމަށް ވައްޑޭ ތުހުމަތު ކުރުމުންނެވެ.
މަޖިލިސް ޗުއްޓީ އަށް، ކޮތަޅުގެ އިސްލާހު ލަސްވެދާނެ!
މަޖިލިސް ހުޅުވުމާ އެކު ކުންޏާ ބެހޭ ބިލު އިސްލާހުކުރަނީ
ތިލަފުށިން ދުން އެރުން ހުއްޓުވަން އަމާޒު ހިފައިފި
ކުންޏާއި ނަޖިހުން ކަރަންޓް އުފައްދަން މަސައްކަތްކުރަނީ
މާލޭގައި 900 އަށް ވުރެ ގިނަ ޑަސްބިން ބަހައްޓަނީ
މާލެ އާއި ވިލިމާލެ ސާފުކުރުން ވެމްކޯއަށް
މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ކުނިކެހުން ވެމްކޯ އަށް
ބޮޑެތި ކުނި އުކައިދޭ ޚިދުމަތެއް ވެމްކޯއިން ފަށަނީ
ރަޖިސްޓްރީ ނުކޮށް ކުނި އުކާނަމަ ގޭޓް ފީ ނަގާނެ
ފްލެޓް ދިން ގޮތުގެ މައުލޫމާތު މަޖިލީހަކަށް ނުދިން!