Roadha Mihaaru
އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފި

އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފި

21 ޖޫން 2016

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗްކޮޅުގައި އައިއީޑީއެއް ގޮއްވާލި މައްސަލަ އާއި ފިސްތޯލައެއް ގެންގުޅުނު ކަމުގެ މައްސަލާގައި ހުކުމް އައިސްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާފުށީ ޖަލަށް މިއަދު ބަދަލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗްކޮޅުގައި އައިއީޑީއެއް ގޮއްވާލި މައްސަލަ އާއި ފިސްތޯލައެއް ގެންގުޅުނު ކަމުގެ މައްސަލާގައި ހުކުމް އައިސްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާފުށީ ޖަލަށް މިއަދު ބަދަލުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދީބު ކަރެކްޝަނަލް ސާވިސްއާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ. އެމަނިކުފާނުގެ ވަކީލް މޫސާ ސިރާޖު "މިހާރު" އަށް ވިދާޅުވީ މިއަދުގެ ހަވީރު ވަގުތެއްގައި އަދީބު ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރުމުން މާފުށީ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު ފިސްތޯލައެއް ގެންގުޅުނު މައްސަލައާއި ރައީސް ޔާމީން އަވަހާރަކޮށްލަން "ފިނިފެންމާ" ގައި ބޮން ގޮއްވާލި މައްސަލާގައި އަދީބު އަންނަނީ ޖުމްލަ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.

އެ ދެ ހުކުމް އިއްވުމަށްފަހު، އަދީބު އެންމެ ފުރަތަމަ ބެހެއްޓެވީ ފުލުހުންގެ ބަންދުގައި، ދޫނިދޫގަ އެވެ. އެހެންވެ އަދީބު ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ބަދަލުކޮށްދޭން އެދި އޭނާގެ ވަކީލް ސިރާޖު ވަނީ ޕޮލިހުގައި އެދިފަ އެވެ. ފުލުހުންނަށް ސިރާޖު ފޮނުއްވި ސިޓީގައި ބުނެފައިވަނީ ހުކުމެއް ކޮށްފައިވާ މީހަކު ހަވާލުކުރަންޖެހޭނީ ކަރެކްޝަނަލް ސާވިސްއާ ކަމަށެވެ.

އަދީބުގެ ވަކީލުގެ ވާހަކަތަކާ ގުޅިގެން އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު ވިދާޅުވީ އަދީބު ބަންދުން ދޫކުރައްވާނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަހުގީގު ނިމުމުން ކަމަށެވެ. މިހާރު ވެސް އަދީބުގެ ބައެއް މައްސަލަތައް އަންނަނީ ތަހުގީގުކުރަމުންނެވެ.