01 މާޗް 2018
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލޮލުގެ އޮޕަރޭޝަން ރާއްޖެ އިން ބޭރުން ކުރެވޭނެ އިންތިޒާމުތައް ހަމަނުޖައްސައި ލަސް ކުރަމުންދާތީވެ، އެމަނިކުފާނުގެ އާއިލާ އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލޮލުގެ އޮޕަރޭޝަން ރާއްޖެ އިން ބޭރުން ކުރެވޭނެ އިންތިޒާމުތައް ހަމަނުޖައްސައި ލަސް ކުރަމުންދާތީވެ، އެމަނިކުފާނުގެ އާއިލާ އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ އަދީބަށް ރާއްޖެ އިން ބޭރުން ބޭސްފަރުވާ ކުރުމަށް ޑޮކްޓަރުން ލިޔުމުން ލަފާ ދިންތާ މިއަދަށް އެއް މަސް ވެފައިވާ ކަމަށެވެ. އަދި ލޮލުގެ އޮޕަރޭޝަން ކުރުމަށް އަދީބު ގާތުގައި ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށް ނަޝްވާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާއިލާގެ ކަންބޮޑުވުންތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްވެރިންނާ ހިއްސާ ކުރެއްވުމުން، ހިތްހަމަޖެހޭ ފަދަ ޖަވާބެއް އެބޭފުޅުންގެ ފަރާތުން އިވިފައި ނުވާ ކަމަށެވެ. އަދި އަދީބަށް ފަރުވާ ނުލިބި ހޭދަވާ ކޮންމެ ވަގުތަކީ އެމަނިކުފާނަށް ދޭ އަނިޔާއެއް ކަމަށް ނަޝްވާ ވިދާޅުވި އެވެ.
"ކަރެކްޝަނުން އެންގީ މެޑިކަލް ބޯޑަށް އެ މައްސަލަ ހުށަހެޅުމަށް ޑޮކްޓަރެއްގެ ލަފާ ބޭނުންވާނެއޭ. އަދީބުގެ ލޮލަށްވާ އެއްވެސް ގެއްލުމެއްގެ ޒިންމާ ނަގާނަންތޯ އެހުމުން، ކަރެކްޝަނުން ބުނީ ތިކަމުގައި ޒިންމާ ނަގާނެ މީހަކު ތިމަންނަމެންނަށް ބުނާކަށް ނޭނގެއޭ،" ނަޝްވާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަދީބުގެ ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމުގެ އެއްވެސް ހައިސިއްޔަތެއް ކަރެކްޝަންސް އަށް ނެތް ކަމަށެވެ. އެހެންވެ، ސަރުކާރުގެ އިސް ބޭފުޅުން، އަދީބަށް ރާއްޖެ އިން ބޭރުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ނަޝްވާ ވަނީ ގޮވާލައްވައިފަ އެވެ.
"ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، އަދީބުގެ ބޭސްފަރުވާގެ ކަންކަން ކުރަމުން ނުދޭ، މިއީ އާއިލާ އިން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް،" ނަޝްވާ ވިދާޅުވި އެވެ.
ނަޝްވާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ފަހުން އަދީބަށް އާއިލީ ބައްދަލުވުންތައް ދެމުން ނުދާ ކަމަށެވެ. އަދި ވަކީލުއާ ބައްދަލުކުރުމުގެ ފުރުސަތު އަދީބަށް ދިނީ އެންމެ ފަހަރަކު ކަމަށް އޭނާ ވިދާޅުވި އެވެ. އަދީބުގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް އޭނާގެ ވަކީލުން ކުރިން ވަނީ ވިދާޅުވެފަ އެވެ.
ފަހަކަށް އައިސް އަދީބުގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ. އަދި ބޭސްފަރުވާ އިން މަހުރޫމް ކޮށްފައިވާ ކަމަށް ވެސް އެ މަނިކުފާނުގެ ވަކީލުންނާއި އާއިލާއިން އަންނަނީ ބުނަމުންނެވެ. އަދި އެ މައްސަލައިގައި އަދީބުގެ އަނބިކަނބަލުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ މެމްބަރުންނާ ބައްދަލު ކުރައްވައިފަ އެވެ.
އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ނުކޮށްދޭ ކަމަށް އާއިލާއިން ބުނާއިރު، ސަރުކާރުން ބުނަނީ އެމަނިކުފާނު ބޭސްފަރުވާ އިން މަހްރޫމް ނުކުރާ ކަމަށާއި ރާއްޖެ އިން ލިބެން ހުރި ފަރުވާއެއް ދެމުން އަންނަ ކަމަށެވެ.
އަދީބު ދޫނިދޫ ޖަލަށް ބަދަލުކޮށްފި: އާއިލާ
އަދީބުގެ ހާލު މިހާރު އިތުރަށް ގޯސް: ވަކީލު
އަދީބު އަވަހާރަކޮށްލަން އުޅޭ ވާހަކަ ފުލުހުން ދޮގުކޮށްފި
އަދީބު ބޭސްފަރުވާ އަށް ބޭރަށް ފުރޭ ގޮތެއް ނުވޭ
އަދީބު ޝަކުވާ ނުކުރިޔަސް ފަރުވާ އެބަކުރަން: އިމްރާން
އަދީބު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި
އަދީބު ހާލަތަށް ބަދަލެއް ނާދޭ، ހާލު ސީރިއަސް: އާއިލާ
އަދީބަށް ހާއްސަ ހިމާޔަތެއް ދެވޭކަށް ނެތް: ކަރެކްޝަންސް
އަދީބަށް ވަކީލުންނާ ބައްދަލު ނުކުރެވޭތާ މަހެއް ވެއްޖެ
އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފި