Roadha Mihaaru
އަދީބު ދޫނިދޫ ޖަލަށް ބަދަލުކޮށްފި: އާއިލާ

އަދީބު ދޫނިދޫ ޖަލަށް ބަދަލުކޮށްފި: އާއިލާ

03 މެއި 2018

އެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއްގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، މާފުށީ ޖަލުން ދޫނިދޫ ޖަލަށް މިއަދު ބަދަލުކޮށްފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއްގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، މާފުށީ ޖަލުން ދޫނިދޫ ޖަލަށް މިއަދު ބަދަލުކޮށްފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 46 ވަނަ މާއްދާގެ ދަށުން، މާފުށީ ޖަލަށް އައި ކުއްލި ހާލަތާ ގުޅިގެން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަދީބު ފުލުހުންނާ ހަވާލުކޮށް ދޫނިދު އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ނަޝްވާ ކުރި ޓްވީޓް--

އަދި ކުއްލި ހާލަތު ހިންގަނީ އަދީބުގެ މައްޗަށް އެކަނި ތޯ ނަޝްވާ ވަނީ ސުވާލު އުފައްދަވައިފަ އެވެ.

އަދީބު ދޫނިދު އަށް ބަދަލުކޮށްފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނާ ބުނުމާ ގުޅޭ ގޮތުން ކަރެކްޝަންސްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އަދީބުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގަ އެވެ.

އަދީބު ދޫނިދޫ ޖަލުން މާފުށީ ޖަލަށް އެންމެ ފަހުން ބަދަލުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.

އަދީބަށް އާއިލާއާ ބައްދަލުކުރަން ފުރުސަތު ދިނުން މެދުކަނޑާލިތާ ދެ މަސް ފަހުން މިދިޔަ މަހުގެ ފަހުކޮޅު ވަނީ އޭނާ އަށް އެ ފުރުސަތު ކަރެކްޝަންސް އިން ދީފަ އެވެ.

Adeeb Maafushi jalah badhalu koffi

Adeeb Maafushi jalah badhalu koffi

The most trusted news source in the Maldives

Mihaaru

އަދީބު މާފުށީ ޖަލަށް ބަދަލުކުރުން--

އަދީބުގެ ސިއްހީ މައްސަލަތަކުގެ ތެރޭގައި ގްލުކޮމާ ޖެހުމާއި އެތެރެހަށީގައި ސިސްޓެއް އުފެދިފައިވުން ހިމެނެ އެވެ. އެހެންވެ، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަށް އަދީބު އެދިވަޑައިގެންފައިވެ އެވެ. އެކަމަކު ސަރުކާރުން އެ ހުއްދައެއް ނުދެ އެވެ.