Roadha Mihaaru
މަޓާޓޯއިން ވެކޭޝަން އެކްސްޕޯ އެންޑޯސް ކޮށްފި

މަޓާޓޯއިން ވެކޭޝަން އެކްސްޕޯ އެންޑޯސް ކޮށްފި

13 ޖޫން 2017

ހައިރައިސް އިން އިންތިޒާމް ކޮށްގެން އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ވެކޭޝަން އެކްސްޕޯ މަޓާޓޯއާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ރަސްމީކޮށް އެންޑޯސް ކޮށްފި އެވެ.

ޖާދުﷲ ތައުފީގް ޖާދުﷲ ތައުފީގް

ހައިރައިސް އިން އިންތިޒާމް ކޮށްގެން އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ވެކޭޝަން އެކްސްޕޯ މަޓާޓޯއާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ރަސްމީކޮށް އެންޑޯސް ކޮށްފި އެވެ.

މަޓާޓޯއިން ބުނީ މިދިޔަ އަހަރުގެ ވެކޭޝަން އެކްސްޕޯއެކޭ އެއްފަދައިން މިއަހަރުގެ މަހާސިއްތާގެ ކަންކަން ފުރިހަމަ ކުރުމަށް ބޭނުންވާ ހުރިހާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އަންނަ މަހުގެ 6ން 8 އަށް ބާއްވާ ވެކޭޝަން އެކްސްޕޯ ކޯސްޕޮންސަރަކަށް ޓޫރިޒަމް އޮތޯރިޓީ އޮފް ތައިލެންޑް ވެސް މިހާރު ވަނީ ހަމަޖެހިފަ އެވެ.

ހައިރައިސް އިން މިއީ ބޮޑު ކާމިޔާބީއެއް ކަމަށް ބަލާއިރު، އިވެންޓްގެ ކޯސްޕޮންސަރުންގެ ގޮތުގައި ސަރަހައްދީ ބޮޑެތި ވިޔަފާރިތައް މިހާރު ވެސް ވަނީ ހަމަޖައްސައިފަ އެވެ. ސްރީ ލަންކާގެ ކިންގްސްބަރީ ހޮޓަލާ، އިންޑިޔާގެ ހޮލިޑޭ ކެރަލާ، އަދި ރާއްޖޭގެ އަމާޔާ ރިސޯޓްސް އެންޑް ސްޕާސް އަކީ އެ މަހާސިންތާގެ އިތުރު ކޯސްޕޮންސަރުންނެވެ.

އެ އެކްސްޕޯގައި އެކި އެއާލައިންތަކާއި ގެސްޓްހައުސް ވިޔަފާރިތަކާއި ޓްރެވަލް އޭޖެންސީތައް ބައިވެރިވާނެ އެވެ. މިއަހަރުގެ އެކްސްޕޯގައި ހައްޖު ކޯޕަރޭޝަނާ މުފައްސިރީން ގުރޫޕުތައް ވެސް ބައިވެރިވާނެ އެވެ. މިއީ އީދާއި ރާއްޖޭގެ މިނިވަން ދުވަހާ ގާތްކޮށް އެކި ކުްނފުނިތަކުން ތައްޔާރުކޮށްފައިވާ ހައްޖު އުމްރާ، އަދި ޗުއްޓީ ޕެކޭޖްތަކުގެ މައުލޫމާތު އާންމުންނަށް ހިއްސާ ކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ހައިރައިސްއިން ބުންޏެވެ.

އެ މަހާސިންތާގެ މަގްސަދަކީ ދަތުރުފަތުރުކުރުމާ ބެހޭ މައުލޫމާތު ދިވެހިންނާއި ރާއްޖޭގައި ވަޒީފާ އަދާކުރާ ބޭރު މީހުނަށް ހިއްސާކުރުމެވެ. ރާއްޖޭގެ ސަރަހައްދުތަކަށް ދަތުރުކުރަން އެންމެ ފަސޭހަ އަދި ފައިސާގެ ގޮތުން އެންމެ އެކަށޭނެ ގޮތްތަކުގެ މައުލޫމާތު ބައިވެރިންނަށް ހިއްސާކުރާނެ އެވެ. ރާއްޖެއިން ބޭރަށް ދަތުރުުރަން ރާވާ ފަރާތްތަކަށް ވެސް މި އެކްސްޕޯއިން ޗުއްޓީގެ ޕެކޭޖްތަކުގެ މައުލޫމާތު ސާފުކުރެވޭނެ އެވެ. މި އެކްސްޕޯގެ ސަބަބުން ރާއްޖޭގައި ދަތުރުފަތުރުކުރުން ފަސޭހަވެ، ކުރިއަރައި އަދި ޓޫރިޒަމްގެ ސިނާއަތް ވެސް ކުރިއަށް އަރާނެ ކަމަށް ހައިރައިސް އިން އުންމީދު ކުރެ އެވެ.

ވެކޭޝަން އެކްސްޕޯ އިފްތިތާހު ކޮށް ފުރަތަމަ ފަހަރަށް ބޭއްވީ މިދިޔަ އަހަރު އޯގަސްޓް 4ން 6 އަކަށެވެ. . 3،300 އަށް ވުރެ ގިނަ މީހުން މަހާސިންތާއަށް ދިޔަ އެވެ. ހައިރައިސްގެ އުންމީދަކީ މި އިވެންޓްގެ ޒަރިއްޔާއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވާ މުއްސަނދި ކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.