Roadha Mihaaru
"ދިލް ބޭޗާރާ" ގެ ބަތަލާ އުފަންދުވަހަށް ރާއްޖޭގައި

"ދިލް ބޭޗާރާ" ގެ ބަތަލާ އުފަންދުވަހަށް ރާއްޖޭގައި

04 ސެޕްޓެމްބަރ 2021

މިދިޔަ އަހަރު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ފަހު ފިލްމު "ދިލް ބޭޗާރާ" ގެ ބަތަލާ ސަންޖަނާ ސާންގީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ފަހު ފިލްމު "ދިލް ބޭޗާރާ" ގެ ބަތަލާ ސަންޖަނާ ސާންގީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

މި މަހުގެ ދެ ވަނަ ދުވަހު ފާހަގަކުރި އޭނާގެ 25 ވަނަ އުފަން ދުވަހާ ގުޅުވައިގެން ރާއްޖޭގެ ޖޭޑަބްލިއު މެރިއަޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގައި ނަގާފައިވާ ފޮޓޯތަކެއް ވެސް އިންސްޓަގްރާމްގައި ސަންޖަނާ ޕޯސްޓްކޮށްފައިވެ އެވެ.

ސުޝާންތާ އެކީ ސަންޖަނާ ކުޅުނު "ދިލް ބޭޗާރާ" އަކީ ހޮލީވުޑްގެ 2014 ގެ މަޝްހޫރު ފިލްމު "ފޯލްޓް އިން އަވާ ސްޓާޒް" ގެ ރިމޭކެކެވެ. އެ ފިލްމު މިދިޔަ އަހަރު ގެނެސްދިނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިންނެވެ.

ސަންޖަނާގެ ކުރިއަށް އޮތް ފިލްމަކީ އަދިތިޔާ ރޯއި ކަޕޫރާ އެކު ކުޅެފައިވާ އެކްޝަން ފިލްމު "އޯމް: ދަ ބެޓްލް ވިތިން" އެވެ. އޭނާ ބޮލީވުޑަށް ނުކުތީ ރަންބީރް ކަޕޫރްގެ 2011 ގެ "ރޮކްސްޓާ" ގެ ސަޕޯޓިން ރޯލެކެވެ. އަދި އޭގެ ފަހުން އިރުފާން ޚާންގެ 2017 ގެ "ހިންދީ މީޑިއަމް" ގެ ރޯލެއް ވެސް ސަންޖަނާ ކުޅުނެވެ.