Roadha Mihaaru
ފެން ބޮޑުވުން ހައްލު ކުރުމަށް އެމްޑަބްލިޔޫއެސްސީ އަށް

މާލޭ މަގުތަކުން ފެން ހިންދުން 12.9 މިލިއަން ރުފިޔާ އަށް އެމްޑަބްލިޔޫއެސްސީ އަށް

13 ޖޫން 2017

އަމީނީ މަގާއި ކަންބާއައިސާ ރަނި ހިނގުމުގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރުން 12.9 މިލިއަން ރުފިޔާ އަށް އެމްޑަބްލިއުއެސްސީއާ މިއަދު ހަވާލު ކޮށްފި އެވެ.

ޚަދީޖާ ހާޒިމާ ޚަދީޖާ ހާޒިމާ

އަމީނީ މަގާއި ކަންބާއައިސާ ރަނި ހިނގުމުގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރުން 12.9 މިލިއަން ރުފިޔާ އަށް އެމްޑަބްލިއުއެސްސީއާ މިއަދު ހަވާލު ކޮށްފި އެވެ.

"މާލޭ ސްޓޯމް ވޯޓާ ޕްރޮޖެކްޓް ފޭސް 4" ނަމުގައި ހިންގާ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން ހިންގާ މި މަޝްރޫއަކީ ވާާރޭ ވެހުމުގެ ސަބަބުން މަލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ އަށް ހައްލު ހޯދުމަށް ހިންގާ މަޝްރޫއުގެ ހަތަރު ވަނަ ފިޔަވައްސެވެ.

މި މަޝްރޫއުގެ ދަށުން، މަސައްކަތް ކުރާނީ، ބުރުޒު މަގުން ދޮންއަދަރާދަ ހިނގުމުން ފެށިގެން ހިލާލީ މަގާއި ދެމެދު ވާ ސަރަހައްދާއި އަމީނީ މަގުން ކަށިމާ ހިނގުމުން ފެށިގެން ނިކަގަސް މަގާއި ދެމެދު ސަރަހައްދު އަދި އަމީނީ މަގު ހަނދުވަރީ ހިނގުމުން ފެށިގެން ކަނބާ އައިސާ ރަނި ހިގުމާއި ދެމެދުގައި ފެން ހިންދުމުގެ ނިޒާމު ގާއިމު ކުރުމަށެވެ.

މި ސަރަހައްދުތަކުގައި މަސައްކަތް ނިމުމުން ކަނބާއައިސާ ރަނި ހިނގުމާއި އަމީނީ މަގުގައި ފެން ބޮޑުވުމުގެ މައްސަލަ އަށް ހައްލު ލިބިގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މި މަޝްރޫއު ނިމޭ އިރު ޖުމްލަ ހަތަރު ޕަމްޕް ސްޓޭޝަން ގާއިމު ކުރެވޭނެ ކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އަދި މިފިޔަވަހި ނިމުމުން، ވާރޭ ވެހިގެން ހެދޭ ފެންގަނޑު ހިނދޭލެއް އަވަސްވެގެން ދާނެ ކަމަށާއި މިހާރު ވެސް ނަތީޖާ ރަނގަޅު ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ. މިއީ ގާތްގަނޑަކަށް ހަމަސް ތެރޭގައި ހަދާ ނިންމާ ގޮތަށް ހަވާލުކުރި މަޝްރޫއެކެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީ ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވަނީ މިހާތަނަށް ކުރިއަށް ގެންދިޔަ ފިޔަވަހިތަކުގެ ނަތީޖާ ރަނގަޅު ކަން ފާހަގަ ކުރައްވާފަ އެވެ.

މީގެ ދެ މަޝްރޫއެއް މިހާރު ނިމިފައިވާ އިރު މިހާރު ކުރިއަށް ދަނީ ތިންވަނަ ފިޔަވަހީގެ މަޝްރޫއު ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ. އަދި އެ މަޝްރޫއު ވެސް ކައިރި މުސްތަގުބަލެއްގައި ނިމޭނެ އެވެ.