Roadha Mihaaru
28،000 އަށް ވުރެ ގިނަ މީހުން ޒަކާތް ދައްކައިފި

މާލެ ސަރަހައްދުން 28،000 އަށް ވުރެ ގިނަ މީހުން ޒަކާތް ދައްކައިފި

14 ޖޫން 2017

މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް މާލެ ސަރަހައްދުން އެކަނި ވެސް 28،000 އަށް ވުރެ ގިނަ މީހުން ފިތުރު ޒަކާތް ދައްކާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް މާލެ ސަރަހައްދުން އެކަނި ވެސް 28،000 އަށް ވުރެ ގިނަ މީހުން ފިތުރު ޒަކާތް ދައްކާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މި އަހަރުގެ ފިތުރު ޒަކާތް މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ބަލައިގަންނާނެ އެވެ. އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަންނާނީ މި މަހުގެ 24 ވަނަ ދުވަހާ ހަމައަށެެވެ.

އެ މިނިސްޓްރީން ބުނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 28،129 މީހުން ޒަކާތް ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އިސްލާމިކް ބޭންކް މެދުވެރިކޮށް އެސްއެމްއެސްގެ ޒަރީއާއިން ކަމަށެވެ.

ފިތުރު ޒަކާތުގެ މިންވަރަކީ ބޮލަކަށް 2.4 ކިލޯގެ ހަނޑުލެވެ. ޒަކާތް ނެރެން ވާނީ އަހަރު ތެރޭގައި އެ ބަޔަކު އާއްމުކޮށް ކައި އުޅުނު ހަނޑުލުގެ ބާވަތުންނެވެ. އެގޮތުން މާލޭގައި އުޅޭ މީހުން ޒަކާތް ދައްކާނީ އާދައިގެ ހަނޑުލުން ނަމަ 16ރ. ތައިލެންޑް ހަނޑުލުން ނަމަ 55ރ. އަދި ބާސްމަތީ ހަނޑުލުން ނަމަ 80ރ. އެވެ.

ރަށްރަށުގެ ކައުންސިލްތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯގެ ހަނޑޫ އެ ރަށަކުން ގަންނަން ލިބޭ އަގަކަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު މާލޭ ސަރަހައްދުން އެކަނި ވެސް 2.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.

މިިދޔަ އަހަރު ރާއްޖޭގައި ފަގީރުންގެ ގޮތުގައި 12،000 އަށްވުރެ ގިނަ މީހުން ރަޖިސްޓަރީ ވެފައި ވެ އެވެ. މިއަހަރު ވެސް ފަގީރުންގެ ގޮތުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ހަމަވެފައިވާއިރު، ފޯމު ހުށަހެޅި މީހުންގެ އަދަދެއް އަދި ސާފެއް ނުވެ އެވެ.