ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައި އޮންނަތާ ތިން މަސް ދުވަހަށް ފަހު ޖަމާއަތުގައި ނަމާދުކުރަން އަލުން ފާށާނީ މާދަމާ ރޭގެ މަޣުރިބު ނަމާދުން ފެށިގެން ކަަމަށް އިސްލާމިިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.
30 ޖޫން 2020
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައި އޮންނަތާ ތިން މަސް ދުވަހަށް ފަހު ޖަމާއަތުގައި ނަމާދުކުރަން އަލުން ފާށާނީ މާދަމާ ރޭގެ މަޣުރިބު ނަމާދުން ފެށިގެން ކަަމަށް އިސްލާމިިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ މާލެ އާއި ހުޅުމާލެ އއި ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅުގެ ހުރިހާ މިސްކިތެއްގައި ވެސް މާދަމާ ރޭގެ މަޣުރިބު ވަގުތުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރިޔަސް އެންމެ ރަނގަޅު ކަމަށެވެ. މިސްކިތްތަކުގައި ސަމާލުވާން ޖެހޭ ކަންތައްތަކެއް އެ ސާކިއުލާގައި ހިމަނާފައިވެ އެވެ. ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަންތައްތަކާއި ނަމާދަށް ދާ މީހުން ސަމާލުވާން ޖެހޭ ކަންތައްތަކެއް ހިމެނެ އެވެ.
- މިސްކިތްތަކުގެ ކާޕެޓް ނަގާފައި ބޭއްވުން.
- ކޮންމެ ނަމާދެއްގެ ކުރިން މިސްކިތުގައި މޮޕުލައި ސާފުކުރުން.
- ސައިބޯނިލައިގެން އަތް ދޮވެވޭނެ އިންތިޒާމް ހަމަޖެއްސުން.
- ކޮންމެހެން ކުރަން ޖެހިއްއްޖެ ހާލަތެއްގައި ނޫނީ އެއާކޯން ބޭނުންނުކުރާ ގޮތަށް ހަމަޖެއްސުން.
- އެއާކޯން ބޭނުން ކުރާ ނަމަ ދޭތެރެ ދޭތެރެއިން ދޮރުތައް ހުޅުވާލުން.
- ވުލޫއު ކޮށްގެން މިސްކިތަށް ދިއުން
- ގެއިން މުސައްލައެއް ގެންދިއުމާއި އެ މީހެއްގެ މުސަައްލައިގައި ނޫނީ ނަމާދު ނުކުރުން.
- މާސްކް އެޅުން.
- މިސްްކިތަށް ވަދެ ނިކުމެ އުޅުގައި ގައިދުރުކަން ބެހެއްޓުން.
- މިސްކިތުގެ އެކި ތަންތަނުގައި ތިބުމުގެ ބަދަލުގައި ފުރަތަމަ ސަފުން ފެށިގެން ފުރަމުން ދިއުން.
- ރޯގާ ޖެހުން، ހުން އައުން އަދި ކެއްސުން ފަދަ ކަމެއް ހުރި ނަމަ، މިސްކިތަށްް ނުދިއުމާއި އުމުރުން ދުވަސްްވީ މީހުން މިސްކިތަށް ނުދިއުން.
ރާއްޖެ އިން ކޮވިޑް-19 ފެނުމާ ގުޅިގެން، އަޅަން ފެށި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން، އިސްލާމިކް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް މެދުކަނޑައިލީ މިދިޔަ މާޗް 18 ގަ އެވެ. އޭގެ ފަހުން މިސްކިތްތައް ބަންދުކުރި އެވެ. ނަމަވެސް ލޮކްޑައުނަށް ދިން ލުއިތަކާ އެކު، މި މަހުގެ 14 އިން ފެށިގެން ވަނީ މިސްކިތްތަކުގައި ނަމާދުކުރަން ހުއްދަދީފަ އެވެ
މާލޭގެ މިސްކިތްތައް ހުޅުވާލައިފި، ޖަމާއަތެއް ނުހެދޭނެ
ތިން މަހަށް ފަހު އުފަލުން ހުކުރަށް
މާލެސަރަހައްދުގެ މިސްކިތްތަކުގައި މާދަމާ ހުކުރު ނުކުރާނެ
މާދަމާ ޖަމާއަތުގައި ނަމާދުކުރަން ފަށަނީ
މާލެ ސަރަހައްދުގެ 37 މިސްކިތެއްގައި ނަމާދުކުރެވޭނެ
ޖަމާއަތުގައި ނަމާދުކުރުން މިމަހުގެ 18 އަށް ފަސްކޮށްފި
މާލޭގައި 18 މިސްކިތެއްގައި ދަމު ނަމާދު ކުރާނެ
ބައެއް މިސްކިތްތަކުގައި ޖަމާއަތުގައި ހުކުރުނަމާދު ކޮށްފި
ގައިޑްލައިނަށް އަމަލުނުކުރާތީ މިސްކިތްތައް ބަންދުކޮށްފި
މާލެ ސަރަހައްދުގެ ކާފިއު މި މަހުގެ 25 އާ ހަމައަަށް