މާލެ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާ ވެސް ހުކުރު ނަމާދު ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
02 ޖުލައި 2020
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާ ވެސް ހުކުރު ނަމާދު ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ މިސްކިތްތަކުގައި މާދަމާ ވެސް ހުކުރު ނަމާދު ނުކުރާ ގޮތަށް ނިންމީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ. އެގޮތަށް ނިންމީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށް ސާކިއުލާގައި ވެ އެވެ.
މާލެ ސަރަހައްދަށް ކޮވިޑް-19 ފެތުރިފައިވާއިރު، މިދިޔަ މާޗު 18 ން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން އޮތީ މެދުކަނޑާލައިފަ އެވެ. މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދިނީ އިއްޔެގެ މަޣުރިބް ނަމާދުން ފެށިގެންނެވެ. ނަމަވެސް ހުކުރު ނަމާދު ކުރުމަށް އަދި ހުއްދައެއް ނެތެވެ.
މި މަހުގެ 15 އިން ފެށިގެން ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ މިސްކިތްތަކުގައި ވަނީ ޖަމާއަތުގައި ނަމާދުކުރަން ފަށައިފަ އެވެ. ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ކޮވިޑް-19 ފެތުރޭ މައިގަނޑު އެއް ސަބަބަކީ ގިނަ ބަޔަކު އެއްތަނަކަށް އެއް ވަގުތެއްގައި ޖަމާވުމެވެ. މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން އިއްޔެ އިން ފެށިގެން ހުޅުވައިލިޔަސް މިސްކިތަށް ދާން ވާނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި މާސްކް އެޅުމާއި ގެ އިން މުސައްލައެއް ގެންދިއުމާއި ވުލޫއު ކޮށްގެން މިސްކިތަށް ދިއުން ފަދަ ކަންކަން ހިމެނެ އެވެ. މީގެ އިތުރުން މި ދުވަސްކޮޅު މިސްކިތްތަކުގައި ކާޕެޓު ނޭޅުމާއި ސައިބޯނިލައިގެން އަތް ދޮވެވޭނެ އިންތިޒާމު ފަދަ ކަންކަން މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިދޭންޖެހެ އެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ މިސްކިތްތަކުގައި މާދަމާ ވެސް ހުކުރު ނަމާދު ނުކުރާ ގޮތަށް ނިންމީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ. އެގޮތަށް ނިންމީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށް ސާކިއުލާގައި ވެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ސާކިއުލާގައި ބުނީ، އިސްލާމްދީން އޭގެ މައްޗަށް ބިނާވެގެންވާ މައިގަނޑު ފަސް އަސްލުގެ ތެރޭގައި، އިންސާނުންގެ ފުރާނަތަކުގެ މައްޗަށް ރައްކާތެރިވުން ހިމެނޭ ކަމަށެވެ.
"ޝަރުއީ ހަމަތަކާއި އުސޫލުތަކުގެ މަތިން ޖުލައި 3، 2020 ވާ ހުކުރު ދުވަހުގެ ހުކުރު ނަމާދުގެ ޖަމާއަތް މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ނުހެދުމަށް ނިންމި ކަމުގައި ވިއަސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފަރުޟު ފަސް ނަމާދުގެ ޖަމާއަތް ގާއިމްކުރުމުގެ ނިއުމަތް ﷲ ތައާލާގެ ހެޔޮ ރަހުމަތުން ފަހިވެފައިވާތީ، އެކަމަށް ޝުކުރުކޮށް، މި ދަނޑިވަޅުގައި ވެސް ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި ހެޔޮ އަމަލުތައް ގިނަކޮށް މިހާރު ފެތުރިފައިވާ ބަލިމަޑުކަމުން ރާއްޖެ ސަލާމަތްކޮށްދެވުން އެދި މާތްﷲގެ ހަޟްރަތަށް ދުއާ ދެންނެވުމުގައި ދެމިތިބުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތް ކުރަމެވެ،" ސާކިއުލާގައި ވެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ބޮޑު ލުޔެއް ދީ، މުޅި ރާއްޖޭގެ ސްކޫލުތަކުގެ އިތުރުން މާލެ ސަރަހައްދުގެ ކެފޭ/ރެސްޓޯރެންޓުތައް ވެސް އިއްޔެ ވަނީ ހުޅުވާލައިފަ އެވެ. ސަރުކާރުގެ އޮފީސްތައް ހުޅުވަން މީގެ ކުރިން ނިންމިއަސް، އިއްޔެ އާއި މިއަދު އެ ތަންތަން ހުޅުވާފައިވަނީ މިދިޔަ މަހެއްހާ ދުވަހު ވެސް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް އޮފީސްތައް ހުޅުވި ވަގުތުގަ އެވެ. އެއީ ހެނދުނު 9 އިން މެންދުރުފަހު 1 އަށެވެ.
ތިން މަހަށް ފަހު އުފަލުން ހުކުރަށް
ޖަމާއަތުގައި ނަމާދުކުރާނީ މާދަމާ ރޭ މަޣުރިބުން ފެށިގެން
މާލޭގެ މިސްކިތްތައް ހުޅުވާލައިފި، ޖަމާއަތެއް ނުހެދޭނެ
މާލެ ސަރަހައްދުގެ 37 މިސްކިތެއްގައި ނަމާދުކުރެވޭނެ
މާދަމާ ޖަމާއަތުގައި ނަމާދުކުރަން ފަށަނީ
ޖަމާއަތުގައި ނަމާދުކުރުން މިމަހުގެ 18 އަށް ފަސްކޮށްފި
މާލޭގައި 18 މިސްކިތެއްގައި ދަމު ނަމާދު ކުރާނެ
އީދު ނަމާދުގެ ބޮޑު ޖަމާއަތް މާލޭގެ 4 ތަނެއްގައި
ފަގީރުންގެ ގޮތުގައި ރަޖިސްޓަރީވާން އަލުން ހުޅުވާލައިފި
ބޮޑު ޖަމާއަތުގެ އިތުރުން 27 މިސްކިތެއްގައި އީދު ނަމާދު ކުރާނެ