ތިން މަހަށް ފަހު، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން މާދަމާ ފަށާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
30 ޖޫން 2020
ތިން މަހަށް ފަހު، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން މާދަމާ ފަށާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ނަމަވެސް މާދަމާ ނަމާދު ކުރަން ފަށާނީ ކޮން ނަމާދަކުން ކަމެއް އިސްލާމިކް މިނިސްޓްރީއަކުން އަދި ނުނިންމަ އެވެ. އެކަމާ މެދު އަދި އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ފަހު ފަށާ އާ މަރުހަލާގައި މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ވެސް ޖަމާއަތުގައި ނަމާދުކުރަން ފަށާނެ ކަމަށެވެ.
ރާއްޖެ އިން ކޮވިޑް-19 ފެނުމާ ގުޅިގެން، އަޅަން ފެށި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން، އިސްލާމިކް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް މެދުކަނޑައިލީ މިދިޔަ މާޗް 18 ގަ އެވެ. އޭގެ ފަހުން މިސްކިތްތައް ބަންދުކުރި އެވެ. ނަމަވެސް ލޮކްޑައުނަށް ދިން ލުއިތަކާއެކު، މި މަހުގެ 14 އިން ފެށިގެން ވަނީ މިސްކިތްތަކުގައި ނަމާދުކުރަން ހުއްދަދީފަ އެވެ.
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ނަމާދުކުރަން އޭރު ހުއްދަ ދިން ނަމަވެސް ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދައެއް އޭރު ނުދެ އެވެ. އެކަމަކު މި މަހުގެ 15 އިން ފެށިގެން ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ މިސްކިތްތަކުގައި ވަނީ ޖަމާއަތުގައި ނަމާދުކުރަން ފަށައިފަ އެވެ.
އާ މަރުހަލާގައި، ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތަކާއި ކެފޭ/ރެސްޓޯރެންޓުތައް ވެސް މާދަމާ ހުޅުވާނެކަމަށް ރައީސް މީގެ ކުރިން ކުރެއްވި ޓްވީޓުގައި ވެ އެވެ. އެމަނިކުފާނު ވަނީ ކޮވިޑް-19 އާ ދެކޮޅަށް ކުރީ ސަފުގައި ހަރަކާތްތެރި ސިއްހީ ހިދުމަތްތެރިންނާއި ސަރުކާރުގެ އެކި އިދާރާތަކާއި ވޮލެންޓިއަރުން ކޮށްދިން މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"އެންމެ ނުރައްކާ ހާލަތަށް ދިޔަ ނުދީ ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި ކުރީ ސަފުގައި، އެމީހުންގެ އާއްމު ޑިއުޓީގެ ބޭރުން މަސައްކަތްކުރި ސިއްހީ ހިދުމަތްތެރިންނާއި ވޮލަންޓިއަރުންނާއި ސަރުކާރުގެ އެކި އިދާރާތަކަށް ޝުކުރުވެރިވަމެވެ." ރައީސްގެ ޓްވީޓްގައިވެ އެވެ.
ކޮވިޑް-19 އާ އެކު އޭޕްރީލް 15 ގައި އަޅަން ފެށި ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އަންނަ މަހުގެ 14 އާ ހަމައަށް ދަންމާލައިފަ އެވެ.
ޖަމާއަތުގައި ނަމާދުކުރާނީ މާދަމާ ރޭ މަޣުރިބުން ފެށިގެން
މާލޭގެ މިސްކިތްތައް ހުޅުވާލައިފި، ޖަމާއަތެއް ނުހެދޭނެ
ލުއިތައް ދޭނީ ފިޔަވަހިތަކަކަށް ބަހާލައިގެން: ރައީސް
މާލެ ސަރަހައްދުގެ 37 މިސްކިތެއްގައި ނަމާދުކުރެވޭނެ
ގައިޑްލައިނަށް އަމަލުނުކުރާތީ މިސްކިތްތައް ބަންދުކޮށްފި
އޮތީ ލެވެލް ނުވައެއްގައި، 10 އަކުން ލޮކްޑައުންއަށް!
ރޭގަނޑު 8 އިން ފަތިހު 5 އަށް އުޅަނދުތައް މަނާ!
ރޭގަނޑު 10 އިން ފަތިހު 5 އަށް، ކާފިއު ގަޑި
ތިން މަހަށް ފަހު އުފަލުން ހުކުރަށް
މާލެސަރަހައްދުގެ މިސްކިތްތަކުގައި މާދަމާ ހުކުރު ނުކުރާނެ