Roadha Mihaaru
ހޮނުއަޅައިގެން އިންޑިއާ އިން 79 މީހުން މަރުވެއްޖެ

ހޮނުއަޅައިގެން އިންޑިއާ އިން 79 މީހުން މަރުވެއްޖެ

22 ޖޫން 2016

ބިހާރު (ޖޫން 22) - ހޮނު އެޅުމުގެ ސަބަބުން އިންޑިއާގެ ސްޓޭޓްތައް ކަމަށްވާ ބިހާރު، ޖަރުކަންދު އަދި މަދިޔާ ޕްރަދޭޝް އިން 79 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބިހާރު (ޖޫން 22) - ހޮނު އެޅުމުގެ ސަބަބުން އިންޑިއާގެ ސްޓޭޓްތައް ކަމަށްވާ ބިހާރު، ޖަރުކަންދު އަދި މަދިޔާ ޕްރަދޭޝް އިން 79 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހޮނުއަޅައިގެން ބިހާރު ސްޓޭޓުން 53 މީހުން މަރުވެފައިވާ އިރު އިރުމަތީގެ ޖަރުކަންދުން ވަނީ 10 މީހުން މަރުވެފަ އެވެ. އަދި މަދިޔަ ޕްރަދޭޝް އިން ވަނީ 16 މީހުން މަރުވެފަ އެވެ. ރިޕޯޓްތައް ބުނި ގޮތުގައި ހޮނުއަޅައިގެން ގިނަ މީހުން މަރުވެފައި ވަނީ ބޯ ވިއްސާރައިގެ ތެރޭގައި ދަނޑުތަކުގައި މަސައްކަތް ކުރަން ނުކުމެ އުޅެނިކޮށެވެ.

2005 ވަނަ އަހަރުގެ ފަހުން އިންޑިއާ އިން ހޮނުއަޅައިގެން ކޮންމެ އަހަރަކު ވެސް ގާތްގަނޑަކަށް 2،000 މީހުން މަރުވޭ.

ވިއްސާރަ މޫސުމުގައި ހޮނުއަޅައިގެން އިންޑިއާ އިން މީހުން މަރުވުމަކީ އާއްމު ކަމެކެވެ. އިންޑިއާގެ ނޭޝަނަލް ކްރައިމް ރެކޯޑް ބިއުރޯ އިން ބުނި ގޮތުގައި 2005 ވަނަ އަހަރުގެ ފަހުން އެ ގައުމުގައި ވަނީ ހޮނުއަޅައިގެން ކޮންމެ އަހަރަކު ވެސް ގާތްގަނޑަކަށް 2،000 މީހުން މަރުވެފަ އެވެ. އިންޑިއާގެ ވިއްސާރަ މޫސުން ދެމިގެން ދަނީ ޖޫން އިން ސެޕްޓެމްބަރަށެވެ.