21 ޖޫން 2017
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަދި ޔޮޓް ޓުއާޒްގެ ޗެއާމަން އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ސަރުކާރުން ކެންސަލްކޮށްފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަދި ޔޮޓް ޓުއާޒްގެ ޗެއާމަން އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ސަރުކާރުން ކެންސަލްކޮށްފި އެވެ.
ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު ޖާބިރުގެ ޕާސްޕޯޓު ކެންސަލް ކުރިކަން އެނގިވަޑައިގަތީ އޭނާ އިޓަލީގައި ހުންނެވުމަށް ފަހު، ރޭގެ ވަގުތެއްގައި އިނގިރޭސި ވިލާތަށް ވަޑައިގަންނަވަން އުޅުއްވުމުންނެވެ.
"ޖާބިރު އެންމެ ފަހުން ބައްދަލުވި މީހުންގެ ފަރާތުން އެނގުނު ގޮތުގައި އިޓަލީގައި ހުންނެވުމަށް ފަހު އިނގިރޭސި ވިލާތަށް ވަޑައިގަންނަވަން އުޅުމުން ބޯޑަރު ކައިރިން އަންގާފައި ވަނީ ޕާސްޕޯޓު ކެންސަލް ކޮށްފައިވާކަން،" ދިޔާނާ ވިދާޅުވި އެވެ.
ޖާބިރާއެކު ދިޔާނާ އިނގިރޭސިވިލާތަށް ވަޑައެއް ނުގަންނަވަ އެވެ.
ޖާބިރު މިވަގުތު ހުންނެވީ އިނގިރޭސި ވިލާތުގެ ގެޓްވިކް އެއާޕޯޓުގަ އެވެ. ނަމަވެސް މިކަމާ ގުޅިގެން އިމިގްރޭޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުލުހުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ޖާބިރުގެ ޕާސްޕޯޓު ކެންސަލް ކުރަން އެދިފައިވާނެ ކަމަށެވެ. ނަމަވެސް ތަހުގީގު ކުރަނީ ޖާބިރުގެ ކޮން މައްސަލައެއް ކަން ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ފަހަކަށް އައިސް ޖާބިރު ގެންދަވަނީ ރައީސް އަބްދުﷲ ޔާމީނަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.
ޖާބިރު ހޯދަމުން އަންނައިރު، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން މިހާރު ކުރާ ކަންކަމަށް އޭނާ ޚަރަދު ކުރައްވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އެކަމަކު އެ ވާހަކަތައް ޖާބިރު ދޮގުކުރައްވަ އެވެ.
ޔޮޓް ޓުއާޒްގެ ދަށުގައި ކުރިން އޮތް އަލިދު އާއި ބީނާފުށި ރިސޯޓް އަދި ކަނޑާލިފިނޮޅުގެ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ކަމަށް ބުނެ އެ ކުންފުނީގެ އެކައުންޓްތައް މީރާ އިން ފްރީޒްކޮށްފައިވާއިރު، ޖާބިރު އަތުން 45 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މީރާ އިން ވަނީ ދައުވާކޮށްފަ އެވެ.
ޖާބިރުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ މިނިސްޓަރު އަދި އެމްޑީޕީ ސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމާއި އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސް އަދި ރާއްޖެ ޓީވީގެ ކުރީގެ ޗެއާމަން އަކުރަމް ކަމާލުއްދީނުގެ ޕާސްޕޯޓު ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
އިމިގްރޭޝަނުން އާންމު ގޮތެއްގައި ޕާސްޕޯޓް ކެންސަލް ކުރަނީ ރާއްޖޭގެ ޝަރުއީ އިދާރާތަކަށާއި ތަހުގީގީ އިދާރާތަކުން ބަލާ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ގިނަ ހުރަސްތަކެއް ދިމާވަމުންދާ ކަމަށް ބުނެ އެވެ.
ޕާސްޕޯޓު ކެންސަލް ކުރި މީހުން، ރާއްޖެ އައުމަށް ބޭނުންވެގެން ފޮރިން މިނިސްޓްރީ މެދުވެރިކޮށް، އިމިގްރޭޝަނަށް ހުށަހެޅުމުން ރާއްޖެ އައުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓްތައް ހަދައިދެ އެވެ.
ޖާބިރު އެންމެ ފަހުން ލަންޑަނަށް އެތެރެވެއްޖެ
ޝިދާތާގެ ޕާސްޕޯޓު އަދިވެސް ހިފަހައްޓާފައި
މަންޑޭގެ ޕާސްޕޯޓް އިމިގްރޭޝަނާ ހަވާލުކުރަންޖެހޭ
ކޭޕާކާ ގުޅޭ އިތުރު 2މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ޖާބިރުގެ ޕާސްޕޯޓް އެއް މަސް ދުވަހަށް ދޫކޮށްލައިފި
ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓައިފި
ޖާބިރުގެ ޕާސްޕޯޓް ކެންސަލްކުރީ ގާނޫނާ ޚިލާފަށް: ކޯޓު
ޝެއިހް އިލްޔާސްގެ ޕާސްޕޯޓު ހިފަހައްޓައިފި
އުމަރު ނަސީރުގެ ޕާސްޕޯޓް ހިފަހައްޓައިފި
ފައިސަލް ނަސީމްގެ ޕާސްޕޯޓު ވެސް ދޫކޮށްލައިފި