15 މެއި 2017
އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފްގެ ޕާސްޕޯޓް އަދިވެސް ހިފަހައްޓާފައިވާ ކަމަށާއި އެކަމަކު ތުހުމަތުކުރާ މައްސަލާގައި މިހާތަނަށް އެއްވެސް ސުވާލެއް ކޮށްފައި ނެތް ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފްގެ ޕާސްޕޯޓް އަދިވެސް ހިފަހައްޓާފައިވާ ކަމަށާއި އެކަމަކު ތުހުމަތުކުރާ މައްސަލާގައި މިހާތަނަށް އެއްވެސް ސުވާލެއް ކޮށްފައި ނެތް ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އަމިއްލަ ދަތުރެއްގައި އިންޑިއާ އާއި ސްރީ ލަންކާ އަށް ވަޑައިގަތުމަށް ފަހު، އެނބުރި ރާއްޖެ ވަޑައިގަތުމާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޝިދާތާގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.
އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ ހެލްތު މިނިސްޓަރު ޝިދާތާ "މިހާރު" އަށް ވިދާޅުވި ގޮތުގައި އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ، އަނިޔާ ތަހައްމަލް ކުރާތާ އެތައް ދުވަހެއް ފަހުން މުހައްމަދު އިބްތިހާލް މަރުވި މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުރާ ތަހުގީގާ ގުޅިގެންނެވެ.
އެކަމަކު، މިހާތަނަށް އައިއިރު، އެއްވެސް އިދާރާއަކަށް ހާޒިރުކޮށް، ސުވާލުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިދާތާ ވިދާޅުވި ގޮތުގައި ޕާސްޕޯޓު ހިފެހެއްޓި ސަބަބު ވެސް އެނގިވަޑައިގަތީ ކަމާ ބެހޭ އިދާރާތަކަށް އެތައް ފަހަރެއްގެ މަތިން ސިޓީއެއް ހުށަހަޅައިގެންނެވެ. އަދި ޝިދާތާގެ އެއްވެސް މައްސަލައެއް ފުލުހުން ނުބަލާ ކަން ސިޓީއަކުން މޯލްޑިވްސް ޕޮލިސް ސާވިސް އިން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޯޓު އަމުރުތަކުގައި އޮންނަނީ އިބްތިހާލުގެ މަރުގެ މައްސަލާގައި ތަހުގީގަށް ކަމަށް. ހަތަރު މަސް ވާއިރު ވެސް ތަހުގީގަށް ހާޒިރެއް ނުކުރޭ،" ޝިދާތާ ވިދާޅުވި އެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ޕާސްޕޯޓް ހިފަހައްޓާފައި އޮތީ ސިޔާސީ ބޭނުމެއްގަ އެވެ. ދެ ތިން ފަހަރެއްގެ މަތިން ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން މަސައްކަތް ކުރެއްވި ނަމަވެސް، އެކަން ކާމިޔާބު ނުވި ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ.
ޝިދާތާ ފުލުހަށް ހާޒިރުކޮށް، ފޯނު ވެސް ކުރިން އަތުލި އެވެ. އެއީ މުޒާހަރާތަކާއި އެއްވުންތަކުން ހައްޔަރުކުރާ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް އެހީދޭން އެ އިއްތިހާދުން އުފެއްދި ފަންޑާ ގުޅޭ މައްސަލައެއްގަ އެވެ.
ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލަށް އަނިޔާ ލިބުނުކަން އެނގޭއިރު، އެކަމަށް ފިޔަވަޅު ނޭޅި ކަމަށް ބުނެ، ވ. އަތޮޅުގެ އޭރުގެ އެކްޓިން ކޮމާންޑަރު ލިސާން އަބޫބަކުރާއި ޖެންޑާ މިނިސްޓްރީގެ އޭރުގެ ދެ މުވައްޒަފަކާއި ވ. އަތޮޅު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓްގެ ދެ މުވައްޒަފަކަށް ވެސް ވަނީ އިހުމާލުގެ ދައުވާކޮށްފަ އެވެ. އިބްތިހާލް މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ދަނީ ހިނގަމުންނެވެ.
ޝެއިހް އިލްޔާސްގެ ޕާސްޕޯޓު ހިފަހައްޓައިފި
މަންޑޭގެ ޕާސްޕޯޓް އިމިގްރޭޝަނާ ހަވާލުކުރަންޖެހޭ
ކޭޕާކާ ގުޅޭ އިތުރު 2މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
އުމަރު ނަސީރުގެ ޕާސްޕޯޓް ހިފަހައްޓައިފި
ކުރީގެ ސީޕީ އަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފި
ލަންކާގައި ހުއްޓައި މަހްލޫފްގެ ޕާސްޕޯޓު ހިފަހައްޓައިފި
ފިއްލަވާފާނެތީ މެމްބަރު އަރީފްގެ ޕާސްޕޯޓު ހިފަހައްޓައިފި
ޖާބިރު އެންމެ ފަހުން ލަންޑަނަށް އެތެރެވެއްޖެ
ޖާބިރުގެ ޕާސްޕޯޓް ކެންސަލްކޮށްފި
ޕާސްޕޯޓް ހިފެހެއްޓުން: ހައްގެއް ނިގުޅައިގަތުން