ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޚާއްސަ މަންދޫބު، ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް މިދިޔަ އަހަރު ސަރުކާރުން ކެންސަލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
18 ޑިސެމްބަރ 2018
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޚާއްސަ މަންދޫބު، ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް މިދިޔަ އަހަރު ސަރުކާރުން ކެންސަލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޖާބިރުގެ ޕާސްޕޯޓް އިމިގްރޭޝަނުން މިދިޔަ އަހަރުގެ މެއި މަހު ކެންސަލްކުރީ ފުލުހުން ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ކެންސަލް ކުރަން އެދުމުންނެވެ. ޖާބިރުގެ ޕާސްޕޯޓް ކެންސަލްކުރީ އިޓަލީގައި ހުންނެވުމަށް ފަހު އޭނާ އިނގިރޭސިވިލާތަށް ވަޑައިގަންނަވަނިކޮށެވެ.
އެ މައްސަލަ ޖާބިރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އިމިގްރޭޝަންގެ ގާނޫނާއި ޕާސްޕޯޓާ ބެހޭ ގާނޫނާއި އެހެން ގާނޫނުތަކާއި ގަވާއިދުތައް އޮތްގޮތުން ވެސް ދިވެހި އެއްވެސް ރައްޔިތެއްގެ ޕާސްޕޯޓް ކެންސަލް ކުރުމުގެ ބާރު އިމިގްރޭޝަނަށް ލިބިފައިވާކަން އެނގެން ނެތް ކަމަށެވެ.
އެހެންވެ، ޖާބިރު ޕާސްޕޯޓް ކެންސަލް ކުރަން ނިންމި ނިންމުމަކީ ގާނޫނު އަސާސީގެ 19 ވަނަ މާއްދާ އާއި 41 ވަނަ މާއްދާއާ ޚިލާފް، ބާތިލް ނިންމުމެއް ކަމަށް އެ ހުކުމުގައިވެ އެވެ.
ޖާބިރުގެ ޕާސްޕޯޓް ކެންސަލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ހުކުމް ކުރިއިރު، މިދިޔަ ސެޕްޓެމްބަރު މަހު ޖާބިރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
ޒަކީގެ ޕާސްޕޯޓް މައްސަލާގައި އޭޖީއަށް ކޯޓަށް ނުދެވޭނެ
ބޭރުގައި ތިބެ އޮންލައިންކޮށް ޕާސްޕޯޓަށް ފައިސާ ދެއްކޭނެ
އުމަރު ނަސީރުގެ ޕާސްޕޯޓް ހިފަހައްޓައިފި
ޖާބިރުގެ ޕާސްޕޯޓް މައްސަލަ އަލުން ހުށަހަޅައިފި
ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކުރި މައްސަލަ ބޭރުކޮށްލައިފި
ޖާބިރުގެ ޕާސްޕޯޓް ކެންސަލްކުރި މައްސަލަ ކޯޓަށް
އުނގޫފާރުގައި އައިޑީކާޑު ޕްރިންޓްކުރަން ފަށައިފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ހައުސިންގެ ކުރީގެ ވެރިންގެ ޕާސްޕޯޓް ހިފަހައްޓައިފި
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި