Roadha Mihaaru
އަދީބަށް ފަރުވާ ނުދޭ މައްސަލަ ބަލަން މަޖިލިހަށް

އަދީބަށް ފަރުވާ ނުދޭ ކަމަށް ބުނާ މައްސަލަ ބަލަން މަޖިލިހަށް ހުށަހަޅައިފި

21 ޖޫން 2017

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސްވަރުވާގެ ފުރުސަތު ނުދޭ ކަމަށް ބުނާ މައްސަލަ ބެލުމަށް، ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް މިއަދު ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސްވަރުވާގެ ފުރުސަތު ނުދޭ ކަމަށް ބުނާ މައްސަލަ ބެލުމަށް، ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް މިއަދު ހުށަހަޅައިފި އެވެ.

ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ އަދީބުގެ އެތެރެ ހަށީގައި ސިސްޓު އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޮކޮމާ" ޖެހިފައިވާ ކަމަށް އާއިލާއިން ބުނެ އެވެ. އެހެންވެ، އެމަނިކުފާނު ރާއްޖޭން ބޭރުން ފަރުވާ ކުރުމުގެ ހުއްދައަކަށް ވަނީ އެދިފަ އެވެ. އެކަމަކު އެ ހުއްދައެއް ނުދެ އެވެ.

މިކަމާ ގުޅިގެން، ޖުމްހޫރީ ޕާޓީގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ކޮމެޓީ އަށް ފޮނުއްވި ސިޓީއެއްގައި ވަނީ ޖަލުގައި ބަންދުކޮށްފައި ތިބޭ ގައިދީންނަށް ބޭސްފަރުވާކޮށްދިނުމަކީ އަސާސީ ހައްގަކަށްވާއިރު، އަދީބަށް ވެސް ބޭސްފަރުވާ ކުރުމުގެ ހައްގު އޮންނާނެ ކަމަށެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ގްލޮކޮމާއަކީ ފަރުވާ ނުދެވިއްޖެ ނަމަ، ލޮލުގެ ފެނުމަށް އަސަރުކުރާ ނުރައްކާތެރި ބައްޔެކެވެ. އަދި އެތެރެހަށީގެ ސިސްޓްތަކަށް ފަރުވާ ނުދެވިއްޖެ ނަމަ، ކެންސަރަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށް ޑޮކްޓަރާ ހަވާލާދީ އާއިލާއިންނާއި ވަކީލުން ފާހަގަކުރި ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އެހެންވެ، އަދީބުގެ މައްސަލާގައި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީވަމުން ނުދާތީ އެ މައްސަލާގައި ޒިންމާ އުފުލަން ޖެހޭ އެންމެހާ މުއައްސަސާތަކުގެ މަސްއޫލުވެރިން ހާޒިރުކޮށްގެން މައުލޫމާތު ސާފުކޮށް ދިނުމަށް ރިޔާޒް ވަނީ އެދިވަޑައިގެންފަ އެވެ.

"އަދީބުގެ ބޭސްފަރުވާ ކުރުމުގެ ހައްގު ލިބިދޭ ކަން ކަށަވަރު ކުރުމުގައި މުއައްސަސާތައް ޒިންމާދާރު ކުރުވުމަކީ ތިޔަ ކޮމެޓީގެ ޒިންމާއެއް ކަމުގައި ވީހިނދު، މި މައްސަލަ ބައްލަވައިދެއްވުން އެދެމެވެ،" ކޮމެޓީގެ ރައީސް އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒަށް ފޮނުވި ސިޓީގައިވެ އެވެ.

ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބުގެ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވައިފި ނަމަ ފިއްލެވުމުގެ ފުރުސަތު އެބައޮތް ކަމަށް ސަރުކާރުން އިއްޔެ ވަނީ ބުނެފަ އެވެ. ނަމަވެސް ސަރުކާރުން ކުރަމުން އަންނަ ތުހުމަތުތައް އަދީބުގެ ވަކީލުން ދޮގުކުރެ އެވެ.