Roadha Mihaaru
ތިން ރަށެއްގައި ބޯފެނާއި ނަރުދަމާ ގާއިމްކުރަނީ

ބާރަށާއި ހަނިމާދޫ އަދި ހޯރަފުށީގައި ބޯފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް 114 މިލިއަން ޚަރަދު ކުރަނީ

21 ޖޫން 2017

ހއ. ހޯރަފުއްޓާއި ހދ. ހަނިމާދޫގައި ބޯފެނުގެ ނިޒާމު އަދި ހއ. ބާރުގައި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހއ. ހޯރަފުއްޓާއި ހދ. ހަނިމާދޫގައި ބޯފެނުގެ ނިޒާމު އަދި ހއ. ބާރުގައި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ހޯރަފުއްޓާއި ހަނިމާދޫގައި ބޯ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ހަވާލުކުރީ އެމްޑަބްލިއުއެސްސީއާ އެވެ. މި އެއްބަސްވުމުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމް އެވެ. އެމްޑަބްލިއުއެސްސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެވެ.

ހޯރަފުއްޓާއި ހަނިމާދޫގައި ބޯ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގާއި އެމްޑަބްލިއުއެސްސީގެ އެމްޑީ ފަޒުލްގެ އިތުރުން ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ޝަހުދީ ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ބާރަށުގައި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރީ އެސްޖޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުނިން މި މަޝްރޫއު ހިންގާނީ ކޯތް ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެކު ހަދާފައިވާ ޖޮއިންޓް ވެންޗާއެއްގެ ދަށުންނެވެ.

ބާރަށު ނަރުދަމާގެ މަޝްރޫއުގެ އެއްބަސްވުމުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމް އެވެ. އަދި އެސްޖޭ ކޮންސްޓްރަކްޝަނުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝިހާދު އިބްރާހިމް އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ގުރޫޕް ފޮޓޯއެއް ނަންގަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ގުރޫޕް ފޮޓޯއެއް ނަންގަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ބޯ ފެނުގެ މަޝްރޫއު ކުރިއަށް ގެންދަނީ އޮޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ލޯން އެހީ އާއި ދިވެހި ސަރުކާރުގެ ޚަރަދުގަ އެވެ. އެ މަޝްރޫއުގެ އަގު 99 މިލިއަން ރުފިޔާ އަށް އަށް އަރާއިރު 16 މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލަން ޖެހެ އެވެ.

އެންވަޔަރްމަންޓް މިނިސްޓްރީން ބުނީ ހޯރަފުށީގައި 19 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމު ކުރުމާއި 78 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާނެ ކަމަށެވެ. އަދި ހަނިމާދޫގައި 16 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމްކޮށް 84 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ހަރަދުކޮށްގެން ބާރަށުގައި އަޅާ ނަރުދަމާގެ މަސައްކަތްތައް 12 މަސް ތެރޭގައި ނިންމަން ޖެހޭއިރު އެ މަސައްކަތުގެ އަގަކީ 15 މިލިއަން ރުފިޔާ އެވެ.