Roadha Mihaaru
ދުވާފަރު ފެން ފެކްޓަރީގެ މަސައްކަތް ފަށައިފި

ދުވާފަރުގައި ފެން އުފައްދާ ކާރުޚާނާގެ މަސައްކަތް ފަށައިފި

17 އޮކްޓޯބަރ 2017

އެމްޑަބްލިއުއެސްސީން ރ. ދުވާފަރުފައި ގާއިމްކުރާ ފެން އުފައްދާ ކާރުޚާނާގެ އިމާރާތުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.

އެމްޑަބްލިއުއެސްސީން ރ. ދުވާފަރުފައި ގާއިމްކުރާ ފެން އުފައްދާ ކާރުޚާނާގެ އިމާރާތުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.

ޖުމުލަ 24 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގާއިމްކުރާ މި ކާރުޚާނާގެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އެވެ. ގަޑިއަކު 6،000 ފުޅި ބަންދުކުރެވޭ ގޮތަށް ގާއިމްކުރާ، ދުވާފަރު ފެން ކާރުޚާނާގެ މަސައްކަތް ނިމި އަންނަ އަހަރު ބޭނުންކުރަން ފަށާނެ ކަމަށް ފެން ކުންފުނިން ބުނެ އެވެ.

ދުވާފަރު ފެން ކާރުޚާނާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ އެމްޑީ ފަޒުލް ވިދާޅުވީ އެއީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ މެނިފެސްޓޯގައިވާ ގޮތުގެ މަތިން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ލިބުމަށް ތަނަވަސްވާ ދޮރެއް ކަމަށެވެ.

އެމްޑަބްލިއުއެސްސީން ބުނީ ދުވާފަރު ފެން ކާރުޚާނާގެ ސަބަބުން، ރ. އަތޮޅުގެ މީހުންނަށް ފުޅީގައި ބަންދުކުރި ފެން އަގުހެޔޮކޮށް ލިބުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.