Roadha Mihaaru
އަދީބު، ޒިޔަތު، ހާމިދަށް ހުކުމް ކުރުން މާދަމާ ރޭ

ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްވި މައްސަލައިގެ ހުކުމް މާދަމާ ރޭ

22 ޖޫން 2016

ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ދެ މީހަކަށް ދައުވާކުރާ މައްސަލައިގެ ހުކުމް މާދަމާ ރޭ އިއްވަން ހަމަޖައްސައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ޗެކާއި ހަވާލުވުމަށް ފަހު އެއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ދައުލަތުން ދައުވާކުރަނީ އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށެވެ.

ދައުވާލިބޭ ޒިޔަތު ކްރިމިނަލް ކޯޓަށް ވައްދަނީ: އޭނާއަކީ އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ --ފޮޓޯ/މިހާރު

ދައުވާލިބޭ ޒިޔަތު ކްރިމިނަލް ކޯޓަށް ވައްދަނީ: އޭނާއަކީ އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ --ފޮޓޯ/މިހާރު

އެ މައްސަލައިގެ ހުކުމް މާދަމާ ރޭ އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސާފައިވާއިރު، މީގެ ކުރިން އެ މައްސަލައިގެ ހުކުމް އިއްވަން ތާވަލް ކުރުމަށް ފަހު ވަނީ ކެންސަލްކޮށްފަ އެވެ.

ދެ މައްސަލައެއްގައި ކުށް ސާބިތުވެ، މިހާރު 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަދީބަކީ ފަސް މިލިއަން ޑޮލަރުގެ ޗެކް ހާމިދުގެ ކުންފުނީގެ އެކައުންޓަށް ޖަމާކުރި ކަމަށް ބުނާ ފަރާތެވެ. ޗެކާ ހަވާލުވީ ޒިޔަތު ކަމަށް ދައުވާގައިވެ އެވެ.

ދައުވާލިބޭ ހާމިދު ކޯޓުން ނުކުންނަނީ: ފައިސާ ޖަމާކޮށްފައި ވަނީ ހާމިދުގެ ކުންފުނީގެ އެކައުންޓަށް --ފޮޓޯ/މިހާރު

ދައުވާލިބޭ ހާމިދު ކޯޓުން ނުކުންނަނީ: ފައިސާ ޖަމާކޮށްފައި ވަނީ ހާމިދުގެ ކުންފުނީގެ އެކައުންޓަށް --ފޮޓޯ/މިހާރު

އެ މައްސަލައިގެ އިތުރުން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ޒިޔަތުގެ މައްޗަށް އިތުރު ދައުވާއެއް ކުރާއިރު ގަވާއިދާ ޚިލާފަށް ފަޅެއް ދޫކުރި ކަމަށް ބުނެ އަދީބަށް ވެސް އިތުރު ދައުވާއެއް ވެސް ކުރެ އެވެ. އަދި ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި އައިއީޑީއެއް ގޮއްވާލި މައްސަލާގައި އެ ގޮވާ އެތި ހަރުކުރަން އެ ލޯންޗްކޮޅު ބޭނުން ކުރި ކަމަށް ބުނެ ވެސް އަދީބަށް އިތުރު ދައުވާއެއް ކުރެ އެވެ.

އަދީބު މިހާރު 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދަނީ "ފިނިފެންމާ"ގައި ގޮއްވާލި މައްސަލަ އާއި މިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު ފިސްތޯލައެއް ގެންގުޅުނު މައްސަލައިގަ އެވެ.