Roadha Mihaaru
އަދީބު، ޒިޔަތު، ހާމިދުގެ ލޯޔަރުންނަށް އިންޒާރެއް

އަދީބާއި ޒިޔަތާއި ހާމިދުގެ ވަކީލުންނަށް ގާޒީގެ އިންޒާރެއް!

19 މެއި 2016

ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިިޔާނާތްތެރިވި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށް ކުރާ ދައުވާގައި ދިފާއީ ވަކީލުން ޝަރީއަތަށް ހުރަސް އަޅާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ މައްސަލަ ބައްލަވާ ގާޒީ އިއްޔެ ދެއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިިޔާނާތްތެރިވި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށް ކުރާ ދައުވާގައި ދިފާއީ ވަކީލުން ޝަރީއަތަށް ހުރަސް އަޅާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ މައްސަލަ ބައްލަވާ ގާޒީ އިއްޔެ ދެއްވައިފި އެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ޅ. މާބިންހުރާ ކުއްޔަށް ދިނުމުން އިކުއިޒިޝަން ކޮސްޓްގެ ގޮޮތުގައި ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވުމަށް ފަހު އެއަށް ޚިޔާނާތްތެެރިވި ކަމަށް ބުނެ އަދީބާއި ޒިޔަތާއި ހާމިދުގެ މައްޗަށް ހިންގާ ޝަރީއަތުގައި ދިފާއީ ވަކީލުންނަށް އިއްޔެ ގާޒީ އިންޒާރު ދެއްވީ ޒިޔަތުގެ ވަކީލް އިއްޔެގެ އަޑުއެހުމަށް ހާޒިރު ނުވުމުންނެވެ.

މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވީ ޝަރީއަތް ތާވަލްކުރަނީ ކުރިން ދިފާއީ ވަކީލުންނަށް އެންގުމަށް ފަހު ކަމަށާއި އެހެންވެ ޝަރީއަތް ހިންގަން އެއްވެސް ވަކީލަކު ހުރަސް ނާޅަން އެދިވަޑައިގަންނަވާ ކަމަށެވެ. އެެހެން ނޫން ނަމަ ވަކީލުން ސަސްޕެންޑް ކުރައްވާނެ ކަމުގެ އިންޒާރު ގާޒީ ދެއްވި އެވެ.

ޒިޔަތުގެ ވަކީލް ބަލިވެ އުޅޭތީ އޭނާ ވަނީ އިއްޔެގެ އަޑުއެހުމަށް ހާޒިރުވެވެން ނެތް ކަން އަންގައިފަ އެވެ. އެކަމަކު މައްސަލަ ބައްލަވާ ގާޒީ އިިބްރާހިމް އަލީ ވިދާޅުވީ ބަލިވެ އުޅޭ ނަމަ ހާޒިރު ނުވެވުމަކީ ބަލައިގަނެވޭ އުޒުރެއް ކަމަށާއި އެކަމަކު ދެން އޮންނަ އަޑުއެހުމަކަށް އެ ވަކީލް ހާޒިރު ނުވެއްޖެ ނަމަ އޭނާ އެ މައްސަލައިން ސަސްޕެންޑް ކުރާނެ ކަމަށެވެ.

އިއްޔެ އޮޮތީ އެ މައްސަލައިގެ ހެކި ހުށަހަޅާ ގޮތަށެވެ. ނަމަވެސް ޒިިޔަތުގެ ވަކީލް ހާޒިރު ނުވާތީ ދެން އޮންނަ އަޑުއެހުމަކަށް އެކަން އޮތީ ފަސްކޮށްފަ އެވެ.

މި މައްސަލައިގެ އިތުރުން، އެއް މިލިއަން ޑޮލަރަށް ޚިޔާނާތްތެެރިވި ކަމަށް ބުނެ ވެސް ޒިިޔަތަށް ދައުލަތުން ދައުވާކުރެ އެވެ. އަދިި ރިޔާސީ ލޯންޗް ފިނިފެންމާގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން އަދީބަށް ވެސް އިތުރު ދައުވާއެއް ކުރެއެވެ.